Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓައިފޮއިޑު ފެތުރުން

ޓައިފޮއިޑު ފެތުރެނީ، އަވަހަށް ފަރުވާ ނުހޯދައިފިނަމަ ފުރާނައަށް ނުރައްކާވާނެ: ޑރ.ފައިސަލް

ޓައިފޮއިޑް ޖެހިފައިވާ ފަސް މީހުންނަށް ދަނީ ފަރުވާ ދެމުން

އަމްނާ އިމާދު
އަމްނާ އިމާދު | 5 މެއި 2023 | ހުކުރު 12:43
އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް

ރާއްޖޭގައި ޓައިފޮއިޑު ފެތުރެމުންދާ ކަމަށާއި، މިބައްޔަށް އަވަހަށް ފަރުވާ ނުހޯދައިފިނަމަ ފުރާނައަށް ނުރައްކާވާ ކަމަށް އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ.ފައިސަލް ވިދާޅުވީ މިދުވަސްވަރު މި ބަލި ރާއްޖޭގައި ފެތުރޭ ކަމަށާއި، ޓައިފޮއިޑު ޖެހިފައިވާ ފަސް މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދާ ކަމަށެވެ. އެއީ ހަތަރު ކުޑަކުދިންނާ ބޮޑު މީހެކެވެ. ޓައިފޮއިޑު ކުރިން ވެސް ޖެހޭކަން ފާހަގަކޮށް ޑރ.ފައިސަލް ވިދާޅުވީ މީގެ ކުރިން ކޭހެއް ރިޕޯޓު ކުރެވެނީ ދެމަހުން އެއްމަހު އެއް ކޭސް ކަމަށާއި، ނަމަވެސް މިދިޔަ މަހު ފަހުކޮޅުން ފެށިގެން ފަސް މީހުންނަށް ބަލި ޖެހުމުން ކަންބޮޑުވާ ކަމަށެވެ.

ޑރ.ފައިސަލް ވިދާޅުވީ މިބަލި ޖެހިއްޖެނަމަ އަވަހަށް ޑޮކްޓަރަށް ދައްކައި ފަރުވާ ހޯދަންޖެހޭ ކަމަށެވެ. މިބަލީގައި ބައެއްފަހަރު ވަރަށް ބަލިވެދާނެ ކަމަށާއި، މަރުވެސްވާ ކަމަށެވެ. ބަލީގެ އަލާމަތްތަކަށް އިޝާރާތް ކުރައްވައި ޑރ.ފައިސަލް ވިދާޅުވީ މިބަލީގައި ގަދައަށް ހުންއައުމާއިއެކު ހޮޑުލެވޭ ކަމަށެވެ. އަދި ވިދާޅުވީ ބައެއް ފަހަރު ބައެއް މީހުންގެ ބަނޑަށް ތަދުވެ ބަނޑުދިޔާވާ ކަމަށާއި، އަނެއް ބައި މީހުންގެ ބަނޑު ހަރުވާ ކަމަށެވެ. ހަށިގަނޑުގެ އެކި ގުނަވަންތަކަށް އަސަރުކުރާއިރު، ބައެއް ހާލަތްތަކުގައި ލިވަރ ހަލާކުވުމާއި، ފިޓުޖެހުމާއި އަދި ހޭވެރިކަން ނެތުން ވެސް ހިމެނޭ ކަމަށް ޑރ.ފައިސަލް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ފައިސަލް ވިދާޅުވީ މިބަލިން ރައްކާތެރިވުމަށް އަތްދޮވުމާއި ކާބޯތެތީގެ ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށެވެ. އެގޮތުން ބިސްފަދަ ނަޖިސް އުގުޅިފައި ހުންނަ އެއްޗެއްސާ އެހެނިހެން ކާ އެއްޗެހި ވަކިކުރަންޖެހޭ ކަމަށާއި، ފިހާރައިން އެއްޗެހި ގަންނައިރު ވެސް މިބާވަތުގެ އެއްޗެހި އެއްކޮށްގެން ނުވާނެ ކަމަށެވެ. އަދި ބަލީގެ އަލާމަތެއް ފެންނަނަމަ މީހުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އައިޖީއެމްއެޗްގެ އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ވެސް ވަނީ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ޚާއްސަ އިލްތިމާސްއެއް ކުރައްވާފައެވެ.

ޑރ.މުހައްމަދު އަލީ ވިދާޅުވީ ވިޔަފާރިކުރާއިރު، އެއްކޮތަޅަށް އެއްޗެހި އަޅަމުން ގޮސް ރޯ ބިހާ އެހެނިހެން ކާއެއްޗެހި އެއްކޮތަޅަށް އެޅުން ރަނގަޅެއް ނޫން ކަމަށެވެ. ޑރ.މުހައްމަދު އަލީ ވިދާޅުވީ ބައެއްފަހަރަށް ރޯބިހުގެ ބޭރުގައި ހުންނަ ޖަރާސީމު، އެހެނިހެން ކާއެއްޗެއްސަށް އަރާ، ބޭރަށް ހިންގާ ރޯގާ ޖެހުމުގެ ފުރުސަތު އިތުރުވާ ކަމަށާއި، ރަނގަޅު ކުރުމަށް ބިހުގެ ބޭރު ޑިޓަރޖެންޑެއްލައިގެން ދޮވުނަސް ކަމުނުދާ ކަމަށެވެ. އަދި އެގޮތަށް ހެދުމުން ބިހުގެ ތޮށިގަނޑުގައި ހުންނަ ކުދިކުދި ވިދުތައް ބޮޑަށް ހުޅުވި، ބޭރުގަ ހުންނަ ޖަރާސީމް ބިހުގެ އެތެރެއަށް ވަނުމަށް މަގުފަހިވާ ކަމަށާއި، ބިސް ގަންނައިރު ބިހުގެ ބޭރު ރީތި ބިސް ގަތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ޑރ.މުހައްމަދު އަލީ ވިދާޅުވިއެވެ.

ޓައިފޮއިޑަކީ ސަލްމޮނެއްލާ ޓައިފީ އޭ ކިޔާ ބެކްޓީރިއާ އަކުން ޖެހޭ ބައްޔެކެވެ. މި ބަލި ފެތުރެނީ ސާފުތާހިރުކަން ކުޑަވުމާއި ތަޣައްޔަރު ވެފައިވާ ކާބޯތަކެތީގެ ސަބަބުންނެވެ. ސަލްމޮނެއްލާ ޓައިފީ އަކީ ހަށިގަނޑުގެ ވަކި ގުނަވަނެއްގައި އަށަގަންނަ ބެކްޓީރިއާއެކެވެ. އަވަހަށް ފަރުވާ ނުހޯދާ ގިނަ ދުވަސް ވެއްޖެ ނަމަ، ހަށިގަނޑުގައި ބެކްޓީއާ އަށަގަނެފައި ވާ ގުނަވަނަށް އޭގެ އަސަރު ކުރެއެވެ.

މިބައްޔަށް ދިވެހިން އާއްމުކޮށް ކިޔާ އުޅެނީ ގަދަ ހުމެވެ.

އިތުރަށް ކިޔާލަން

12 މާރިޗު 2017

އެއް ދުވަސްތެރޭގައި ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި

12 މާރިޗު 2017
އެއް ދުވަސްތެރޭގައި  ކްލިނިކުން 38 ބަލިމީހުންނަށް ފަރުވާދީފި
27 ފެބުރުއަރީ 2017

ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި

27 ފެބުރުއަރީ 2017
ފަރުވާއަށްފަހު މަހްލޫފް ވަޑައިގެންނެވުމުން އަނބުރާ ޖަލަށް ގެންގޮސްފި
21 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި
20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
18 ފެބުރުއަރީ 2017

ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!

18 ފެބުރުއަރީ 2017
ކަރުގައި ރުފިޔާއެއް ތާށިވި ކުއްޖަކަށް ފަރުވާއެއް ނުދެވިފައި!
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަން ދައިރާއާ ގުޅޭ ބިލް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅާނަން: މުއިއްޒު
12 ފެބުރުއަރީ 2017

ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް

12 ފެބުރުއަރީ 2017
ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި މީހާއަށް އައިސީޔޫގައި ދަނީ ފަރުވާދެމުން: އައިޖީއެމްއެޗް
10 ފެބުރުއަރީ 2017

އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ

10 ފެބުރުއަރީ 2017
އިދިކޮޅު ފަރާތްތަކުގެ ފާޑު ކިޔުމަށް ފަރުވާލެއް ނެތް: އަބްދުއް ރަހީމް އަބްދުﷲ
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު