Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕީއެސްޖީ

މެސީއާއި ނޭމާއާ ދެކޮޅަށް ޕީއެސްޖީގެ ސަޕޯޓަރުން އިހުތިޖާޖުކޮށްފި

4 މެއި 2023 | ބުރާސްފަތި 11:53

އެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ވަނީ ހަޑި ހުތުރު ބަސްތައްވެސް ބޭނުންކޮށްފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 މެއި 2023 | ބުރާސްފަތި 11:53
ޕީއެސްޖީގެ ސަޕޯޓަރުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން

ޕީއެސްޖީގެ ސަޕޯޓަރުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން

ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ލިއޮނަލް މެސީއާއި ބްރެޒިލްގެ ނޭމާ ޖޫނިއާއާ ދެކޮޅަށް އެ ކުލަބުގެ ސަޕޯޓަރުން އަޑު އުފުލައި، އިހުތިޖާޖުކޮށްފިއެވެ.

ބުދަ ދުވަހު ޕީއެސްޖީގެ ސަޕޯޓަރުން ވަނީ ކުލަބުގެ ހެޑްކުއާޓަރ ކައިރިއަށް އެއްވެ އެ ދެ ކުޅުންތެރިންނާ ދެކޮޅަށް އަޑު އުފުލައިފައެވެ. އެ އިހުތިޖާޖުގައި، ސަޕޯޓަރުން ތިބީ މެސީއާއި ނޭމާއާ ދެކޮޅަށް އެކިއެކި ޝުއޫރު ފާޅުކޮށްފައިވާ ބޯޑުތައް ހިފައިގެންނެވެ. އަދި އެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ވަނީ ހަޑި ހުތުރު ބަސްތައްވެސް ބޭނުންކޮށްފައެވެ. އެއަށްފަހު ސަޕޯޓަރުން ވަނީ ނޭމާ ދިރިއުޅޭ ގެ ކައިރިއަށްވެސް އެއްވެ، އަޑު އުފުލައިފައެވެ.

އެކަމާ ގުޅިގެން ޕީއެސްޖީން ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި އެ ކުލަބުން ބުނެފައިވަނީ މަދު ސަޕޯޓަރުންތަކެއް ކުރިއަށްގެންދިޔަ މި ހަރަކާތް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށެވެ. ޕީއެސްޖީން ބުނީ އެއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށާއި، ޕީއެސްޖީން އެ ކުލަަބުގެ މުވައްޒަފުންނާއި އެންމެހައި ކުޅުންތެރިންނަށް ފުރިހަމައަށް އެއްބާރުލުން ދޭނެކަމަށެވެ.

މެސީއާ ޕީއެސްޖީއާ ދެމެދު މިހާރު ވަނީ މައްސަލަޖެހިފައެވެ. އެއީ ޕީއެސްޖީގެ ހުއްދަ ނުހޯދައި މެސީ ސައޫދީ އަރަބިއްޔާއަށް ދިޔަކަމަށް ބުނެއެވެ. އެ މައްސަލާގައި ޕީއެސްޖީން ވަނީ ދެ ހަފުތާގެ މުއްދަތަކަށް މެސީ ސަސްޕެންޑުވެސް ކޮށްފައެވެ. އެ މުއްދަތުގައި މެސީއަށް މުސާރައެއްވެސް ކުލަބުން ނުދޭނެއެވެ. އަނެއްކޮޅު މެސީ ވަނީ ޕީއެސްޖީގެ އެއްބަސްވުން އައުނުކުރުމަށް މީގެ މަސް ދުވަސް ކުރިން ނިންމާފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެހެންކަމުން މެސީއާ ޕީއެސްޖީއާ ދެމެދު މައްސަލަ ހޫނުވީ އެ ސަބަބާހުރެ ކަމަށްވެސް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަނެއްކޮޅުން ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވިފަހުން ނޭމާއަށް އެންމެ އެކަށީގެންވާ ކުޅުމެއް ނުދެއްކެއެވެ. މީގެ އިތުރުން ނޭމާވެސް ކުލަބު ދޫކޮށްލަން އުޅޭކަމުގެ އަޑުތަކެއް ދޭތެރެއަކުން ފެތުރެއެވެ. މިވަގުތު ނޭމާ ހުރީ އޭނާއަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައެވެ.

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

5

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

އިތުރަށް ކިޔާލަން

08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
07 މާރިޗު 2017

މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް

07 މާރިޗު 2017
މިފަހަރުގެ މުބާރާތް ކާމިޔާބުކުރަން ސަޕޯޓަރުންގެ އެހީ ބޭނުންވޭ: ލަތީފް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
25 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް

25 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ޓީސީއާ ދެކޮޅަށް ސެމީގައި ނިކުންނާނީ ނޭޕާލްގެ މަނަންގް
25 ފެބުރުއަރީ 2017

މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ

25 ފެބުރުއަރީ 2017
މެޗަށް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން، ސުޒޭންއާ ދެކޮޅަށް ނިކުންނަން ޖެހުމަކީ އުފާވާ ކަމެއް: ސޮބާ
15 ފެބުރުއަރީ 2017

މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ

15 ފެބުރުއަރީ 2017
މާޒިޔާއާ ދެކޮޅަށް ނިކުންނާނީ ނެގެންހުރި ހަތިޔާރެއް ނަގައިގެން:ފެސްކޯ
14 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ

14 ފެބުރުއަރީ 2017
 ޗެމްޕިއަންސް ލީގު: ތިއާގޯ ސިލްވާ އަށް ބާސާއާ ދެކޮޅަށް ނުކުޅެވޭނެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް