Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

އިސްރާއީލްގެ ނިންމުމާ މެދު އަލުން ވިސްނުމަށް ސްޓާމާ ގޮވާލައްވައިފި

ސްޓާާމާ ވިދާޅުވެފައި ވަނީ އިސްރާއީލްގެ ނިންމުމާ މެދު އަލުން ވިސްނުމަށް އެދޭ ކަމަށާއި، އަދި އެއަށް ފަހު އެ ނިންމުން އަނބުރާ ގެންދިޔުމަށް ވެސް އެދޭ ކަމަށެވެ. ސްޓާމާ ވިދާޅުވީ އިސްރާއީލް އިން ނިންމާފައިވާ އެ ނިންމުމަކީ، ރަނގަޅު ނިންމުމެއް ވެސް ނޫން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 އޯގަސްޓު 2025 | ހުކުރު 07:58
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ

މުޅި ޣައްޒާ އެއްކޮށް ހިފުމަށް އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމާފައިވާ ނިންމުމާ މެދު އަލުން ވިސްނުމަށް، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ގޮވާލައްވައިފި އެވެ.

ސްޓާމާ މިހެން ގޮވާލައްވާފައި ވަނީ ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ފުޅާކޮށް، މުޅި ޣައްޒާގެ ކޮންޓްރޯލް ނެގުމަށް އިސްރާއީލް އިން ނިންމާފައި ވަނިކޮށެވެ. ބޮޑު ވަޒީރު ނަތަންޔާހޫގެ ފަރާތުން ހުށަހަޅާފައިވާ އެ ހުށަހެޅުން، އިސްރާއީލްގެ ސެކިއުރިޓީ ކައުންސިލް އިން ވަނީ ފާސްކޮށްފަ އެވެ.

ސްޓާާމާ ވިދާޅުވެފައި ވަނީ އިސްރާއީލްގެ ނިންމުމާ މެދު އަލުން ވިސްނުމަށް އެދޭ ކަމަށާއި، އަދި އެއަށް ފަހު އެ ނިންމުން އަނބުރާ ގެންދިޔުމަށް ވެސް އެދޭ ކަމަށެވެ. ސްޓާމާ ވިދާޅުވީ އިސްރާއީލް އިން ނިންމާފައިވާ އެ ނިންމުމަކީ، ރަނގަޅު ނިންމުމެއް ވެސް ނޫން ކަމަށެވެ.

މީގެ އިތުރުން، އެ ނިންމުމުގެ ސަބަބުން ހަމައެކަނި ވާން އޮތް ގޮތަކީ ހަނގުރާމައިގެ ޙާލަތު އިތުރަށް ގޯސްވުން ކަމަށް ވެސް ސްޓާމާ ފާހަގަ ކުރެއްވި އެވެ. ހަމަ އެހެންމެ، ހަނގުރާމަ ނިންމުމަށް ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ އަށް ވެސް، އެ ހުށަހެޅުމުގެ ސަބަބުން އަސަރު ކުރާނެ ކަމަށް ސްޓާމާ ވިދާޅުވެފައިވެ އެވެ.

ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި އިސްރާއީލްގެ ރައްޔިތުން ތަކެއް ރަހީނު ކޮށްފައި ތިބިއިރު، ސްޓާމާ ވިދާޅުވީ ރަހީނުން މިނިވަން ކުރުމަށް ވެސް އެ ނިންމުމުގެ ސަބަބުން އިންތިހާ އަށް ދަތި ވާނެ ކަމަށެވެ. އޭގެ ބަދަލުގައި އިތުރަށް ޙާލަތު ގޯސްވާނެ ކަމަށާއި، އިތުރު ލޭއޮހޮރުވުންތަކެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށް ވެސް ސްޓާމާ ވިދާޅުވި އެވެ.

ސްޓާމާގެ އިތުރުން އިނގިރޭސިވިލާތުގެ ސަރުކާރުގެ ބައެއް ވަޒީރުން ވެސް ވަނީ އިސްރާއީލްގެ ނިންމުމާ ގުޅިގެން ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި އެ ނިންމުމަކީ ބަލައި ގަންނަން އުނދަގޫ ނިންމުމެެއްގެ ގޮތުގައި ވެސް ވަނީ ފާހަގަ ކޮށްފަ އެވެ. 

އިސްރާއީލްގެ ސެކިއުރިޓީ ކެބިނެޓުން ފާސް ކޮށްފައިވާ ރޭވުމުގެ ދަށުން ހަމާސް ޖަމާއަތުގެ ހަތިޔާރުތައް ނައްތާލުމާއި، ހަމާސްހެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ހުރިހާ ރަހީނުން މިނިވަން ކުރުމާއި، ޣައްޒާ އިސްރާއީލްގެ ކޮންޓްރޯލްގެ ދަށަށް ގެނައުމާއި، ހަމާސް ނުވަތަ ޕެލަސްޓީނިއަން އޮތޯރިޓީ (ޕީއޭ) ނޫން ފަރާތަކަށް ޣައްޒާގެ ހިންގުން ހަވާލު ކުރުން ހިމެނެ އެވެ.

އިސްރާއީލްގެ ނިންމުމާ މެދު ސްޓާމާ ނުރުހުން ފާޅު ކޮށްފައިވާއިރު، ދާދި ފަހުން ސްޓާމާ ވަނީ އިނގިރޭސިވިލާތުން ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާކަން ވެސް އިއުލާާން ކޮށްފަ އެވެ. އެގޮތުން އަންނަ ސެޕްޓެމްބަރު މަހު އެމެރިކާގެ ނިއު ޔޯކުގައި އޮންނަ އދ ގެ ޖެނަރަލް އެސެމްބްލީގައި އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ސްޓާމާ ވިދާޅުވި އެވެ. 

އިނގިރޭސިވިލާތުން ވެސް ވަނީ، އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ އިންސާނީ ޙާލަތު ދަށްވެފައި ވާތީ، އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅު ކޮށްފަ އެވެ. އަދި ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަމާއި، ކާބޯ ތަކެއްޗާއި، އަދި ޞިއްޙީ ފަރުވާ އަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ގޮވާލައްވައިފަ އެވެ.

އިސްރާއީލް-ޣައްޒާކިއާ ސްޓާމާބެންޖަމިން ނަތަންޔާހޫހަމާސްއިނގިރޭސިވިލާތްފަލަސްތީނުޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި

09 ޑިސެމްބަރު 2025
އަލް-ގުދުސް ގައި ހުންނަ އަންރުވާ ގެ ކޮމްޕައުންޑަށް އިޒްރޭލު ފުލުހުން ވަދެގަނެފި
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
08 ޑިސެމްބަރު 2025

ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ކަރަޕްޝަންގެ މައްސަލައިގައި އިޒްރޭލުގެ ރައީސް މާފު ދީފި ނަމަ ސިޔާސީ ކަންކަމުން ދުރަށް ނުދާނެ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު