Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ސޯޝަލް ސަރވިސް ދާއިރާ

ޖެންޑަރ މިނިސްޓްރީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުން ހިފެހެއްޓުން- މިނިސްޓަރ

ޕްރޮފެޝަނަލް ކާޑާ އަށް ފެއްތުނީ 100އެއްހާ މުވައްޒަފުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 2 މެއި 2023 | އަންގާރަ 13:34
ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ

ޖެންޑަރ މިނިސްޓަރ އާއިޝަތު މުހައްމަދު ދީދީ

ޖެންޑަރ މިނިސްޓްރީ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މުވައްޒަފުން ހިފެހެއްޓުން ކަމަށާއި ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް އައި ބަދަލުތަކާއި އެކު އެކަން ހައްލު ވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ޖެންޑާ މިނިސްޓަރ ޢާއިޝަތު މުޙަންމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިި ވާހަކަދައްކަވަމުން އެކަމަނާ ވިދާޅުވީ މި ވެރިކަމުގައި ސޯޝަލް ސަރވިސް ސެކްޓަރ އާއި މެންޓަލް ހެލްތް ސެކްޓަރ ރަނގަޅު ކުރަން ކުރިން ނުކުރާ ގިނަ ކަންތައްތަކެއް ކުރުމަށް ފުރުސަތު ލިބިގެންދާ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ވިސްނުންފުޅަކީ ސޯޝަލް ސަރވިސް ސެކްޓަރ އާއި މެންޓަރލް ހެލްތް ސެކްޓަރ ރަނގަޅުކުރުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން މުވައްޒަފުން ބިނާކުރުމަށް ޚާއްސަ އިސްކަމެއް މިހާރު ދެވޭ ކަަމަށާ އަދި ވަސީލަތްތައް އިތުރު ކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ 800 އެއްހާ މުވައްޒަފުން ތިބި އިރު ޕްރޮފެޝަނަލް ކާޑާ އަށް ފެއްތުނީ 100އެއްހާ މުވައްޒަފުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ސޯޝަލް ސަރވިސް ސެކްޓަރ އާއި މެންޓަލް ހެލްތް ސެކްޓަރގެ ދާއިރާއިން ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރާ ފަރާތްތަކަށް ބޮޑު މުސާރަ ލިބޭތީ ވަކި ވަރަކަށް މަސައްކަތް ކުރެވުމުން މުވައްޒަފުން އެ ދާއިރާ އަށް ބަދަލުވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ތަންތަނުގައި މަސައްކަތް ކުރުމަށް ފަހު ކުރިއަށް ދާނެ މަގެއް ނެތުމުން އެ މުވައްޒަފުން ވަޒީފާއިން ވަކިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ ދާއިރާ އަކީ ތައުލީމާއި ތަޖުރިބާ ހުރި ބަޔަކު މަސައްކަތްކުރުން މުހިންމު ދާއިރާއެއް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި ރާއްޖޭގައި އެ ދާއިރާގެ ޚިދުމަތް ދޭން ޖެހެނީ ވަރަށް ތަފާތުކޮށް ކަމަށް އެކަމަނާ ވިދާޅުވިއެވެ.

މެއި 1 ވަނަ ދުވަހުން ފެށިގެން ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މުސާރައަށް ވެސް ހެޔޮ ބަދަލުތަކެއް ވަނީ ގެންނަވާފައެވެ. ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރާ މީހުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަން ވަނީ ނިންމަވާފައެވެ.

އިތުރަށް ކިޔާލަން

15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި

15 ޖެނުއަރީ 2017
ފިނޭންސް މިނިސްޓްރީގެ 20 މުވައްޒަފަކަށް ނޯޓިސް ދީފި
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު