Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކާބޯތަކެތި

ދުނިޔެ ތަހައްމަލްކުރަމުންދާ ކާބޯތަކެތީގެ ދަތިކަމުގެ ކާރިސާ ގޯހުން ގޯހަށް!

ދުނިޔޭގެ އާބާދީއަށް ބަލާއިރު، ކާބޯތަކެތީގެ ސަޕްލައިގެ ކަށަވަރުކަން ގެއްލިފައިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުންދޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 6 މެއި 2023 | ހޮނިހިރު 11:55
ގައުމުތަކުގައި ކާބޯތަކެތީގެ ސަޕްލައިގެ ކަށަވަރުކަން ގެއްލުމަށް މެދުވެރި އެންމެ ބޮޑު ސަބަބަކީ ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް

ގައުމުތަކުގައި ކާބޯތަކެތީގެ ސަޕްލައިގެ ކަށަވަރުކަން ގެއްލުމަށް މެދުވެރި އެންމެ ބޮޑު ސަބަބަކީ ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް

އެއްކަމަކުން ހިންދެމިނުލެވި އުޅެނިކޮށް އަނެއް ކަމަކާ ކުރިމަތިވެ، މުޅި ދުނިޔެއަށް ނުތަނަވަސްކަން ވެރިވެފައިވާތާ މިހާރު އަހަރުތަކެއް ވެއްޖެއޭ ދެންނެވުމުން ދެބަސްވާނެ މީހަކު މަދުވާނެއެވެ. ސިޔާސީ ހަލަބޮލިކަމާއި، ދާޚިލީ ހަމަނުޖެހުންތަކާއި، ޑިޕްލޮމެޓިކް ކޯޅުންތަކާއި، ހަނގުރާމަތަކެވެ. އާލަމީ ބަލިމަޑުކަމެއްގެ ވޭނުން މުޅިން ސަލާމަތް ނުވެވި އުޅެނިކޮށް، އަނެއްކާވެސް ހަނގުރާމަތައް ގަދަވެ، މާލީ، އިގްތިސާދީ، އަދި އިންސާނީ ކާރިސާތައް ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރިގެންދިޔައެވެ. މުޅިންހެންވެސް ލިބެމުންދަނީ އިންޒާރުގެ މެސެޖުތަކެވެ. މިފަހަރުވެސް އެކަހަލަ ކަމެކެވެ.

ދުނިޔޭގެ އާބާދީއަށް ބަލާއިރު، ކާބޯތަކެތީގެ ސަޕްލައިގެ ކަށަވަރުކަން ގެއްލިފައިވާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން ދާކަމަށް، ކާބޯތަކެއްޗާއި ދަނޑުވެރިކަމާބެހޭ އދ.ގެ ޖަމިއްޔާ (އެފްއޭއޯ)ގެ އިސް އިގްތިސާދީ ތަޖުރިބާކާރެއް ކަމަށްވާ، މެކްސިމޯ ޓޮރޭރޯ ވަނީ އިންޒާރުދެއްވާފައެވެ. އޭނާ މި އިންޒާރު ދެއްވާފައިވަނީ، އެމެރިކާގެ ނިއުޔޯކް ސިޓީގައި ހުންނަ އދ.ގެ މަރުކަޒީ އިދާރާގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވީޑިއޯ ލިންކް މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައެވެ.

އދ.އާއި ވިލާތުގެ އިއްތިހާދު (އީޔޫ)އިން އެކުލަވާލާފައިވާ ބައިނަލްއަގުވާމީ އިއްތިހާދުން ދާދި ފަހުން އާންމުކުރި، "ގްލޯބަލް ރިޕޯޓް އޮން ފުޑް ކްރައިސިސް 2023" ބުނާގޮތުގައި، އިމަރޖެންސީ ކާބޯތަކެތީގެ އެހީއަށް ބޭނުންވި މީހުންގެ އަދަދު މިދިޔަ އަހަރު އުޅުނީ 258 މިލިއަނުގައެވެ. އެއީ އޭގެ ކުރީ އަހަރާ އަޅައިބަލާއިރު، 193 މިލިއަން މީހުން އިތުރު އަދަދެކެވެ.

ޗީފް އިކޮނިމިސްޓް ވިދާޅުވިގޮތުގައި، ކާބޯތަކެތީގެ ކާރިސާގެ އަސަރު ކޮށްފައިވާ 25 ގައުމެއްގައި، 53 މިލިއަނަށްވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން، ކާބޯތަކެތީގެ ދަތިކަމުގެ ކާރިސާއާ ކުރިމަތިވެފައިވާ 55 ގައުމަކުން 19 މިލިއަނެއްހާ މީހުން ރެފިއުޖީންނަށްވެ، ނުވަތަ ހިމާޔަތަށް އެދެމުންދާކަންވެސް ޓޮރޭރޯ ވަނީ ފާހަގަކުރައްވާފައެވެ. 

މިވަރުން އަދި ނިމުނީއެއް ނޫނެވެ. ހަށިގަނޑަށް ބޭނުންވާ މުހިންމު މާއްދާތައް ނުލިބުން ނުވަތަ މެލްނިއުޓްރިޝަންގެ މައްސަލަވެސް ދަނީ އިންތިހާއަށް ބޮޑުވަމުންނެވެ. ކާބޯތަކެތީގެ ސަޕްލައިގެ ކަށަވަރުކަން ގެއްލިފައިވާ ސަރަހައްދުތަކުގައި މިކަން ވަކިން ބޮޑެވެ. ކުޑަކުދިންގެ އާބާދީއަށް ބަލާއިރު، ހަށިގަނޑު ހުންނަންޖެހޭވަރަށްވުރެ ހިކިވުމާއި، އިސްކޮޅުން ކުރުވުމުގެ މައްސަލަތައް އިންތިހާއެވެ.

ޓޮރޭރޯ ވިދާޅުވިގޮތުގައި މި ގައުމުތަކުގައި ކާބޯތަކެތީގެ ސަޕްލައިގެ ކަށަވަރުކަން ގެއްލުމަށް މެދުވެރި އެންމެ ބޮޑު ސަބަބަކީ، ހަމަނުޖެހުންތަކާއި ކުރިމަތިލުންތަކެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމާއި، ޔޫކްރައިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހާލަތު އިތުރަށް ގޯސްކުރުވިކަންވެސް ޓޮރޭރޯ ވަނީ ފާހަގަކުރައްވާފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ވޯލްޑް ފުޑް ޕްރޮގްރާމްގެ (ޑަބްލިއުއެފްޕީ)ގެ ޗީފް އިކޮނޮމިސްޓް، އާރިފް ހުސައިން ވިދާޅުވީ، ގިނަ ގައުމުތަކެއްގައި ކާރިސީ ހާލަތު ގޯހުން ގޯހަށް ދަނީ، އިގްތިސާދީ ޕްރެޝަރު ބޮޑުވެގެން ކަމަށެވެ. ގައުމަކީ ފަގީރު ގައުމެއްނަމަ ދަރަނި ބޮޑުކަމަށާއި، ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. ފައިސާގެ އަގު ވެއްޓެމުން ދާނަމަ، އިންޓަރެސްޓް ރޭޓް އުފުލޭކަމަށާއި، އެ ގައުމަކީ އިމްޕޯޓަށް ބަރޯސާވާ ގައުމެއްނަމަ، އެ ހުރެވުނީ ހައިޖާނުގަނޑެއްގެ ތެރޭގައި ކަމަށްވެސް ހުސައިން ވަނީ ސިފަކުރައްވާފައެވެ. ހިތާމައަކީ ގިނަ ގައުމުތަކެއް، މި ދަރަޖާގައި އޮތުންކަންވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

05 ޖޫން 2018
ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

15 ފެބުރުއަރީ 2018
ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ

ކާބޯތަކެތީގެ އިސްރާފު އިންތިހާއަށް، ކާބޯތަކެތި ނުލިބޭ އާބާދީ އިތުރުވަނީ

29 ޖެނުއަރީ 2018
ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!

ސުނާމީއަށް 13 އަހަރު: ސުނާމީ ބިނާއިން އެދުވަހުގެ ހިތްދަތި ކާރިސާގެ ހަނދާންތައް އާވޭ!

26 ޑިސެމްބަރު 2017
އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

އަހަންނަށް ކިޑްނީ ޑޮނޭޓްކުރީ އަހަރެންގެ އަންހެނުން، އެއީ ދުނިޔެ މަތީގައި ލެއްވި ނިއުމަތެއް!

26 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު