Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިންޑިޔާގެ އެތެރޭގެ އުދުހުންތައް

އިންޑިޔާގައި އެއްދުވަހާ 456,000 މީހުން ވައިގެ މަގުން ދަތުރުކޮށްފި

2 މެއި 2023 | އަންގާރަ 14:02

އެޕްރިލް 30 ވަނަ ދުވަހު އިންޑިޔާގެ އެކި ސްޓޭޓްތަކުން 2،978 ފްލައިޓް ފުރާފައިވާކަމަށް ރިކޯޑްތަކުން ދައްކާ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 2 މެއި 2023 | އަންގާރަ 14:02
އިންޑިޔާގެ އެއާޕޯޓެއް

އިންޑިޔާގެ އެއާޕޯޓެއް

އިންޑިޔާގެ އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ކަންތައް އިތުރު އުސްމިނަކަށް ގޮސް, އެއްދުވަހާ 456,000 މީހުން ދަތުރުކުރުމުގެ ރެކޯޑެއް ގާއިމްވެއްޖެއެވެ. މިކަން ހާސިލްވެފައިވަނީ އެޕްރިލް 30 ވަނަ ދުވަހުއެވެ. އެދުވަހު އިންޑިޔާގެ އެކި ސްޓޭޓްތަކުން 2،978 ފްލައިޓް ފުރާފައިވާކަމަށް ރިކޯޑްތަކުން ދައްކައެވެ.

މިކަން ފާހަގަކުރައްވައި ކުރެއްވި ޓްވީޓެއްގައި އޭވިއޭޝަން މިނިސްޓަރު ވިދާޅުވީ، މިކަމުން ދައްކައިދެނީ ކޮވިޑްގެ ބަލިމަޑުކަމަށްފަހު އިންޑިޔާގެ އިގްތިސާދު ފުޅާވެފައިވާ މިންވަރު ކަމަށެވެ.

ކޮވިޑް 19 ބަލިމަޑުކަމަށްފަހު އިގްތިސާދު އަލުން އާލާވާންފެށުމާއެކު އިންޑިޔާގެ އެތެރޭގައި ދަތުރުފަތުރު ކުރުމުގެ އޮއިވަރެއް ވަނީ ފެށިގެން ގޮސްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުގައި 2023ގެ ފުރަތަމަ ތިންމަސް ދުވަހުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގައި 37.5 މިލިއަން ފަސިންޖަރުން އުފުލާފައިވެއެވެ. މިއީ ކުރީ އަހަރުގެ ތަފާސް ހިސާބުތަކާ އަޅައިބަލާއިރު 51.7 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އެވިއޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެވިއޭޝަން އެނަލިސްޓެއް ފާހަގަކޮށްފައިވާގޮތުގައި ކޮވިޑްގެ ދެ އަހަރު އިގްތިސާދު އެއްވެސް ވަރަކަށް ކުރިއަރާފައި ނެތުމާއެކު މިހާރު މި ފެންނަނީ އެ މުއްދަތުގައި ހިފެހެއްޓިފައި ހުރި ޑިމާންޑުތައް ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ފްލައިޓަކުން ދަތުރުކުރި މީހުންގެ އަދަދުވެސް، ކޮވިޑް ޕެންޑަމިކަށްފަހު ވަރަށް ބޮޑަށް އިތުރުވެފައިވާކަން އޭނާ ފާހަގަކޮށްފައި ވެއެވެ.

އިންޑިޔާގެ ޑޮމެސްޓިކް ޓްރެވަލް ލޯޑްފެކްޓަރ ނުވަތަ އެއާލައިންތަކުގެ ގޮނޑިތައް ފުރޭވަރު 81.6 އިންސައްތަޔަށް އަރާފައިވާއިރު، މިއީ މިއަދު އެމެރިކާ، ޗައިނާ، ޖަޕާން، އޮސްޓްރޭލިޔާ، އަދި ބްރެޒިލްފަދަ ގައުމުތަކާ އަޅައިބަލާއިރު މުޅިދުނިޔޭގައިވެސް ނިސްބަތުން އެންމެ ބޮޑު ޑޮމެސްޓިކް މާކެޓް ކަމަށް ވެއެވެ.

އިތުރުވަމުންދާ ޑިމާންޑާ އެއްވަރަށް މަތިންދާބޯޓު ފްލީޓް އިތުރުކުރުމަށްވެސް އިންޑިޔާއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ކުރިއަށް އޮތް ދެތިން އަހަރުގެ ތެރޭގައި ލިބޭވަރަށް، 1،100 މަތިންދާބޯޓަށް ވަނީ އޯޑަރު ދީފައެވެ.

އަދި މުޅި ދުނިޔޭގެ އެވިއޭޝަން ތާރީޚުގައިވެސް ދިން އެންމެ ބޮޑު އޯޑަރު، މިއަހަރުގެ ފެބްރުއަރީ މަހު، ޓާޓާ ގްރޫޕުން ހިންގާ އެއަރ އިންޑިޔާއިން ދީފައިވެއެވެ. މިއީ އެއަރބަހާއި ބޮއިންގަށް ދިން 470 މަތިންދާބޯޓުގެ އޯޑަރެކެވެ. އަދި އިތުރުވާ ބޯޓުތަކުގެ ނިސްބަތުން ޕައިލެޓުންނާއި އިންޖިނޭރުންފަދަ މީހުން ތަމްރީންކޮށް، އަދި އެއާޕޯޓުތައް އެޅުންފަދަ، އުމްރާނީ ގޮތުން ގެންނަންޖެހޭ ބަދަލުތައްވެސް ގެންނަން ރާވާފައިވާކަމަށް ކަމާބެހޭ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ. 

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

27 ޖޫން 2017

އިސްރޭއިލުން ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި

27 ޖޫން 2017
އިސްރޭއިލުން ގައްޒާއަށް ވައިގެ ހަމަލާތަކެއް ދީފި
25 ޖޫން 2017

ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ

25 ޖޫން 2017
ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ
16 ޖޫން 2017

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް
13 ޖޫން 2017

ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި

13 ޖޫން 2017
ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
16 އެޕްރީލު 2017

އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

16 އެޕްރީލު 2017
އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
27 މާރިޗު 2017

އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި

27 މާރިޗު 2017
އައިއެސްގެ ކޮންޓްރޯލް އޮންނަ ވައިގެ ބޭސްްއެއް އެމެރިކާ އިން މަދަދުދޭ ސީރިޔާ ހަނގުރާމަވެރިން ހިފައިފި
18 މާރިޗު 2017

ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި

18 މާރިޗު 2017
ސިރިއާގެ މިސްކިތަކަށް ވައިގެ މަގުން ހަމަލާދީ 42 މީހުން މަރަލައިފި
10 ފެބުރުއަރީ 2017

ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ

10 ފެބުރުއަރީ 2017
ރަޝިއާގެ ވައިގެ ހަމަލާއެއްގައި ތުރުކީގެ ސިފައިންގެ ތިން މީހުން މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް