Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

ސަރުކާރުން ޓެރަރިސްޓުންކަމަށް ބުނާ ބޭފުޅުންނަށް ބޭނުން ޤައުމަކަށް ދަތުރުކުރެވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 5 ޖޫން 2018 | އަންގާރަ 22:59
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު، ނިހާން

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބާއެކު، ނިހާން

އަންގާރަ ދުވަހު ބޮޑު ހަބަރެއްގެ ގޮތުގައި އަޑުއިވިގެންދިޔަ ހަބަރަކީ ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު، އިންޑިއާއަށް ވަޑައިގަތުމުން އެ ޤައުމަށް އެރުމުގެ ފުރުސަތު ނުދެއްވާ އަނބުރާ ފޮނުވާލި ހަބަރު އެވެ. ނިހާން ސިފަކުރެއްވި ގޮތުގައި ނިހާން އަނބުރާ ފޮނުވާލާފައިވަނީ އޭނާއަކީ ޕީޕީއެމްގެ މަޖިލީސް މެމްބަރަކަށްވާތީ އެވެ. އަދި އެއީ މި ސަރުކާރާއިމެދު ހިތްހަމަނުޖެހެކަން ހާމަކުރުމުގެ ގޮތުން އިންޑިއާއިން އެޅި ފިޔަވަޅެއްގެ ގޮތުގައިވެސް ނިހާން ސިފަކުރައްވަ އެވެ.

ކޮންމެއަކަސް ނިހާނަކީ އާދައިގެ ބޭފުޅެއް ނޫނެވެ. އަދި އިންޑިއާ އިން އެ ޤައުމަށް އެރުމުގެ ފުރުސަތު ނުދެއްވާ ނިހާން އަނބުރާ ފޮނުވާލާފައިވަނީ ނިހާނަކީ ކޮން ބޭފުޅެއްކަން ނޭނގިގެނެއްވެސް ނޫނެވެ. އެހެނީ ނިހާން ވިދާޅުވި ގޮތުގައި އެއާޕޯޓްްގައި ތާށިވެ، ސުވާލުތައް ކުރިމަތިވާންް ފެށުމާއިއެކު އޭނާ އަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްކަން އަންގައިދޭ ކާޑު އިމިގްރޭޝަންގެ އޮފިސަރުންނަށް ދައްކާފައިވެއެވެ. އަދި ނިހާނަކީ ކޮން ޕާޓީއަކަށް ނިސްބަތްވާ މެމްބަރެއްތޯ ސުވާލުކުރުމުން އޭނާއަކީ ޕީޕީއެމަށް ނިސްބަތްވާ މެމްބަރެއްކަންވެސް ނިހާން އިމިޤްރޭޝަންގެ އޮފިސަރުންނަށް ވިދާޅުވެދެއްވި އެވެ.

އެހެންކަމުން އިންޑިއާ އިން ނިހާން އެ ޤައުމަށް އެރުމުގެ ފުރުސަތުނުދީ އަނބުރާ ފޮނުވާލާފައިވަނީ އެއީ ކާކުކަން އެނގިި ތިބެކަން އެނގެ އެވެ.

ނިހާން އަކީ ރައީސް އަބްދުﷲ ޔާމީންގެ ފުރިހަމަ އިތުބާރު ލިބިވަޑައިނުގެން ހުންނެވިނަމަވެސް، އެ އިތުބާރު ހޯއްދެވުމަށްޓަކައި ވަރަށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ފެންނަ މަންޒަރުތަކަށް ބަލާއިރު، ނިހާނަކީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށްވެސް އަރިސް ބޭފުޅެކެވެ. އަދި ކިޔެެއްތަ ނިހާނަކީ ޓެރަރިސްޓެއްވެސް ނޫނެވެ. މައްސަލައެއްގެ ތުުހުމަތުގައި ޕާސްޕޯޓްވެސް ހިފާޓައިފައިވާ ބޭފުޅެއް ނޫނެވެ. އެހެންގޮތަކަށް ބުނާނަމަ ނިހާނަކީ ވަރަށް އިއްޒަތްތެރި ބޭފުޅެކެެވެ. ގައިދީއަކަށްނުވާ ސާފު ބޭފުޅެކެވެ. ނަމަވެސް ކަންވެގެންދިޔަގޮތަށް ވިސްނާލާށެވެ.

ރައީސް އަބްދުﷲ ޔާމީނާއި، ނިހާނާއި، ސަރުކާރުގެ އިސްވެރިންނަށް ބޮޑެތި ޓެރަރިސްޓުންގެ ގޮތުގައި ފެނިވަޑައިގަންނަވާ ބޭފުޅުން އެޔޮއްގެން އެއް ޤައުމުުން އަނެއް ޤައުމަށް ދަތުރުތައް ކުރައްވަމުންގެންދަވަނީ އެވެ. ޝަރަފުވެރިކަމާއެކުގަ އެވެ. ބޮޑެތި ގައިދީންތައްކަމުގައި ސަރުކާރުން އަބަދުމެ ސިފަކޮށް، އެގޮތަށް ރައްޔިތުންނަށް ވިސްނައިދިނުމަށް ބޭނުންވެގެން ކެނޑިނޭޅި އެބޭފުޅުންތަކެއްގެ ވާހަކަ ދައްކަމުންގެންދާ ބޭފުޅުން އެއާޕޯޓްތަކުގައި ތާށިވެގެން އުޅުއްވާކަށް ޖެހިވަޑައެއްނުގަންނަވަ އެވެ. އެ ބޭފުޅުން ޤައުމަކަށް ވަޑައިގެނެންވުމާއެކު، އެ ޤައުމުތަކުގެ ސަރުކާރުން ކާރާއި، އިސްތިޤުބާލުކުރައްވާނެ ބޭފުޅުން ފޮޮނުއްވާ ހައްދަވަ އެވެ.

ދަތުރުމަތީގައި އިންނަވަނިކޮށް ބައެއް ބޭފުޅުންގެ ޕާސްޕޯޓްތައް ކެންސަލްކުރުމުން ކުޑަ ވަގުތުކޮޅަކު އެއާޕޯޓްގައި ތާށިވިނަމަވެސް ޤައުމުތަކުން އެ ބޭފުޅުންނަށް ހިމާޔަތްދީ ހައްދަވަ އެވެ. ނަމަވެސް އިއްޒަތްތެރި މެމްބަރު ނިހާނަށް ޖެހިވަޑައިގެންނެވީ އެއާޕޯޓްގައިި ތާށިވެ އިންނެވުމަށްފަހު އަނބުރާ ޤައުމަށް ވަޑައިގަންނަވާށެވެ. ޕީޕީއެމްގެ ޕީޖީ ލީޑަރޭ ވިދާޅުވެ ބޮޑެތި ކާޑުތަކުންނާއި، މޮޅެތި ފެންވަރުގެ ޕާސްޕޯޓްއިން ލިބިވަޑައިގެންނެވި ފައިދާއެއް ނެތެވެ.

ނިހާނެވެ. ވިސްނައިވަޑައިގަންނަވާށެވެ. ޓެރަރިސްޓުންނޭ ވިދާޅުވެ، އެއިން ބޭފުޅެއްގެ ނަމެއް ކިޔަސް، ޓީވީތަކުގެ ލައިސަންސް ބާތިލްކޮށް، ވޯޓެއްލައިފިނަމަ އެންމެން ހައްޔަރުކުރިނަމަވެސް ހަޤީޤީ ޓެރަރިސްޓުންނަކީ ކޮބައިކަން މުޅި ދުނިޔެއަށް އެނގޭކަން އެ އޮތީ ސާފުކޮށް ބުނެދީފައެއް ނޫންތޯ އެވެ. ރައީސް އަބްދުﷲ ޔާމީނަށް ކިތަންމެވަރަކަށް ސަނާ ކިޔަސް، އަދި އަމިއްލަ ޤައުމުގައިި ބޮޑެތި ފްލެޓްތައް ބައްލަވައިގަނެގެން އިއްޒަތުގައި އުޅުއްވިޔަސް، ޤައުމުން ބޭރުގައި އެއިން ކުރާނެ ފައިދާއެއް ނެތްކަން އެ އޮތީ ބުނެދީފައެއް ނޫންތޯ އެވެ.

ކައިރީގައި ގެންގުޅޭ ދެތިން ކުއްޖަކު ޤަބޫލުކުރިޔަސް، މުޅި ދުނިޔެވެސް ތި ދައްކަވާ ވާހަކަތައް ގަބޫލުނުކުރާކަމަށް އެ އޮތީ ބުނެދީފަ އެވެ.

އަވައްޓެރި ޤައުމަކަށް ނޭރި، އަމިއްލަ ޤައުމުގައި ހުންނެވުމަކީ ވަކިން ކުޑަ އަޅުވެތިކަމެއް ނޫނެވެ. އަދި ކިޔެއްތަ ކަންތައްދާ މިސްރާބަށް ބަލާއިރު، އިންޑިއާއާއި ހަމައިން ނިމޭނެކަމަށް ބެލުމަކީވެސް މޮޔަ ކަމެކެވެ. އިންޑިއާގެ އިތުރުން ޔޫރަޕްވެސް އަދި އޮތީ އެވެ. ދުނިޔޭގެ ބޮޑެތި ބާރުތަށް އެއޮތީ ފާރަވެރިވެކަން ހަނދުމަފުޅުގައި ބަހައްޓަވާށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

މުޅި ދައުލަތް ފަސާދައިގެ ޢަމަލުތަކުގެ ތެރޭގައި

25 ސެޕްޓެމްބަރު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

މައުމޫނާއެކު މުޅިން އެހެން ފޮޓޯއެއް

15 ޖޫން 2017
ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

ފަސް ފަނޑިޔާރުންގެ އަތްޕުޅަށް މުޅި ދައުލަތް، "ޖުޑިޝަލް ޑިކްޓޭޓާޝިޕް" އަކަށް؟!

24 މެއި 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު