Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަނު ލީގު

ރެފްރީ އަށް މަރުގެ އިންޒާރު، މައްސަލަ ފުލުހަށް

ފުލުހުންނަށް އެ މައްސަލަ ހުށަހަޅައި ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް ވަނީ އެދިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 މެއި 2023 | ބުދަ 02:04
ޖަރުމަނު ލީގުގެ ރެފްރީ ސަސްޗާ ސްޓެގްމަން

ޖަރުމަނު ލީގުގެ ރެފްރީ ސަސްޗާ ސްޓެގްމަން

ޖަރުމަނު ލީގުގެ ރެފްރީއެއް ކަމަށްވާ ސަސްޗާ ސްޓެގްމަން އާއި އޭނާގެ އާއިލާ އަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ސްޓެގްމަން އަށް މަރުގެ އިންޒާރު ދިނީ ޖަރުމަނު ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑުން ބޮކުމްއާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ގޯސް ނިމުންތަކެއް ނިންމާފައިވާ ކަމަށް ބުނެ އެވެ. އެ މެޗުގެ ފަސްޓް ރެފްރީ އަކަށް ހުރި ސްޓެގްމަންއާ ދެކޮޅަށް ޑޯޓްމަންޑުން ވަނީ ޖަރުމަނު އެފްއޭ އަށް ޝަކުވާ ވެސް ހުށަހަޅައިފަ އެވެ. އެ ޝަކުވާގައި ޑޯޓްމަންޑުން ބުނީ، މެޗުގައި އެ ޓީމަށް ލިބެން ޖެހޭ ދެ ޕެނަލްޓީއެއް ރެފްރީ ނުދިން ކަމަށެވެ. އެ ޓީމުން ވަނީ އެކަމުގެ ހެކިތަކާއެކު ޖަރުމަނުގެ އެފްއޭ އަށް ޝަކުވާ ހުށަހަޅައިފަ އެވެ. އެއާއެކު ޖަރުމަނު އެފްއޭ އިން މައްސަލަ ބެލުމަށް ފަހު ނިންމީ، އެ މެޗުގައި ރެފްރީ އަށް ގޯސްތަކެއް ހެދިފައިވާ ކަމަށް އެ ޤައުމުގެ މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އެކަމާ ގުޅިގެން ސްޓެގްމަން ވަނީ އޭނާ އާއި އޭނާގެ އާއިލާ އަށް މަރުގެ އިންޒާރު ދީފައިވާކަން ހާމަކޮށްފަ އެވެ. ސްޓެގްމަން ބުނީ، އޭނާ އަށް ޖަޒުބާތުތައް ވަރަށް ރަނގަޅަށް ވިސްނޭ ކަމަށެވެ. އަދި އެ މައްސަލައިގައި އޭނާ އާއި އާއިލާއަށް މަރުގެ އިންޒާރު ދީފައިވާ ކަމަށާއި، ފުލުހުންނަށް އެ މައްސަލަ ހުށަހަޅައި ޖިނާއީ މައްސަލައެއްގެ ގޮތުގައި ބަލައި ދިނުމަށް އެދިފައިވާނެ ކަމަށެވެ. އެ މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށާއި، ސްޓެގްމަނަށް ރައްކާތެރިކަން ދިނުމަށް ފުލުހުން ނިންމާފައިވާ ކަމަށް ޖަރުމަނުގެ ނޫސްތަކުގައި ވަނީ ބުނެފަ އެވެ.

ބޮކުމްއާ އެއްވަރުވެ ޑޯޓްމަންޑަށް ވަނީ އެއް ވަނައިގައި ލީޑު ނަގަށް ލިބުނު ފުރުސަތު ގެއްލިފަ އެވެ. އޭގެ ފަހުން ބަޔާން މިއުނިކް ކުޅުނު މެޗު ކާމިޔާބުކޮށް އެ ޓީމު ވަނީ އަލުން އެއް ވަނަ އަށް ޖެހިލައިފަ އެވެ. ބަޔާން މިވަގުތު އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ.

އިތުރަށް ކިޔާލަން

29 އެޕްރީލު 2017

ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ

29 އެޕްރީލު 2017
ނިއު މޮޅުވުން ހައްގެއް ނޫން، ރެފްރީންގެ ފެންވަރުދަށް: ސޮބާ
29 އެޕްރީލު 2017

ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް

29 އެޕްރީލު 2017
ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް
21 އެޕްރީލު 2017

ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި

21 އެޕްރީލު 2017
ހޭންޑްބޯލް ޖޫނިއާ ރެފްރީ ކޯސް ބެޗް 1 ފުރިހަމަ ކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮއްފި
13 އެޕްރީލު 2017

ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް

13 އެޕްރީލު 2017
ބަލި ގަބޫލު ކުރަން، ނަމަވެސް ރެފްރީގެ ނިންމުންތަކާމެދު ހިތްހަމައެއް ނުޖެހޭ: ޓަވަރޭޒް
13 އެޕްރީލު 2017

ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ

13 އެޕްރީލު 2017
ހަތަރު ރެފްރީން ހަތަރު ކުލައިގެ ޔުނީފޯމުގަ ނުކުމެގެން މިކަމެއް ރަނގަޅެއް ނުކުރެވޭނެ: ނިޒާމްބެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު