Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިސްރާއީލް-ސީރިއާ ހަނގުރާމަ

އިސްރާއީލް އާއި ސީރިއާ އިން ހަނގުރާމަ ހުއްޓާލަން އެއްބަސްވެއްޖެ

19 ޖުލައި 2025 | ހޮނިހިރު 04:24

ބަރަކް ވިދާޅުވެފައި ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2025 | ހޮނިހިރު 04:24
ސީރިއާގެ ޑްރޫޒް ކޮމިއުނިޓީގެ މެމްބަރުން މަޖްދުލް ޝަމްސް ކައިރީގައި ހުންނަ އިސްރާއީލުގެ އެނެކްސްޑް ގޯލާން ހައިޓްސް ހުރަސް ކުރަނީ

ސީރިއާގެ ޑްރޫޒް ކޮމިއުނިޓީގެ މެމްބަރުން މަޖްދުލް ޝަމްސް ކައިރީގައި ހުންނަ އިސްރާއީލުގެ އެނެކްސްޑް ގޯލާން ހައިޓްސް ހުރަސް ކުރަނީ

އިސްރާއީލާއި ސީރިއާއާ ދެމެދު ހިނގަމުން އައި ހަނގުރާމަ ހުއްޓާލަން ދެ ޤައުމުން ވެސް އެއްބަސްވެފައިވާ ކަމަށް، އެމެރިކާ އިން ސީރިއާ އަށް ކަނޑައަޅާފައި ހުންނަވާ ޚާއްސަ މަންދޫބު ޓޮމް ބަރަކް ވިދާޅުވެއްޖެ އެވެ.

ބަރަކް ހުކުރު ދުވަހު ވިދާޅުވީ، އިސްރާއީލް އާއި ސީރިއާ އިން ވެސް ވަނީ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ކަމަށެވެ. އަދި އެ އެއްބަސްވުމަށް ތުރުކީ އާއި ޖޯޑަންގެ އިތުރުން، ބައެއް އަވަށްޓެރި އެހެން ޤައުމު ތަކުގެ ތާާއީދު ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ. 

ބުދަ ދުވަހު ވެސް އިސްރާއީލް އިން ވަނީ ސީރިއާގެ ދަމަސްކަސް އަށް ވައިގެ ހަމަލާ ތަކެއް ދީފަ އެވެ. އަދި ދެކުނުގައި ހުރި ސަރުކާރުގެ ބާރުތަކަށް އަމާޒުކޮށް ވެސް ވަނީ ހަމަލާ ދީފަ އެވެ. މި ހަމަލާތައް ދީފައި ވަނީ ޑްރޫޒް މައިނޯރިޓީ ރައްކާތެރި ކުރުމަށް ކަމަށް އިސްރާއީލް އިން ބުނެފައިވެ އެވެ. 

ބަރަކް އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޑްރޫޒް، ބަދަވިން އަދި ސުންނީން ހަތިޔާރު ބަހައްޓައި، އެހެން މައިނޯރިޓީންއާ ގުޅިގެން ސީރިއާގައި އެއްބައިވަންތަ އައިޑެންޓިޓީ އެއް އުފެއްދުމަށް އިލްތިމާސް ކުރާ ކަމަށެެވެ. 

އެ ޕޯސްޓެއްގައި ބަރަކް ވިދާޅުވެފައި ވަނީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި، ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެއީ އެމެރިކާގެ އެހީތެރިކަމާ އެކު ހުށަހެޅި ހުށަހެޅުމެއް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން އެ ޕޯސްޓުގައި ބަރަކް ވިދާޅުވީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ ތުރުކީ އާއި ޖޯޑަންގެ އިތުރުން އަވަށްޓެރި އެހެން ޤައުމު ތަކުގެ ތާއީދު އޮތް ހުށަހެޅުން ޤަބޫލު ކުރައްވާފައި ކަމަށް ވެސް ބަރަކް ވިދާޅުވި އެވެ. 

ސީރިއާގެ ސުވައިދާ ޕްރޮވިންސްގައި ބަދަވީންގެ ޤަބީލާތަކާއި، ޑްރޫޒް ފެކްޝަނާ މެދު ހިނގި ހަމަ ނުޖެހުންތަކާ ގުޅިގެން ސަރަހައްދުގައި ހަފުތާއެއްގެ މުއްދަތަކަށް ވަނީ ހަމަލާތައް ބަދަލު ކުރުމާއި، އަނިޔާވެރިކަން އިތުރުވެފަ އެވެ. 

ހުކުރު ދުވަހު ސީރިއާގެ އޮފިޝަލަކު ބުނެފައި ވަނީ، ސީރިއާގެ ބާރުތަަކަށް ސުވައިދާ ސަރަހައްދަށް ވަނުމުގެ ހުއްދަ ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އަދި އެ ހުއްދަ ދީފައި ވަނީ 48 ގަޑިއިރުގެ މުއްދަތަކަށް ކަމަށް ވެސް ބުނެފައިވެ އެވެ. 

ހުކުރު ދުވަހުގެ ރޭ ސީރިއާގެ ސީރިއާގެ ސަރުކާރުން ވަނީ ދެކުނުގައި ހިނގަމުންދާ ކަންކަން ހުއްޓުުވުމަށް ބާރުތައް ފޮނުވާނެ ކަމަށް ބުނެފަ އެވެ. އަދި ސިޔާސީ ސަލާމަތައި ފިޔަވަޅުތަކާ އެކު، އަލުން އަނިޔާވެރިކަން އިއާދަވުން ހުއްޓުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ. 

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ

25 ޖެނުއަރީ 2017
ސޯމާލިޔާގެ ހޮޓަލެއްގައި ބަޑިއާއި ބޮމުން ދިން ހަމަލާއެއްގައި 28 މީހުން މަރުވެއްޖެ
25 ޖެނުއަރީ 2017

މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ

25 ޖެނުއަރީ 2017
މުސްލިމް ހަތް ގައުމަކަށް ވިސާ ދިނުން ހުއްޓާލަން ޓްރަމްޕް ނިންމަވަނީ
25 ޖެނުއަރީ 2017

ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު

25 ޖެނުއަރީ 2017
ސީރިޔާ ހަނގުރާމައިގެ ސުލްހައިގެ މަޝްވަރާތައް: ފުރަތަމަ ދުވަސް ކޮޅެއްގައި ނުޖެހުނު
23 ޖެނުއަރީ 2017

ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ

23 ޖެނުއަރީ 2017
ސީރިއާގެ ހަނގުރާމައަށް ސުލްހަ ގެނައުމަށް މަޝްވަރާތައް ބާއްވަނީ
17 ޖެނުއަރީ 2017

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ

17 ޖެނުއަރީ 2017
ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި މިހާތަނަށް މަދުވެގެން 10،000 މީހުން: އދ
16 ޖެނުއަރީ 2017

ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި

16 ޖެނުއަރީ 2017
ސީރިއާ ސަރުކާރާ ގުޅިފައިވާ ފައުޖަކުން ދިން ހަމަލާތަކެއްގައި އާއްމުންގެ ހަތް މީހުން މަރާލައިފި
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
11 ޖެނުއަރީ 2017

ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ

11 ޖެނުއަރީ 2017
ސީރިއާއަށް ސުލްހަ ގެނައުމުގެ ވާހަކަތައް މިމަހު 23 ގައި ފަށަން އެއްބަސް ވެވިއްޖެ
11 ޖެނުއަރީ 2017

އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ

11 ޖެނުއަރީ 2017
އަފްޣާނިސްތާނުގައި އަންގާރަ ދުވަހު ހަނގުރާމަވެރިން ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެއްޖެ
07 ޖެނުއަރީ 2017

އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި

07 ޖެނުއަރީ 2017
އިޖިޕްޓް އެއާ ފްލައިޓުގެ ކްރޫއިންގެ ހަށިތައް އާއިލާތަކާ ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް