Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އިންޑޯމީ ނޫޑްލްސް

އިންޑޯމީ ނޫޑްލްސް ކެއުން: "ދޭތިން އެކައްޗަށް ކުޅުން ކަހަލަ ކަމެއް"

އިންޑޯމީއަކީ، އިންޑޮނޭޝިއާގެ އިންޑޯފުޑް ސީބީޕީއިން އުފައްދާ، މަޤުބޫލު، އިންސްޓަންޓް ނޫޑްލްސް ބްރޭންޑް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2023 | ހުކުރު 12:11
ކެންސަރަށް މަގުފަހި ކުރާ 'އެތިލީން އޮކްސައިޑް'ގެ އަސަރު، އިންޑޯމީގެ "ސްޕެޝަލް ޗިކަން" ފްލޭވަރއިން ހޯދިފައިވޭ

ކެންސަރަށް މަގުފަހި ކުރާ 'އެތިލީން އޮކްސައިޑް'ގެ އަސަރު، އިންޑޯމީގެ "ސްޕެޝަލް ޗިކަން" ފްލޭވަރއިން ހޯދިފައިވޭ

ކެންސަރު ބައްޔަކީ އިންސާނަކާ ކުރިމަތިލާން ޖެހޭ އެންމެ ބޮޑެތި އިމްތިޙާންތަކުގެ ތެރެއިން އެއް އިމްތިޙާނެވެ. ކެންސަރު ބަލީގައި އެތައް ވޭނަކާއި ތަކްލީފެއް ތަޙައްމަލު ކުރުމަށްފަހުވެސް ފުރިހަމަ ޝިފާއެއް ނުލިބި، މި ދުނިޔެއާ ވަކިވެގެންދާ މީހުންގެ ޢަދަދު، ދަނީ އިތުރު ވަމުންނެވެ. ބައެއް ހާލަތްތަކުގައި ކެންސަރުގެ ޝިކާރައަކަށް އިންސާނާ ވެ ދަނީ އަމިއްލަ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތެއްގެ ސަބަބުންނެވެ. އެއީ އަމިއްލަ އިޚްތިޔާރާއި ބާރު ފޯރުވޭ އާދަކާދަތަކެކެވެ. އަނެއް ބައި ފަހަރު، ކުރެވޭނެ މާ ބޮޑު ކަމެއް ނެތް ސަބަބުތަކަކާ ހެދިއެވެ.

ބާރު ފޯރުވެން ހުރި ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ، ކެއިންބުއިމުގެ އާދަތަކެވެ. ވަކިން ހާއްސަކޮށް، ޞިއްޙަތަށް މާ ބޮޑު ފައިދާއެއް ނުކުރާ، އެހެން ނަމަވެސް އިންތިހާއަށް ގެއްލުންތަކާ ކުރިމަތި ކުރުވާ ތައްޔާރީ ކާނާގެ ނުވަތަ ފަސޭހައިން ތައްޔާރުކޮށްލެވޭ ސިނާޢީ ކާނާގެ އަޅަކަށް ވެގެން ދާ ހިސާބުން، ދިރިއުޅުމުގައި ކުރިމަތިލާން ޖެހޭ ގޮންޖެހުންތައް އިތުރުވެއެވެ. މިއީވެސް އެފަދަ އުފެއްދުމެއްގެ ވާހަކައެވެ. ގިނަ ބަޔަކަށް އެއަށްވުރެ މީރު ދެވަނަ ކެއުމެއް ނުވާ ކަމަށް ބުނާ، ނޫޑްލްސްގެ ވާހަކައެވެ.

ނޫޑްލްސްއަކީ ޞިއްޙަށް ފައިދާ ކުރަނިވި މާއްދާތަކެއް އޭގައި އެކުލެވޭ އުފެއްދުމެއް ނޫން ކަމަށް، ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަމުންދާތާ އަހަރުތަކެއް ވެއްޖެއެވެ. އެއީ އެއްކަންފަތުން ވަދެ، އަނެއް ކަންފަތުން ނުކުމެގެންދާ ކަހަލަ އަޑަކަށް އޮތީ ވެފައެވެ. ނަމަވެސް، ހާލަތު ބަދަލު ވެދާނެ ކަމުގެ ކޮޅުމަތި މިހާރު ވަނީ ފެންނަން ފަށާފައެވެ. އެއީ މުޅި ދުނިޔެއަށް މަޝްހޫރު ނޫޑްލްސް ބްރޭންޑެއް ކަމަށް ވާ 'އިންޑޯމީ' ނޫޑްލްސްގައި، ކެންސަރަށް މަގުފަހި ކުރާ މާއްދާއެއް ހުރެދާނެ ކަމަށް ބުނާ ރިޕޯޓެއް އާންމުވި ހިސާބުންނެވެ.

ޓައިޕެއި ހެލްތު ޑިޕަރޓްމަންޓް އިން އޭޕްރިލް 24 ވަނަ ދުވަހު ބުނީ، ކެންސަރަށް މަގުފަހި ކުރާ 'އެތިލީން އޮކްސައިޑް'ގެ އަސަރު، އިންޑޯމީގެ "ސްޕެޝަލް ޗިކަން" ފްލޭވަރއިން ހޯދިފައި ވާ ކަމަށެވެ. އިންޑޯމީއަކީ، އިންޑޮނޭޝިއާގެ އިންޑޯފުޑް ސީބީޕީއިން އުފައްދާ، މަޤުބޫލު، އިންސްޓަންޓް ނޫޑްލްސް ބްރޭންޑްއެކެވެ. ޓައިޕެއިގެ ރިޕޯޓާ ގުޅިގެން އެންމެ ފުރަތަމަ ފިޔަވަޅު އަޅަން ފެށި އެއް ޤައުމަކީ މެލޭޝިއާއެވެ. މެލޭޝިއާއިން ވަނީ އެ ޤައުމަށް ނޫޑްލްސް އެތެރެވާ ހުރިހާ ދޮރޯއްޓެއްގައި ބަލާފާސް ކުރުން ވަރުގަދަ ކުރުމަށް ޢަމުރެއް ނެރެފައެވެ. އަދި އެ ބާވަތުގެ ނޫޑްލްސް ޕެކެޓްތައް އަނބުރާ ކުންފުންޏާ ހަވާލު ކުރުމަށް އިޢުލާނެއް ނެރުމަށް އިންޑޯފުޑްއަށްވެސް ގޮވާލާފައެވެ. ކަން މިހެން އޮތް އިރު، އިންޑޮނޭޝިއާގެ ފުޑް ރެގިއުލޭޓަރުން ވަނީ، އެ ބުނާ ބާވަތެއް ހުރީ، އިންޑޮނޭޝިއާގައި ތަންފީޒު ކުރާ ރައްކާތެރިކަމުގެ މިންގަނޑުގެ ތެރޭގައި ކަމަށް ބުނެފައެވެ.

އިންޑޮނޭޝިއާގެ ޖަކާޓާގައި އިންޑޯމީއަކީ ބައެއް މީހުންގެ ޑައެޓްގައި ޛަރޫރީ ބާވަތެކެވެ. ޓައިޕެއިގެ ރިޕޯޓާ ގުޅިގެން، އިންޑޯމީގެ ފޭނުންގެ މެދުގައި ވަނީ ޚިޔާލު ތަފާތުވުން އުފެދިފައެވެ.

އިންޑޯމީގައި ކެންސަރަށް މަގުފަހި ކުރާ މާއްދާއެއްގެ އަސަރު ހުރި ކަމަށް ބުނި ނަމަވެސް، އެ ކެއުން ހުއްޓާނުލާ ކަމަށް ބުނާ މީހުންވެސް ވަކި މަދެއް ނޫނެވެ.

މެލޭޝިއާއަށް ބަލާއިރު، ނޫރުފަރުހާނާ ބިންތި ސަމްސުލް އަންވަރު ސިފަ ކުރި ގޮތުގައި، ނޫޑްލްސް ކެއުމަކީ ދޭތިން އެކައްޗަށް ކުޅުން ކަހަލަ ކަމެކެވެ.

އުފެދިފައިވާ ނުތަނަވަސް ކަމާ ގުޅިގެން ވަކި އެއްޗެއް ބުނުމަށް އިންޑޯފުޑް ސީބީޕީއިން ވަނީ އިންކާރު ކޮށްފައެވެ. އިންޑޯފުޑްގެ އުފެއްދުންތައް ތައްޔާރު ކުރާ 20 ކާރުޚާނާއެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ އިރު، 100 އަށް ވުރެ ގިނަ ޤައުމުގައި އެ ބްރޭންޑްގެ ނޫޑްލްސް ލިބެން ހުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދަ މަސް: ކެއުންބުއިމަށް ސަމާލުވާންޖެހޭ

ރޯދަ މަސް: ކެއުންބުއިމަށް ސަމާލުވާންޖެހޭ

11 މާރިޗު 2024
އަގުތައް 500 ޕަސެންޓް މައްޗަށް: އިންޑިއާއިން ގިނަ ބަޔަކު ޓޮމާޓޯ ކެއުން ހުއްޓާލައިފި

އަގުތައް 500 ޕަސެންޓް މައްޗަށް: އިންޑިއާއިން ގިނަ ބަޔަކު ޓޮމާޓޯ ކެއުން ހުއްޓާލައިފި

27 ޖުލައި 2023
ސިއްހަތަށް ފައިދާ ހުރި ހާރުކެއުން - ގިނައިރު ހަކަތަ ދަމަހައްޓައިދޭ ކެއުމެއް

ސިއްހަތަށް ފައިދާ ހުރި ހާރުކެއުން - ގިނައިރު ހަކަތަ ދަމަހައްޓައިދޭ ކެއުމެއް

05 އެޕްރީލު 2023
ޕާކިސްތާނުގައި ކާބޯތަކެތީގެ އަގު އުފުލި ރައްޔިތުންގެ ކެއުން 1 އިރަށް!

ޕާކިސްތާނުގައި ކާބޯތަކެތީގެ އަގު އުފުލި ރައްޔިތުންގެ ކެއުން 1 އިރަށް!

06 ސެޕްޓެމްބަރު 2022
ހިތަދޫން އިބޫއަށް ޖަޒީރާ ބޮޑު ކެއުން

ހިތަދޫން އިބޫއަށް ޖަޒީރާ ބޮޑު ކެއުން

08 އޯގަސްޓު 2018

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު