Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާސެލޯނާ

ޒަވީގެ ފޯކަސް ބެޓިސް މެޗަށް، މެސީ ގެންނަ ވާހަތަކަކަށް ނޫން!

ޒަވީ ބުނީ، މެސީ އަލުން ބާސެލޯނާއަށް ގެނެވޭނެކަން ނުވަތަ ނޫންކަން އޮތީ ނޭނގުމެއްގެތެރޭގައި ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އެޕްރީލު 2023 | ހޮނިހިރު 02:45
ޒަވީއާއި މެސީ

ޒަވީއާއި މެސީ

މިވަގުތު ފޯކަސް ހުރީ ސްޕެނިޝް ލީގުގައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗަށް އެކަނި ކަމަށް، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ބެޓިސް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ޒަވީ މިހެން ބުނީ، ޓީމުގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އަލުން ކުލަބަށް ގެންނަން ކުރާ މަސައްކަތާ ގުޅިގެން ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބުދެމުންނެވެ. ޒަވީ ބުނީ، މެސީ އަލުން ބާސެލޯނާއަށް ގެނެވޭނެކަން ނުވަތަ ނޫންކަން އޮތީ ނޭނގުމެއްގެތެރޭގައި ކަމަށެވެ. އޭނާ ބުނީ މިވަގުތު ފޯކަސް ހުރީ ލީގުގައި ބެޓިސްއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށާއި، އެހެންކަމަކަށް ފޯކަސް ނެތްކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ މިވަގުތު ބޭނުންވަނީ ވެސް ލީގުގެ އެއްވަނާގައި އޮތް ލީޑު ހިފަހައްޓައި، ލީގު ކާމިޔާބުކުރަން ކަމަށެވެ. އެކަން ފާހަގަކޮށް ޒަވީ ބުނީ، އިތުރު އެހެން ކަންކަމާމެދު ވާހަކަދައްކަން ބޭނުންވަނީ އޭގެފަހުން ކަމަށެވެ.

މީގެ އިތުރުން އެ ޕްރެސްގައި ޒަވީ ބުނީ، އަނިޔާއިން ރަނގަޅުވެ ފްރާންސްގެ ފޯވާޑް އޮސްމާން ޑެމްބެލޭ މިހާރު ޓީމާ ގުޅިފައިވާ ކަމަށާއި، އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ޒަވީ ބުނީ ޑެމްބެލޭ ނެތުމުގެ އުނިކަން ފާއިތުވި މެޗުތަކުގައި ބާސެލޯނާއިން ފެނުނު ކަމަށާއި، އޭނާ އެނބުރި ޓީމާ ގުޅުމަކީ ލިބުނު "ބޫސްޓެއް" ކަމަށެވެ. އިތުރަށް ޒަވީ ބުނީ، ޑެމްބެލޭއަކީ ދުވެލި ބާރު، ހަލުއި ކުޅުންތެރިޔެއް ކަމަށާއި، އޭނާގެ ބޭނުން އަބަދުވެސް ޓީމަށް މުހިންމު ކަމަށެވެ. ބާސެލޯނާއިން ބެޓިސްއާ ދެކޮޅަށް ނުކުންނަ މެޗުގެ ސްކޮޑުގައި ޑެމްބެލޭ ވަނީ ހިމަނައިފައެވެ. ނަމަވެސް އެ މެޗުގެ ފުރަތަމަ 11ގައި ޑެމްބެލޭ ހިމެނުމާދު ޒަވީ ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ޒަވީ ބުނީ ބާސެލޯނާއިން އެންމެ ފަހުން ކުޅުނު މެޗުތަކުގެ ނަތީޖާ ރަނގަޅު ނޫންކަމަށާއި، ނަމަވެސް ލީގު ރޭހުގައި ހާސްވުމެއް ނެތްކަމަށެވެ. އޭނާ ބުނީ އެކަން ބަހަނާއަކަށް ދައްކައިގެން ތިބެގެން ނުވާނެކަމަށާއި، ކުރިއަށް އޮތް މެޗުން ތިން ޕޮއިންޓު ހޯދައިގެން ހަމަޖެހިލުމަކީ މުހިންމު ކަމެއް ކަމަށެވެ. އޭނާ ފާހަގަކުރިގޮތުގައި ބާސެލޯނާގެ ކުޅުންތެރިންނަށް އޭނާގެ އިތުބާރު އޮވެއެވެ. ޒަވީ ބުނީ ބާސެލޯނާއަކީ އަބަދުވެސް މޮޅުވާން އެދޭ ޓީމެއް ކަމަށާއި، ދުވަސްތަކަކަށްފަހު ބާސެލޯނާއިން އެކަން ފެންނަމުން އަންނަކަމަށެވެ.

ބާސެލޯނާއިން ބެޓިސްއާ ދެކޮޅަށް ނުކުންނާނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12 ޖަހާއިރުއެވެ.

އިތުރަށް ކިޔާލަން

17 މާރިޗު 2017

އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި

17 މާރިޗު 2017
އިއްބެ އާއި ބޮބީ ހިމަނައިގެން ފަލަސްތީން މެޗަށް ޒުވާން ގައުމީ ސްކޮޑު އެކުލަވާލައިފި
15 މާރިޗު 2017

ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!

15 މާރިޗު 2017
ފަލަސްތީން މެޗަށް އަންގާރަ ދުވަހު ގައުމީ ޓީމުގެ ފަރިތަކުރުންތައް ފަށަނީ!
11 މާރިޗު 2017

ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު

11 މާރިޗު 2017
ޓީމު އޮތީ މެޗަށް ފުރިހަމައަށް ތައްޔާރަށް، ޓާގެޓަކީ ތިން ޕޮއިންޓް: މާޒިޔާ ކޯޗު
10 މާރިޗު 2017

ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް

10 މާރިޗު 2017
ދެ މެޗަށް ފަހު އީގަލްސް އަތުން ވިކްޓްރީއަށް ޕޮއިންޓެއް
07 މާރިޗު 2017

އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި

07 މާރިޗު 2017
އިބްރަހިމޮވިޗް ތިން މެޗަށް ސަސްޕެންޑްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު