Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޑަވެލީގެ ނަރުދަމާ ނިޒާމު

މަޑަވެލީގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ހުއްޓިފައިވަނީ މަގު ކޮންނަނިކޮށް ނަރުތަކެއް ބުރިވެގެން

29 އެޕްރީލު 2023 | ހޮނިހިރު 09:58

ނަރެއް ބުރިވުމުން މަޝްރޫއު އެއްކޮށް ހުއްޓުވާލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 29 އެޕްރީލު 2023 | ހޮނިހިރު 09:58
ގދ. މަޑަވެލި

ގދ. މަޑަވެލި

ގދ. މަޑަވެލީގައި ކުރިއަށްގެންދާ ނަރުދަމާގެ ނިޒާމުގެ މަސައްކަތް ހުއްޓިފައިވަނީ މަގު ކޮންނަނިކޮށް ނަރުތަކެއް ބުރިވެގެންކަމަށް, މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އޭޕްރީލް މަހުގެ 26 ވީ ބުދަ ދުވަހު ކުރިއަށްދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، މަޑަވެލީ ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ވިދާޅުވެފައިވަނީ މަޑަވެލީގެ ބިން ހިއްކުމުގެ މަޝްރޫއު ބަޖެޓްކޮށް ޑިޒައިން ކުރިތާ ދެ އަހަރު ވެފައިވާކަމަށާއި، ނަރުދަމާގެ މައްސަލައަށްވެސް ގާތްގަނޑަކަށް 7 އަހަރު ވެފައިވާކަމަށެވެ. އެހެންކަމުން މި ދެ މަޝްރޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، މަސައްކަތް ފެށޭނީ ކިހައި ހިސާބެއްތޯ މެމްބަރު ފިރުޝާން ވަނީ ސުވާލު ދަންނަވާފައެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މަޑަވެލީގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށްޓަކައި ސޮއިކުރުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި މިމަޝްރޫއުގެ އަގު ހޯދައި، ހުއްދަތައް ހޯދައި، ބިން ހިއްކާނެގޮތުގެ ޕްލޭން ނިމިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މަޑަވެލީ ނަރުދަމާގެ މަޝްރޫއަށް އިޝާރަތްކުރައްވައި މިނިސްޓަރު އަސްލަމް ވިދާޅުވީ، މަގު ކޮންނަނިކޮށް ނަރުތަކެއް ބުރިވެފައިވާކަަމަށެވެ. އެމައްސަލަ ދިމާވުމާގުޅިގެން މުޅި މަޝްރޫއު ހުއްޓުވާފައިވާކަމަށާއި، މިއީ ކަންބޮޑުވާ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މަޑަވެލީގެ އިތުރުން އެހެން ރަށްރަށުގައިވެސް މި މައްސަލަ ދިމާވާކަމަށެވެ. ނަމަވެސް ނަރެއް ބުރިވުމުން މަޝްރޫއު އެއްކޮށް ހުއްޓުވާލުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ މިމައްސަލާގައިވެސް ދެފަރާތުން އެއްބަސްވުމަކަށް އަންނަންޖެހޭ ކަމަށެވެ. އަދި އެއްބަސްވުމަށް ނާދެވޭނަމަ މަސައްކަތް ކުރިއަށްގެންދިއުމަށް އުދަނގޫވާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
20 ޖެނުއަރީ 2017

ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން

20 ޖެނުއަރީ 2017
ގަން އެއާޕޯޓުން ބިދޭސީ މަސައްކަތްތެރިންނަށް ފުރޭނެ ގޮތް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: އިމިގްރޭޝަން
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
11 ޖެނުއަރީ 2017

ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި

11 ޖެނުއަރީ 2017
ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަން ތިނަދޫ ކައުންސިލުން އެދެފި
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް