Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއިނގިރޭސިވިލާތް

ވައްކަންކުރާ މީހުން ރިޕޯޓް ކުރުމުން 1 ޕައުންޑުގެ ފައިސާ ގެ އިނާމެއް!

މިއީ އެ ޗެއިން އަށް އަހަރަކު 20 މިލިއަން ޕައުންޑްގެ ގެއްލުން ލިބޭ ވައްކަމުގެ މައްސަލަތައް ކޮންޓްރޯލް ކުރުމަށް އަޅާ އާ ފިޔަވަޅެއް ކަމަށް ޖެނެރަލް މެނޭޖަރު ބުނެފައިވޭ.

ރާއްޖެ އެމްވީ | 16 އޯގަސްޓު 2025 | ހޮނިހިރު 09:40
އިނގިރޭސިވިލާތުގެ ފިހާރަ އެއްގެ ބިއްލޫރިގަނޑުގައި ފިހާރައިން ވައްކަން ނުކުރުމަށް ލިޔެފައިވާ ޕޯސްޓަރެއް ހިއްޕާފައި

އިނގިރޭސިވިލާތުގެ ފިހާރަ އެއްގެ ބިއްލޫރިގަނޑުގައި ފިހާރައިން ވައްކަން ނުކުރުމަށް ލިޔެފައިވާ ޕޯސްޓަރެއް ހިއްޕާފައި

ފިހާރަތަކުން ވައްކަންކުރާ މައްސަލަތައް ރިޕޯޓްކުރާ ކަސްޓަމަރުންނަށް ފައިސާގެ އިނާމެއް ދޭން އިނގިރޭސިވިލާތުގެ އައިސްލެންޑް ސުޕަމާކެޓް ޗެއިން އިން ނިންމައިފިއެވެ.

މިއީ ފިހާރަތަކުން ވައްކަމުގެ މައްސަލަތައް އިތުރު ވަމުން ދާތީ އެކަން ހައްލުކުރުމަށް އަޅާ ފިޔަވަޅެއް ކަމަށް ބުނެފައިވެއެވެ.

ކުންފުނީގެ އެގްޒެކެޓިވް ޗެއަރމަން، ރިޗަރޑް ވޯކަރ ބުނި ގޮތުގައި ވައްކަމެއް ކުރާކަން މުވައްޒަފުންނަށް އަންގާ ކަސްޓަމަރުންނަށް އައިސްލެންޑް ބޯނަސް ކާޑަށް 1 ޕައުންޑް ޖަމާ ކޮށްދެވޭނެ އެވެ.

ކުންފުނިން ލަފާކުރާ ގޮތުގައި ކޮންމެ އަހަރަކު ފިހާރައިން ކުރެވޭ ވައްކަމުގެ ސަބަބުން ގާތްގަނޑަކަށް 20 މިލިއަން ޕައުންޑްގެ ގެއްލުން ވެއެވެ. ވޯކަރ ބުނީ މި ގެއްލުމުގެ ސަބަބުން ކުންފުނީގެ ފައިދާ އަށް އަސަރު ކުރުމުގެ އިތުރުން އަގުތައް ދަށްކުރުމާއި މުވައްޒަފުންގެ މުސާރަ އަށް އިންވެސްޓްކުރުމުގެ ޤާބިލުކަން ވެސް ދަށްވެއެވެ.

އައިސްލެންޑުން ބީބީސީ އަށް ބުނި ގޮތުގައި ވައްކަން ކުރާ މީހާ ހައްޔަރު ނުކުރިއަސް 1 ޕައުންޑްގެ އިނާމު ލިބޭނެއެވެ. ނަމަވެސް ރިޕޯޓްކޮށް އެކަން ކަށަވަރު ކުރަން ޖެހޭނެއެވެ.

"އަޅުގަނޑުމެންގެ ވަފާތެރި ކަސްޓަމަރުން އަޅުގަނޑު މެންނަށް އެހީތެރިވުމަށް ބާރުއަޅަމެވެ. އަދި ވައްކަން ކުރާ މީހަކު ހިފުމަށް އެހީތެރި ވެއްޖެނަމަ، އެމީހުންގެ ބޯނަސް ކާޑަށް ފައިސާ އިތުރު ކޮށްދޭނަން،" ވޯކަރ ބުނެފައި ވެއެވެ.

އޭނާ މިކަން އިއުލާނު ކުރީ ބުރާސްފަތި ދުވަހު އިނގިރޭސި ވިލާތުގެ ޗެނަލް 5 ނިއުސްގައެވެ.

ކުށް ކުރުން ހުއްޓުވުމުގައި ކަސްޓަމަރުން ބައިވެރިވުމުން ފިހާރަތަކުގެ އަގުތައް ދަށްކުރުމަށް އެހީތެރި ވެދޭނެ ކަމަށް އޭނާ ބުންޏެވެ.

އައިސްލެންޑުން ބުނާ ގޮތުގައި ކަސްޓަމަރުން ސީދާ ވައްކަންކުރާ މީހުންނާ މުޢާމަލާތް ކުރުން އެމީހުން ބޭނުމެއް ނުވެއެވެ. އޭގެ ބަދަލުގައި އެންމެ ކައިރީގައި ހުރި މުވައްޒަފަކަށް ޝައްކު ކުރެވޭ މީހާގެ މައުލޫމާތު އެންގުމަށް އޭނާ ލަފާދެއެވެ.

ފައިސާގެ އިނާމު ހާމަ ކުރީ އިނގިރޭސިވިލާތާއި ވޭލްސް ގައި ފިހާރަތަކުން ކުރެވޭ ވައްކަން ބޮޑުތަނުން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މިއީ ހަމައެކަނި ސުޕަމާކެޓް ތަކަށް ދިމާވާ މައްސަލައެއް ނޫނެވެ. ފާމަސީތަކުގައި ފާއިތުވި އަހަރު ވައްކަމާއި މުވައްޒަފުންނާ ދެކޮޅަށް ހިންގާ ޢަމަލުތައް 90 އިން ސައްތަ އިތުރު ވެފައިވާ ކަމަށް ރިޕޯޓްކޮށްފައެވެ.

ވިކްޓިމްސް މިނިސްޓަރ އެލެކްސް ޑޭވިސް-ޖޯންސް ހޯމަ ދުވަހު ބީބީސީ ރޭޑިއޯ 4ގެ ޓުޑޭ ޕްރޮގްރާމަށް ވިދާޅުވި ގޮތުގައި ޔޫކޭގައި ފިހާރަތަކުން ކުރެވޭ ވައްކަން "ކޮންޓްރޯލުން ބޭރުވެފައިވެއެވެ."

ފިހާރަތަކުގެ ކުޑަދޮރުފަދަ ތަންތަނުގައި ވައްކަން ކުރާ ކަން އެނގިފައިވާ މީހުންގެ ފޮޓޯ ބެހެއްޓުމަކީ އެކަށީގެންވާ ކަމެއްތޯ އެހުމުން، އޭނާ ވިދާޅުވީ: "އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހިނގާ ކަންކަމާ މެދު ހޭލުންތެރިވުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެކެވެ."

އޮފީސް އޮފް ނެޝަނަލް ސްޓެޓިސްޓިކްސްގެ މަޢުލޫމާތުން ދައްކާ ގޮތުގައި 2025 މާރިޗުގެ ނިޔަލަށް ފުލުހުންނަށް 530,643 ފިހާރަ އިން ވައްކަން ކުރުމުގެ މައްސަލަ ރިޕޯޓް ކުރެވިފައިވެއެވެ.

މިއީ ކުރީ އަހަރު ރިޕޯޓް ކުރެވުނު 444,022 މައްސަލައާ އަޅާބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.

ވައްކަމާ ހެދި އިތުރުވަމުންދާ ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމުގެ ގޮތުން، ސަރުކާރުން ވަނީ 2026 ވަނަ އަހަރުގެ ސްޕްރިންގ މޫސުމާ ހަމައަށް އިތުރު އެތައް ހާސް ފުލުހުން މަގުތަކަށް ނެރޭނެ ކަމަށް ވަޢުދުވެފައެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2018

ސުޕާރީގެ އަގު ބޮޑު ކުރުމުން ރާޅުގަނޑު ބޮޑުބެރު ގްރޫޕުން ނިކުމެއްޖެ

12 މާރިޗު 2018
ސުޕާރީގެ އަގު ބޮޑު ކުރުމުން ރާޅުގަނޑު ބޮޑުބެރު ގްރޫޕުން ނިކުމެއްޖެ
07 ޑިސެމްބަރު 2017

އެންޖެލީނާ ޖޯލީއަށް ވުމަށް ހެދި ސާޖަރީގެ ވާހަކައަކީ ފޭކެއް: ރިޕޯޓް

07 ޑިސެމްބަރު 2017
އެންޖެލީނާ ޖޯލީއަށް ވުމަށް ހެދި ސާޖަރީގެ ވާހަކައަކީ ފޭކެއް: ރިޕޯޓް
15 އޯގަސްޓު 2017

"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން އެންމެ ފަހުން ފައިސާ ދީފި

15 އޯގަސްޓު 2017
"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން އެންމެ ފަހުން ފައިސާ ދީފި
12 ޖުލައި 2017

މޮޑެލް ކްރިތިކާ މަރާލީ އޭނާ ގަތް ޑްރަގްތަކަށް ފައިސާ ނުދައްކައިގެން: ޕޮލިސް

12 ޖުލައި 2017
މޮޑެލް ކްރިތިކާ މަރާލީ އޭނާ ގަތް ޑްރަގްތަކަށް ފައިސާ ނުދައްކައިގެން: ޕޮލިސް
09 ޖުލައި 2017

"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން ފައިސާ ދެނީ

09 ޖުލައި 2017
"ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނަށް ސަލްމާން ފައިސާ ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު