Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހިންގެ ދީލަތިކަން

ދިވެހިންގެ "ލޯތްބާއެކު" ދުނިޔޭގެ އެތައް ބައެއްގެ މޫނުމައްޗަށް ހިނިތުންވުން!

ދިވެހިން "ލޯތްބާއެކު" ފޯރުކޮށްދިން އެހީގެ ސަބަބުން ދުނިޔޭގެ 11 ޤައުމެއްގައި ދިރިއުޅެމުން އަންނަ 180،000 އަށްވުރެ ގިނަ ފަރާތްތަކަށް ވަނީ ހިނިތުންވުން ގެނެސްދީފަ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 03:04
ލޯތްބާއެކު ކެމްޕޭނުގެ އެހީ

ލޯތްބާއެކު ކެމްޕޭނުގެ އެހީ

ދިވެހިންނަކީ ދީލަތި ބައެކޭ ބުނުން ދޮގަކަށްނުވާނެއެވެ. މީހަކު ހާލުގައި އުޅޭކަން އެނގިއްޖެނަމަ ކޮންމެވެސް ގޮތަކުން އެމީހަކަށް އެހީވާ އެތައް ބަޔަކު އެބަތިއްބެއެވެ. އެއީ ކިތަންމެ ކުޑަ އެހީއަކަށްވި ކަމުގައި ވީނަމަވެސް އެވެ. މި ރީތި މިސާލު އަޅުގަނޑުމެންނަށް ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ ހިތާމަވެރި ބައެއް ހާދިސާތަކުގައި ވެސް ވަނީ ފެނިގެންގޮސްފައެވެ. މިފަދަ ކަންކަމުގައި އަމިއްލަ ޤައުމުގެ ރައްޔިތުންގެ އިތުރުން ކޮންމެ އިންސާނަކަށް ވެސް އެހީ ފޯރުކޮށްދޭން ދިވެހިން ތިބެނީ ތައްޔާރަށްކަން އެތައް ފަހަރަކު މިވަނީ ސާބިތުކޮށްދީފައެވެ.

ރޯދަ މަހަކީ ކޮންމެ މުސްލިމަކާ ވެސް ބައްދަލު ކުރާ އެންމެ މާތް މައްސަރައްވާއިރު މިއަހަރުގެ ރޯދަ މަސް ނިމިގެން ދިޔައިރުވެސް ދިވެހިންގެ ފަރާތުން މިފަދަ ރިވެތި ނަމޫނާގެ އެތައް މިސާލުތަކެއް ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން، މިއަހަރުގެ ރޯދަ މަހު ދިވެހިން "ލޯތްބާއެކު" ފޯރުކޮށްދިން އެހީގެ ސަބަބުން ދުނިޔޭގެ 11 ޤައުމެއްގައި ދިރިއުޅެމުން އަންނަ 180،000 އަށްވުރެ ގިނަ ފަރާތްތަކަށް ވަނީ ހިނިތުންވުން ގެނެސްދީފައެވެ. "ލޯތްބާއެކު" މިއީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން މޯލްޑިވްސް (އައިއޭސީ) އިން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކުރިއަށްގެންދާ ކެމްޕޭނެކެވެ.

އައިއޭސީން ހާމަކޮށްފައިވާގޮތުގައި އެ ޖަމިއްޔާއިން މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށްގެން ފެށި ކެމްޕޭނަށް ވަނީ 5،401،792.01 (ފަސް މިލިއަން ހަތަރު ލައްކަ އެއްހާސް ހަތްސަތޭކަ ނުވަދިހަ ދެ ރުފިޔާ އެއް ލާރި) ލިބިފައެވެ. މީގެ ތެރެއިން ރޯދަ މަސް ނިމުނުއިރު އެކި ކަންކަމަށް އެ ޖަމިއްޔާއިން ވަނީ 5.33 މިލިއަން ރުފިޔާ ހޭދަ ކޮށްފައެވެ.

އެ ޖަމިއްޔާއިން ދިވެހިންގެ މި ދީލަތި އެހީ ފޯރުކޮށްދީފައިވަނީ ހާލުގައި އުޅޭ ފަރާތްތަކަށެވެ. އެގޮތުން، ފަލަސްތީނާއި އަފްޣާނިސްތާނާއި ޔަމަނާއި ބަންގްލަދޭޝާއި ސްރީލަންކާ އާއި އިރާގާއި މެލޭޝިއާ އާއި މިޔަންމާ އާއި ކެންޔާ އާއި ނޭޕާލް އަދި ސީރިއާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް މި އެހީ ވަނީ ފޯރުކޮށްދީފައެވެ.

ލޯތްބާއެކު ކެމްޕޭނަށް ލިބުނު ފައިސާއިން އައިއޭސީން ވަނީ ކާބޯތަކެތީގެ ޕެކޭޖުތަކާއި އިފްތާރު މީލްސް އާއި އީދު ހަދިޔާ އަދި ގެދޮރު އިމާރާތް ކުރުމަށް ވެސް ޚަރަދު ކޮށްފައެވެ. އެގޮތުން ފަލަސްތީނުގެ ފަސް ގެއެއް މަރާމާތު ކުރުމަށް މިއަހަރު ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

މީގެ އިތުރުން ފަލަސްތީނާއި މިޔަންމާ އާއި ނޭޕާލާއި ސީރިއާގެ 3،450 ފަރާތަކަށް ވަނީ އީދު ހަދިޔާ ދީފައެވެ. މި އެހީއާއެކު ސޯޝަލް މީޑިއާގައި އައިއޭސީން ހިއްސާކޮށްފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން ފެނިގެންދަނީ ކުޑަކުދިންގެ އުފާވެރި މޫނުތަކެވެ. ދިވެހިން ދިން ހަދިޔާއަށް ޝުކުރު އަދާ ކުރާ މަންޒަރުތަކެވެ.

ދިވެހިން ފޯރުކޮށްދޭ އެހީތެރިކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ވެސް ގިނަ ޚިދުމަތްތަކެއް އެތައް ޤައުމުތަކެއްގައި މިހާރުވެސް އައިއޭސީން ދެއެވެ. މީގެ ތެރޭގައި މިސްކިތް ބިނާ ކުރުމާއި ސްކޫލް ކުދިން ސްޕޮންސަރ ކުރުމާއި ކާރިސާތަކުގައި ހާލުގައި ޖެހޭ ފަރާތްތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ.

އައިއޭސީން މި ފިތުރު ޢީދުގައި ހިއްސާކުރި ފޮޓޯތަކުން ފެންނަނީ ދިވެހިން ސްޕޮންސަރ ކޮށްގެން ސީރިއާގައި ތައުލީމު ހާސިލް ކުރަމުންދާ ކުދިންތަކެކެވެ. އެ ކުދިންނަށް ތައުލީމު ފޯރުކޮށްދޭ "އަލޫކާ" ސްކޫލަކީ ވެސް ދިވެހިންގެ އެހީތެރިކަމާއެކު އައިއޭސީން ހިންގާ ސްކޫލެކެވެ. އެ ސްކޫލުގައި 374 ކުދިން ކިޔަވާއިރު ސްކޫލުގައި ކުދިންގެ ކިޔެވުމުގެ ހުރިހާ ކަމެއް ވަނީ ހަމަޖެހިފައެވެ.

ދިވެހިން ލޯތްބާއެކު ދެމުން އަންނަ މިފަދަ ދީލަތި އެހީއަކީ ހަމައެކަނި "ލޯތްބާއެކު" ކެމްޕޭނުގެ ސަބަބުން ފޯރުކޮށްދޭ އެހީތެރިކަމެއް ނޫނެވެ. މުޅި އަހަރު ތެރޭގައި ވެސް ދިވެހިންގެ މި އެހީތެރިކަން ދުނިޔޭގެ އެކި ޤައުމުތަކުގެ ރައްޔިތުންނާހަމައަށް ފޯރުކޮށްދެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017

އަހަރުތަކުން މިއަދު

18 ޖޫން
އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލަށް އީރާނުގެ ވަރުގަދަ ހަމަލާއެއް- އެތައް ބަޔަކު މަރުވެ އިމާރާތްތަކަށް ބޮޑެތި ގެއްލުން ތަކެއް

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ސުމުއްވުލްއަމީރް އަބްދުލްހަންނާން ހަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވެއްޖެ

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ސުމަކުން ފަށައިގެން ތުޅާދޫގައި 3 ކޮޓަރީގެ 100 ހައުސިންގ ޔުނިޓް ނިމުމަކަށް!

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟
20224 އަހަރު ކުރިން
ރިޕޯޓު

ކުޑަކުދިންނަށް ޖަހާ ކޮވިޑް ވެކްސިނާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް؟

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ
20215 އަހަރު ކުރިން
ރާއްޖެ

އަސްރާގެ ނަމުގައި ޕީޖީ އޮފީހަށް ސިޓީ ދިޔައީ އީސަގެ ވަކީލުންގެ ފަރާތުން: ޕީޖީ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ
20197 އަހަރު ކުރިން
ރާއްޖެ

އެމްއެޗް 370: އޮކްސިޖަން ނުދީ ފަސިންޖަރުން މަރާލުމަށް ފަހު ޕައިލެޓުު ފްލައިޓް ވައްޓާލީ

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ބަޖެޓެއް ނުލިބޭ، އިންތިހާބެއް ނޯންނާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު