Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސޫދާން ހަނގުރާމަ

"ސޫރިޔާ މީހަކު އެރި ކޮންމެ ތާކު އޮތީ ހަނގުރާމައާ ކުރިމަތިލުން"

ހަނގުރާމައިގެ މައިދާނަކަށް ބަދަލު ވުމުން، އަނެއްކާވެސް ރަދްވާންއަށް މަޖުބޫރުވީ ހިޖުރަ ކުރަން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 މެއި 2023 | ބުރާސްފަތި 09:29
ސޫދާންގެ ހަނގުރާމައާއި ގުޅިގެން ސޫރިޔާގެ ރައްޔިތުން ގައުމުން ބޭރަށް ދަނީ

ސޫދާންގެ ހަނގުރާމައާއި ގުޅިގެން ސޫރިޔާގެ ރައްޔިތުން ގައުމުން ބޭރަށް ދަނީ

ސުލްހަ މަސަލަސްކަމާއި ހަމަޖެހުން، މިނިވަންކަމާއި ސިޔާދަތު، އަމަން އަމާންކަމާއި ޢަދުލުވެރިކަމަކީ ކިހާ ވަރެއްގެ ނިޢުމަތްތަކެއްކަން ވަޒަން ކުރެވެނީ މި ދެންނެވި ކަންކަމުން މަޚްރޫމު ވާންޖެހޭ ހިސާބުންނޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ދިރިއުޅުމަށް ކުރުމަށް އައި ފޮނި ޢުއްމީދުތައް ބޮޑު ފޮށީގައި ބަންދުކޮށް، ވީ ހާލަކައިގެން ދުނިޔެ އުޅުމަށް ތެދުވަން ޖެހޭ ހިސާބުންނެވެ.

ރަދްވާން ހިޝާމް ވަހްބާ، ސޫރިޔާ ދޫކޮށް، އޭނާގެ ދިރިއުޅުން ސޫދާންއަށް ބަދަލު ކުރީ 2012 ވަނަ އަހަރުގެ ތެރޭގައެވެ. ދާޚިލީ ހަނގުރާމައިގެ ނަމާން އަނދަވަޅަށް ސޫރިޔާ ވެއްޓި، އޭނާގެ ހަށިގަނޑަށް ބަޑީގެ ހަމަލާ އަމާޒުވުމުން، އާ ދިރިއުޅުމެއް ފެށުމުގެ ފޮނި ޢުއްމީދުގައެވެ. އެ ޢުއްމީދުވީ ބިލާހެއް ފަދަ ހުވަފެނަކަށެވެ. ހަނގުރާމައިގެ މައިދާނަކަށް ސޫރިޔާ ބަދަލުވިއެވެ. މިއަދު އޭނާގެ ގެދޮރު ކަމުގައި ދެކެމުން ދިޔަ ތަނަކީވެސް ހަނގުރާމައިގެ މައިދާނަކަށް ބަދަލު ވުމުން، އަނެއްކާވެސް ރަދްވާންއަށް މަޖުބޫރުވީ ހިޖުރަ ކުރާށެވެ.

ސޫދާންގެ އަސްކަރިއްޔާއާއި ޕެރާމިލިޓްރީ ރެޕިޑް ސަޕޯރޓް ފޯރސަސް (އާރްއެސްއެފް)ގެ ފައުޖުތަކާ ދެމެދު، އޭޕްރިލް 15 ވަނަ ދުވަހުން ފަށައިގެން ބަދަލު ކުރަމުންދާ ވަރުގަދަ ހަމަލާތަކުން، ވެރިރަށް ޚާރްތޫމްގައި ދެމެމުންދަނީ ލޭގެ ކޯރުތަކެވެ. އެ ނަމާންކަމާއި ބިރުވެރިކަމުން ސަލާމަތްވުމަށް، ރަދްވާން މިހާރު ކޭމްޕު ކުރަމުން ދަނީ، ރެޑްސީގެ އައްސޭރިފަށުގައި އޮންނަ ޕޯރޓް ސޫދާންގެ މަގުތަކުގައެވެ. ރައްކާތެރިކަމުގެ މަންޒިލަކަށް ދެވޭނެ ކަމުގެ ޢުއްމީދުގައެވެ. އަނެއްކާވެސް އާ ފެށުމަކުން ދިރިއުޅުން ފެށޭތޯއެވެ.

ސޫރިޔާގެ ވެރިކަން ކުރާ ދިމިޝްކު ކައިރީގައި އޮންނަ ޒަމާލްކާއަށް ނިސްބަތްވާ ރަދްވާން ސިފަ ކުރި ގޮތުގައި، ސޫރިޔާ މީހަކު އަރައިފި ކޮންމެ ތަނެއްގައިވެސް އެމީހަކަށް އޮތީ ހަނގުރާމައާ ކުރިމަތިލުމެވެ.

2011 ވަނަ އަހަރު ސޫރިޔާގައި ފެށި ވަރުގަދަ ހަނގުރާމައިން ސަލާމަތް ވުމަށް، އަމިއްލަ ވަޒަން ދޫކޮށް އެހެން ޤައުމުތަކަށް އެތައް ސަތޭކަ ހާސް ބަޔަކު ހިކުރަ ކުރިއެވެ. އޭގެ ތެރެއިން 66000 އަށް ވުރެ ގިނަ މީހުންނަކީ ސޫދާންއަށް އެތެރެވި މީހުން ކަމަށް އދގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ސޫރިޔާ ދޫކޮށް ސޫދާންއަށް ބަދަލުވި ގިނަ ބަޔަކު މިހާރު މަސައްކަތް ކުރަމުން ދަނީ ސަލާމަތުން ސޫދާންއިން ފައިބައިގެން ދިއުމަށެވެ. އެކިއެކި ޤައުމުތަކުގެ ސަރުކާރުތަކުން ދަނީ ސޫދާންގައި ތިބި އެ ޤައުމުތަކުގެ ރައްޔިތުން ސޫދާންއިން ނެރެދީ، ރައްކާތެރި މަންޒިލްތަކަށް ބަދަލުކޮށްދެމުންނެވެ. އަމިއްލަ ވަޒަނުގައި ދިގުލާ ދިޔަ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ފަސްގަނޑަކަށް އެނބުރި ދިއުމާއި، މިހާރުވެސް ވަރުގަދަ ހަމަލާ ބަދަލުކުރުންތަކެއް ހިންގަމުންދާ ސޫދާންއާ ދެމެދު، ސޫރިޔާގެ އެތައް ބަޔަކު ވަނީ ތާށިވެފައެވެ.

ވަޒީފާއެއްގެ ޢުއްމީދުގައި، މިދިޔަ އަހަރު ސޫރިޔާއިން ފޭބި އެކަކީ ޢުމުރުން 33 އަހަރުގެ މަޙްމޫދު ސުވައިދާންއެވެ. އެކަމަކު، ސޫދާންއިންވެސް ސުވައިދާންއަށް ލިބުނީ އިތުރު ޝޮކްއެކެވެ.

ސޫރިޔާ ހަނގުރާމައިގެ ސަބަބުން އެތައް ބަޔަކު ހިޖުރަ ކުރިއިރު، އެތައް ސަތޭކަ ހާސް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ޤައުމުގެ އިޤްތިޞާދެއް ނެތެވެ. ހަނގުރާމައިގެ ކުރިން ސޫރިޔާގައި އޮތް އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ވަނީ އެމީހުންގެ ގެދޮރު ދޫކޮށްލާފައެވެ. ބޭރުގެ ކޮންމެވެސް އެހެން ޤައުމެއްގައި އާ ދިރިއުޅުމެއް ފެށުމަށް މަސައްކަތް ކުރަނީއެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2018

ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!

15 ފެބުރުއަރީ 2018
ކޮންމެ ކަމަކީ ޔެސް ސަރ އަކުން ފުއްދޭނެ ކަމެއް ނޫން!
11 ފެބުރުއަރީ 2018

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

11 ފެބުރުއަރީ 2018
ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
07 ޖެނުއަރީ 2018

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

07 ޖެނުއަރީ 2018
ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
30 ޑިސެމްބަރު 2017

2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ

30 ޑިސެމްބަރު 2017
2017: ސަރުކާރު ބަލިކަށިވި ކޮންމެ ވަގުތަކު "ޝަރުއީ" ފަރުވާ
14 އޮކްޓޯބަރު 2017

އިންވެސްޓްމަންޓް ފޯރަމް: މޮޅުތަކެއްވާނެ ކަމަށް ހީކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު ފޯރަމެއް

14 އޮކްޓޯބަރު 2017
އިންވެސްޓްމަންޓް ފޯރަމް: މޮޅުތަކެއްވާނެ ކަމަށް ހީކުރިޔަސް ތާކުންތާކު ނުޖެހޭ ބޭކާރު ފޯރަމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު