Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން

ޓްރަމްޕް އާއި ޕުޓިން ބައްދަލު ކުރައްވައިފި

16 އޯގަސްޓު 2025 | ހޮނިހިރު 04:27

ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައި ވަނީ ސްކެރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި، ޓްރަމްޕްގެ ފަރާތުން ރަޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އެވެ. އަދި ރަޝިޔާގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައި ވަނީ، ފޮރިން މިނިސްޓާރު ސާގޭ ލަވްރޯވް އަދި ޕުޓިންގެ ފޮރިން ޕޮލިސީ އެޑްވައިޒަރު ޔޫރީ އުޝަކޯވް އެވެ. 

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 އޯގަސްޓު 2025 | ހޮނިހިރު 04:27
އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން އެލަސްކާގައި ބައްދަލު ކުރައްވަނީ

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ރަޝިޔާގެ ރައީސް ޕުޓިން އެލަސްކާގައި ބައްދަލު ކުރައްވަނީ

ރަޝިޔާ އާއި ޔުކްރެެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މުހިންމު މަޝްވަރާތަކާ އެކު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ބައްދަލު ކުރައްވައިފި އެވެ. 

ޓްރަމްޕް އާއި ޕުޓިން ބައްދަލު ކުރައްވާފައި ވަނީ އެލަސްކާގަ އެވެ. ޕުޓިން އެލަސްކާ އަށް ވަޑައިގެންނެވުމުން، ރަސްމީކޮށް އޭނާ އަށް މަރުޙަބާ ވިދާޅުވީ ވެސް ޓްރަމްޕް އެވެ. އަދި އެއަށް ފަހު ދެ ރައީސުން ވަނީ ރަސްމީ ގޮތުން ބައްދަލު ކުރައްވައިފަ އެވެ. 

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމަ އަކީ، ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު ޔޫރަޕުގައި ހިނގަމުން އަންނަ އެންމެ ނުރައްކާތެރި ހަނގުރާމަ އެވެ. ގާތް ގަނޑަކަަށް ތިން އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު، ޓްރަމްޕް އާއި ޕުޓިންގެ ބައްދަލު ކުރެއްވުމުން އެކަމަށް އިތުރަށް މަގު ފަހި ވެގެން ދާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެ އެވެ. 

ޓްރަމްޕް އާއި ޕުޓިންއާ ދެމެދު ކުރިއަށް ގެންދާ މުހިންމު މަޝްވަރާ ތަކުގެ ދައުވަތު ޔުކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އަށް ދެއްވާފައި ނުވެ އެވެ. އެކަމާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ އޭނާގެ މަޤުސަދަކީ ޔުކްރެއިންގެ ފަރާތުން ނިންމުންތަކެއް ނިންމުން ނޫން ކަމަށެވެ. އަދި މިވަގުތު އެންމެ މުހިންމު އެއް ކަމަކަށް އޮތީ، ރަޝިޔާ އާއި ޔުކްރެއިން އެއް މޭޒެއްގެ ދޮަށަށް ގެނައުން ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން އޭނާ ބޭނުން ވަނީ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމަށް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ޕުޓިން އާއެކު ބާއްވާ ބައްދަލުވުމުގެ ސަބަބުން އެކަން ޙާސިލު ނުވެއްޖެ ނަމަ، އޭނާ އުފާ ނުވާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ. އަދި ބޭނުން ވަނީ މިހާރު ހިނގަމުން އަންނަ މަރުތައް ހުއްޓުވުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ޓްރަމްޕް އާއި ޕުޓިންގެ ބައްދަލުވުމުގައި އެމެރިކާގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައި ވަނީ ސްކެރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ އަދި، ޓްރަމްޕްގެ ފަރާތުން ރަޝިޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އެވެ. އަދި ރަޝިޔާގެ ފަރާތުން ބައިވެރިވެ ވަޑައިގެންފައި ވަނީ، ފޮރިން މިނިސްޓާރު ސާގޭ ލަވްރޯވް އަދި ޕުޓިންގެ ފޮރިން ޕޮލިސީ އެޑްވައިޒަރު ޔޫރީ އުޝަކޯވް އެވެ. 

ޓްރަމްޕް ވިދާޅުވެފައި ވަނީ ޕުޓިން އާއެކު ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ވެއްޖެ ނަމަ، ދެން އެންމެ އިސްކަމެއް ދެއްްވާނީ ޔުކްރެއިންގެ ރައީސް ޒެލެންސްކީ ހިމެނޭ ގޮތުން، ޕުޓިން އާއި ޓްރަމްޕްގެ ބައްދަލުވުމެއް ބޭއްވުމަށް ކަމަށެވެ. އެކަމާ ގުޅޭ ގޮތުން ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ، އެލަސްކާގައި ކުރިއަށް ގެންދެވޭ މަޝްވަރާތައް ކާމިޔާބު ވެއްޖެ ނަމަ، އެ ފަދަ ދެ ވަނަ ބައްދަލުވުމެއްގެ އުންމީދު އޮތް ކަމަށެވެ.

އެލަސްކާގައި ކުރިއަށްދާ ސަމިޓަށް ޕުޓިން ވަޑައިގެންނެވުމުގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާ އާއި ޕުޓިންއާ ދެމެދު އޮތީ އިޙުތިރާމްގެ ގުޅުމެއް ކަމަށެވެ. އަދި ޕުޓިން އަކީ ވަރަށް ސްމާޓް ބޭފުޅެއް ކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ. ގިނަ މަސައްކަތްތަކެއް ޕުޓިން ކުރައްވާފައިވާ ކަމަށާއި، އެކަންކަމަށް އޮތީ އިޙުތިރާމްކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެކުގައި ކުރަން ހުރި މަސައްކަތް ވެސް މުހިންމު ކަމަަށެވެ. 

މި ބައްދަލުވުމުގެ ކުރިން ޓްރަމްޕް ވަނީ، ރަޝިޔާ-ޔުކްރެއިން ހަނގުރާމައިގެ މައްސަލައިގައި އެތައް ފަހަރެއްގެ މަތިން ޕުޓިން އަށް ފާޑު ވެސް ވިދާޅުވެފަ އެވެ. ޕުޓިން ދެކެ ހިތްހަމަ ނުޖެހިފައި ހުންނެވި ކަމަށް މީޑިއާ ތަކުގައި ޓްރަމްޕް ވިދާޅުވެފައިވާއިރު، ޕުޓިން ހުންނެވީ މީހުން މެރުމަށް މޮޔަވެފައި ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ރިޔާސީ ދެ ވަނަ ދައުރަކަަށް ވަޑައިގެން، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވަރަށް ބޮޑަށް ޓްރަމްޕް ވަކާލާތު ކުރައްވާފައިވާއިރު، ރަޝިޔާ އިން ހަނގުރާމަ ހުއްޓާ ނުލައިފި ނަަމަ އެ ޤައުމާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ވެސް ޓްރަމްޕް އޮތީ ދެއްވައިފަ އެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި

25 ޖެނުއަރީ 2017
ކީސްޓޯން ތެޔޮހޮޅީގެ މަސައްކަތް ކުރިޔަށް ގެންދަން ޓްރަމްޕް ނިންމަވައިފި
25 ޖެނުއަރީ 2017

އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް

25 ޖެނުއަރީ 2017
އިންތިހާބުގައި ގަވާއިދާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ޓްރަމްޕް ގަބޫލުކުރައްވާ: ވައިޓް ހައުސް
16 ޖެނުއަރީ 2017

ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި

16 ޖެނުއަރީ 2017
ދޫރައްކާތެރިކުރުމަށް ސީއައިއޭގެ ވެރިޔާޔާ ޓްރަމްޕްއަށް އިންޒާރުދެއްވައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ

12 ޖެނުއަރީ 2017
މިޔަންމާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ޖަރީމާތަކާ ގުޅިގެން މެލޭޝިއާގައި ބައްދަލުވުމެއް ބާއްވަނީ
12 ޖެނުއަރީ 2017

އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި

12 ޖެނުއަރީ 2017
އެމެރިކާގެ ޖާސޫސީ އިދާރަތައް ޓްރަމްޕް ކުށްވެރިކުރައްވައިފި
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
07 ޖެނުއަރީ 2017

އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް

07 ޖެނުއަރީ 2017
އިންތިހާބަށް ނުފޫޒް ފޯރުވުމުގެ ކެމްޕޭނެއް ހިންގުމަށް ޕުޓިން އަމުރުކުރެއްވި: އިންޓެލް ރިޕޯޓް
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް