Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓޮޓެންހަމް

ޓޮޓެންހަމްގެ ޗެއަރމަން، ލެވީއާ ދެކޮޅަށް ކުލަބުގެ ސަޕޯޓަރުން

ސަޕޯޓަރުން ވަނީ ޓޮޓެންހަމްދެކެ ލޯބިވާކަމަށާއި، ލެވީ ކުލަބު ދޫކޮށްލުމަށްވެސް ގޮވާލައިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އެޕްރީލު 2023 | ހޮނިހިރު 02:55
ޓޮޓެންހަމްގެ ސަޕޯޓަރުން ލެވީއާ ދެކޮޅަށް އިހުތިޖާޖު ކުރަނީ

ޓޮޓެންހަމްގެ ސަޕޯޓަރުން ލެވީއާ ދެކޮޅަށް އިހުތިޖާޖު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގެ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީއާ ދެކޮޅަށް ކުލަބުގެ ސަޕޯޓަރުން އިހުތިޖާޖުކޮށްފިއެވެ.

ޓޮޓެންހަމްގެ ސަޕޯޓަރުން ލެވީއާ ދެކޮޅަށް އިހުތިޖާޖުކޮށްފައިވަނީ ޕްރިމިއާ ލީގުގައި ޓޮޓެންހަމްއިން އެ ޓީމުގެ އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ދަނޑު ބޭރުގައާއި އަދި މެޗު ކުޅެމުން ދިޔަ ވަގުތުގައު ދަނޑުތެރޭގައެވެ. ސަޕޯޓަރުން ވަނީ "ލެވީ އައުޓް" ޖަހާފައިވާ ބެނާތަކާއި، އިތުރު މެސެޖުތައް ލިޔެފައިވާ ބެނާތަން ހިފައިގެން ތިބެފައެވެ. މީގެ އިތުރުން ސަޕޯޓަރުން ވަނީ ޓޮޓެންހަމްދެކެ ލޯބިވާ ކަމަށާއި، ލެވީ ކުލަބު ދޫކޮށްލުމަށްވެސް ގޮވާލައިފައެވެ.

ޓޮޓެންހަމްގެ ސަޕޯޓަރުން ކުލަބުގެ ޗެއަރމަނާ ދެކޮޅަށް އިހުތިޖާޖުކޮށްފައިވަނީ ކުލަބުގެ ނަތީޖާތައް ދަށްވެ، ސަޕޯޓަރުންގެ ކަންބޮޑުވުން އިންތިހާއަށް އޮތުމުންނެވެ. އޭގެ ތެރެއިން ސަޕޯޓަރަކު ބުނީ، ބެނާ ހިފައިގެން ވެރިންނާ ދެކޮޅަށް ތެދުވަންޖެހުނީ ކުލަބުގެ ކަންކަން ރަނގަޅަށް ދާކަމަށް އެމީހުންނަށް ނުފެންނާތީކަމަށެވެ. އޭނާ ބުނީ، ބޭނުންވަނީ ކުލަަބަށް ހެޔޮ ގޮތްވުން ކަމަށާއި، އެހެންކަމުން މިވަގުތު އެންމެ ރަނގަޅީ ލެވީ ކުލަބު ދޫކޮށްލުންކަމަށެވެ. ޓޮޓެންހަމް މިވަގުތު އޮތީ އިނގިރޭސި ޕްރިމިއާ ލީގު ތާވަލްގެ ފަސްވަނަ މަގާމުގައެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅުނު 33 މެޗުން، 54 ޕޮއިންޓާއެކުއެވެ. ހަތަރުވަނާގައި އޮތް ޔުނައިޓެޑާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.

ޓޮޓެންހަމްގެ ނަތީޖާތައް ދަށްވުމުން ޓީމުގެ ކޯޗުކަމުގައި ހުރި އެންޓޯނިއޯ ކޮންޓޭ ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެފަހުން ވަގުތީގޮތުން އެ ޓީމަށް އިރުޝާދުދެމުން އައީ ކޮންޓޭގެ އެސިސްޓެންޓަކަށް ހުރި ކްރިސްޓިއަން ސްޓެލިނީއެވެ. ނަމަވެސް ނިއުކާސަލް ޔުނައިޓެޑު އަތުން ލިބުނު ބޮޑު ބައްޔާއެކު އޭނާވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. ސްޓެލިނީ ވަކިކުރުމަށްފަހު ޓޮޓެންހަމްގެ ވަގުތީ ކޯޗަކަށް ދެން ހަމަޖައްސާފައިވަނީ ރަޔަން މޭސަންއެވެ.

ޓޮޓެންހަމްގެ ޗެއަރމަންކަމާ ލެވީ ހަވާލުވީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން މިހާތަނަށް ލެވީ އެ މަގާމުގައި ހުރިއިރު، އޭނާއަކީ ޕްރިމިއާ ލީގުގައި އެންމެ ގިނަ ދުވަހު ޗެއާމަންކަން ކުރި މީހާއެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި

11 މާރިޗު 2017
އޭއެފްސީ ކަޕް: އަބާނީއާ ދެކޮޅަށް ކުޅުމަށް މާޒިޔާ ބަންގްލަދޭޝްއަށް ފުރައިފި
08 މާރިޗު 2017

ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް

08 މާރިޗު 2017
ޔޫވީއާ ދެކޮޅަށް ނުކުންނާނީ މޮޅެއް ހޯދުމަށް: ޓަވަރެސް
04 މާރިޗު 2017

ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ

04 މާރިޗު 2017
ޔޫވީ ތަރުތީބުކުރަން އެނގޭނީ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު: އާތީ
28 ފެބުރުއަރީ 2017

ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން

28 ފެބުރުއަރީ 2017
ޝައިހް ކަމާލް ކަޕް: ފައިނަލުގައި ޓީސީއާ ދެކޮޅަށް ނިކުންނާނީ ކޮރެއާގެ ޕޮޗިއަން
27 ފެބުރުއަރީ 2017

ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟

27 ފެބުރުއަރީ 2017
ޓީސީއާ ދެކޮޅަށް ނިކުންނަ މަނަންގް ކްލަބަކީ ދަންނަންތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު