Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވާޑީއަށް މަރުގެ އިންޒާރު

ރަނިއޭރީ ބޭރުކުރުމާއެކު މަރުގެ އިންޒާރުތަކެއް ވާޑީ އަށް ދިންކަމަށް އޭނާ ބުނެފި

ލެސްޓާގެ ކޯޗުކަމުން ރަނިއޭރީ ވަކިކުރަން މަސައއްކަތެއް ނުކުރަން: ވާޑީ

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 21 މާރިޗު 2017 | އަންގާރަ 19:06
ލެސްޓާ ސިޓީގެ ކުރީގެ ކޯޗު ރަނިއޭރީ އާއި އެޓީމުގެ ސްޓްރައިކަރު ވާޑީ

ލެސްޓާ ސިޓީގެ ކުރީގެ ކޯޗު ރަނިއޭރީ އާއި އެޓީމުގެ ސްޓްރައިކަރު ވާޑީ

ލެސްޓާ ސިޓީ އަށް މިދިޔަ ސީޒަނުގައި ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކްލައުޑިއޯ ރަނިއޭރީ ބޭރުކުރުމާއެކު ސަޕޯޓަރުންގެ ފަރާތުން މަރުގެ އިންޒާރުތަކެއް އަމާޒުވި ކަމަށް އެ ކްލަބުގެ އިނގިރޭސި ފޯވާޑް ޖެމީ ވާޑީ ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ވާޑީ ބުނީ ފުޓުބޯޅަ އަށް ލޯބިކުރާ މީހުން އޭނާ ދެކެ އެހާ ބޮޑަށް ހިތްހަމަޖެހޭ ކަމަށް ނުދެކޭ ކަމަށާއި، ދަނޑުމަތިންވެސް އަދި މަގުމަތިންވެސް ބައެއްފަހަރު ސަޕޯޓަރުންގެ އުނދަގޫތައް އޭނާ އަށް ކުރިމަތިވާ ކަމަށެވެ.

އެގޮތުން އޭނާ ބުނީ އާއިލާ އާއި ދަރިންނާ ބެހޭގޮތުންވެސް އެކި ފަރާތްތަކުން ތަފާތު ވާހަކަތައް ސޯޝަލް މީޑިއާގައި ދައްކާފައިވާ ކަމަށާއި، އެ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ.

މީގެއިތުރުން އޭނާ ބުނީ ރަނިއޭރީ މަގާމުން ދުރުކުރުމުގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށާއި، ފަތުރަމުންގެންދާ ވާހަކަތަކުގައި ހަގީގަތެއް ނެތްކަމަށެވެ.

ވާޑީ ބުނީ ރަނިއޭރީ ކޯޗުކަމުން ދުރުކުރަން ނިންމީ މެނޭޖްމަންޓުން ކަމަށާއި، އެކަމުގައި އެއްވެސް ކުޅުންތެރިޔެއްގެ ރޯލެއް ނޯންނާނެ ކަމަށެވެ. އޭނާ ބުނީ ރަނިއޭރީ ބޭރުކުރުމުން އެކަމާ ހިތާމަކުރި ކަމަށާއި، އެހެންނަމަވެސް ފަސް އެނބުރި ބެލުމެއް ނެތި މަސައްކަތްކުރީ ކްލަބަށް ފައިދާ ހޯދައިދޭން ކަމަށެވެ.

ރަނިއޭރީގެ އިރުޝާދުގެ ދަށުން ލެސްޓާ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މިދިޔަ ސީޒަނުގައި 10 ޕޮއިންޓްގެ ލީޑަކާއެކު ހޯދިއިރު، ދުނިޔޭގެ އެންމެ މޮޅު ކޯޗުގެ މަގާމުވެސް މިދިޔަ އަހަރު ލިބިފައިވަނީ އޭނާ އަށެވެ. އޭނާ އަކީ ޕްރިމިއާ ލީގުގައި މިދިޔަ ސީޒަނުގައި އެންމެ މޮޅު ކޯޗެވެ.

މީގެއިތުރުން ކުރީ ސީޒަނުގައި ރެލިގޭޝަން ޒޯނުގައި އޮތް ލެސްޓާ އަށް ރަނިއޭރީ ލީގު ކާމިޔާބުކޮށްދިނީ ނަން މަޝްހޫރު ކުޅުންތެރިންތަކެއް ނެތި އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވަޓްފޯޑުގެ ކޯޗަކަށް ރަނިއޭރީ

ވަޓްފޯޑުގެ ކޯޗަކަށް ރަނިއޭރީ

05 އޮކްޓޯބަރު 2021
މައުރޫފް އަޙްމަދު: ޔޫރޯގެ މަރުގެ ގްރޫޕުގެ އެނަލިސްޓް

މައުރޫފް އަޙްމަދު: ޔޫރޯގެ މަރުގެ ގްރޫޕުގެ އެނަލިސްޓް

03 ޖޫން 2021
ދަ ގްރާންޑޭ މެޗަކީ އީގަލްސްއަށް މަރުގެ މެޗެއް: މޯހަން

ދަ ގްރާންޑޭ މެޗަކީ އީގަލްސްއަށް މަރުގެ މެޗެއް: މޯހަން

24 ޑިސެމްބަރު 2020
ވާޑީގެ ލަނޑުން ލެސްޓާއިން އާސެނަލް ބަލިކޮށްފި

ވާޑީގެ ލަނޑުން ލެސްޓާއިން އާސެނަލް ބަލިކޮށްފި

26 އޮކްޓޯބަރު 2020
ވާޑީގެ ހެޓްރިކާއެކު ސިޓީ އަތުން ލެސްޓާއަށް ފަސޭހަ މޮޅެއް

ވާޑީގެ ހެޓްރިކާއެކު ސިޓީ އަތުން ލެސްޓާއަށް ފަސޭހަ މޮޅެއް

27 ސެޕްޓެމްބަރު 2020

އަހަރުތަކުން މިއަދު

23 މެއި
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025ގެ ވަނަތައް ވިއްކާފައިވާ ކަމަށް ތުހުމަތުކޮށްފި

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި
20242 އަހަރު ކުރިން
ދުނިޔެ

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރ ވެއްޓުނު ހާދިސާގެ ތަހުގީގު ރިޕޯޓު ނެރެފި

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ
20224 އަހަރު ކުރިން
ރާއްޖެ

މޫދު އަޑިން ހޯދި ކަށިތަކުން ނަގާފައިވާ ޑީއެންއޭއާ ލުތުފަރުގެ ދަރިންގެ ޑީއެންއޭއާ ދިމާވޭ

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ
20215 އަހަރު ކުރިން
ރިޕޯޓު

އޮބާމާއާއި އިންޓަވިއުކުރި "އެންމެ ހަގު ރިޕޯޓަރ" ދެން ނުފެންނާނެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޖިންސީ ވިޔަފާރި ކުރާ ނެޓް ވޯކެއްގެ އަތްދަށުން 50 ކުދިން ސަލާމަތް ވެއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

އެމެޓީ ސޭޓް ނިޔާވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު