Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާ

ސީރިއާގެ ރައީސް ގޮވާލެއްވީ ޤައުމީ އެއްބައިވަންތަ ކަމަށް

އަލް ޝަރާ ވިދާޅުވެފައި ވަނީ ޤައުމީ އެއްބައިވަންތަ ކަމަކީ އޭނާގެ ސަރުކާރުން އެންމެ އިސްކަން ދެމުން އަންނަ، އަދި ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 19 ޖުލައި 2025 | ހޮނިހިރު 17:41
ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ މީގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ މީގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

މި ދަނޑިވަޅުގައި ޤައުމީ އެއްބައިވަންތަކަން އިސް ކުރެެއްވުމަށް ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ގޮވާލައްވައިފި އެވެ.

ޓެލެވިޝަން މެދުވެރިކޮށް އަލް ޝަރާ ދެއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ޤައުމުގެ އެއްބައިވަންތަކަން ދެމެހެއްޓުމަށާއި، ޤައުމުގެ ރައްޔިތުން އެކުވެރިކަމާ އެކު ދިރިއުޅުމަށް ގޮވާލައްވާ ކަމަށެވެ.

ސުވައިދާ ސަރަހައްދުގައި ހިނގަމުން އަންނަ މަޒްހަބީ ހަމަ ނުޖެހުންތަކާ ގުޅިގެން އަލް ޝަރާ ވަނީ، ސަރުކާރުން ވަގުތުން އަދި ފުރިހަމަ ހަނގުރާމަ ހުއްޓާލުމެއް އިއުލާާން ކުރާ ކަމަށް ވިދާޅުވެފަ އެވެ. އަދި ސީރިއާގެ ސަރުކާރުން އެ ސަރަހައްދަށް ސިފައިން ފޮނުވާފައިވާ ކަމަށް އަލް ޝަރާ ވިދާޅުވެފައިވެ އެވެ. 

މީގެ އިތުރުން އަލް ޝަރާ ވިދާޅުވެފައި ވަނީ ޤައުމީ އެއްބައިވަންތަ ކަމަކީ އޭނާގެ ސަރުކާރުން އެންމެ އިސްކަން ދެމުން އަންނަ، އަދި ސަރުކާރުގެ އެންމެ އިސް އަމާޒު ކަމަަށެވެ. އަދި އެއްވެސް ފަރާތެއްގެ މެދުގައި ތަފާތު ކުރުމެއް ނެތި މެދުވެރިއެއްގެ ދައުރު އަދާ ކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ވެސް އަލް ޝަރާ ވަނީ ވިދާޅުވެފަ އެވެ. 

އިތުރަށް ވާހަކަ ދައްކަވަމުން އަލް ޝަރާ ވިދާޅުވެފައި ވަނީ، މަދު ބައެއްގެ ފިތުނަވެރިކަން ފިޔަވައި، ސުވައިދާ ޑްރޫޒް އަދި އަރަބި މުޖުތަމައުގެ ރައްޔިތުންނަަކީ ވަރަށް މަތިވެރި އަދި މާތް ބައެއް ކަމަށެވެ. 

ސީރިއާގެ ރައީސް އަލް ޝަރާގެ މި ޚިތާބަކީ ސަރުކާރުން އެ ޤައުމުގެ އިސްތިޤުރާރާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަސައްކަތް ކުރާކަން ރައްޔިތުންނަށް ޔަޤީން ކޮށްދިނުމުގެ މެސެޖެއް ކަމަށް ސިޔާސީ މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ. އަދި ހަމަ އެހެންމެ ރައްޔިތުންގެ ހަމަޖެހުމާއި އެކުވެރިކަމުގެ މަގަށް ރައްޔިތުން އަހުލުވެރިވުމުގެ މުހިންމުކަން އަންގައިދޭ ޚިތާބެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

ސީރިއާގެ ސުވައިދާ ޕްރޮވިންސްގައި ބަދަވީންގެ ޤަބީލާތަކާއި، ޑްރޫޒް ފެކްޝަނާ މެދު ހިނގި ހަމަ ނުޖެހުންތަކާ ގުޅިގެން ސަރަހައްދުގައި ހަފުތާއެއްގެ މުއްދަތަކަށް ވަނީ ހަމަލާތައް ބަދަލު ކުރުމާއި، އަނިޔާވެރިކަން އިތުރުވެފަ އެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު