Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނުރައްކަލުގެ އިންޒާރު

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

އިންޒާރު ލިބުނު ބޯޓުގައި 442 ޙައްޖުވެރިން ތިބި ކަމަށް އޮފިޝަލުން ހާމަ ކޮށްފައިވޭ

ރާއްޖެ އެމްވީ | 17 ޖޫން 2025 | އަންގާރަ 15:05
ސައޫދިއާ އެއަރލައިން ކޮމްޕެނީގެ އޭ-330 މަރުކާގެ ބޯޓެއް

ސައޫދިއާ އެއަރލައިން ކޮމްޕެނީގެ އޭ-330 މަރުކާގެ ބޯޓެއް

ހައްޖުވެރިން އުފުލަމުން ދިޔަ ސައުދީ އަރަބިއްޔާގެ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން އިންޑޮނޭޝިއާގެ ވައިގެ ބަނދަރެއްގައި ކުއްލި ގޮތަކަށް ޖައްސައިފި އެވެ.

އަންގާރަ ދުވަހު ސައުދީ އަރަބިއްޔާ އިން ގިނަ އަދަދެއްގެ ޙައްޖު ވެރިން އުފުލި މި މަތިންދާބޯޓު ގޮއްވާލާނެ ކަމުގެ އިންޒާރު އައީ އީމެއިލް މެދުވެރިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެއާއެކު ބޯޓު ވަނީ ޑައިވާރޓް ކޮށް އިންޑޮނީޝިއާގައި ޖައްސަން އޮތް ބަނދަރު ނޫން އެހެން ބަނދަރެއްގައި ޖައްސާފައި ކަމަށް އިންޑޮނީޝިއާގެ މަދަނީ ވައިގެ ދަތުރުފަތުރުގެ އިދާރާ އިން ބުނެފައިވެއެވެ.

އިންޑޮނީޝިއާގެ ޑިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަނުން ބުނެފައިވަނީ، "ކާކު ކަން ނޭނގޭ މީހަކު އިލެކްޓްރޯނިކް މެއިލް މެދުވެރިކޮށް ފޮނުވި ބޮން ގޮއްވާނެ ކަމުގެ އިންޒާރަކާ ގުޅޭ" ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަންގާރަ ދުވަހު ހެނދުނު 7:30 ގައި ލިބުނު އީމެއިލް ގައި ސައުދީ އަރަބިއްޔާގެ ޖިއްދާ ސިޓީން އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާ އަށް ދަތުރުކުރި ސައުދީ އެއަރލައިންސްގެ ފްލައިޓް SV 5276 "ގޮއްވާލާނެ" ކަމުގެ އިންޒާރެއް ދީފައި އޮތް ކަމަށެވެ.

އެއާއެކު ޕައިލެޓް ވަނީ އެ ބޯޓު، ޖަކާރޓާގެ ބައިނަލް އަގްވާމީ އެއަރޕޯޓްގެ ބަދަލުގައި އިންޑޮނޭޝިއާގެ ހުޅަނގު ފަރާތުގައިވާ ސުމަތްރާ ޖަޒީރާގެ މެދާން ސިޓީގެ އިންޓަރނޭޝަނަލް އެއަރޕޯޓަށް ބޯޓު ޖައްސާފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެ ދަތުރުގައި 442 ޙައްޖުވެރިން ތިބި ކަމަށާއި، އޭގެ ތެރޭގައި 207 ފިރިހެނުންނާއި 235 އަންހެނުން ހިމެނޭ ކަމަށެވެ.

"ސަލާމަތާއި ރައްކާތެރި ކަމަށް ނުރައްކަލެއް އޮތްކަން ފާހަގަކުރެވުމާ ގުޅިގެން، އެންމެ ކައިރީގައި އޮތް ވައިގެ ބަނދަރަކަށް ބޯޓު ޖައްސަން ޕައިލެޓް ނިންމީއެވެ،" އިންޑޮނޭޝިއާގެ ވައިގެ ބަނދަރުތައް ހިންގާ ފަރާތް ކަމަށްވާ އިންޖާނީ އެއަރޕޯޓްސް އިން ބުނެފައިވެއެވެ.

މަދަނީ ވައިގެ ދަތުރުފަތުރުގެ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، އެ ވައިގެ ބަނދަރުން ޙައްޖުވެރިން އެހެން ތަނަކަށް ބަދަލުކޮށް، ބޮން ނައްތާލާ ޔުނިޓަކުން އެ ބޯޓުގައި ގޮވާ ތަކެތި ހުރިތޯ ބަލާފައިވެއެވެ.

މި ބަޔާނުގައި އިތުރު ތަފްޞީލެއް ހިމަނާފައެއް ނުވެއެވެ. ނަމަވެސް މިފަދަ ހާދިސާތަކުގައި އާންމު އުޞޫލުން ޢަމަލުކުރާ ގޮތަށް ބަލާއިރު، ބޮން ގޮއްވާނެ ކަމުގެ އިންޒާރު ލިބުމުން ސަލާމަތީ ފިޔަވަޅުތައް އަޅައި، ދަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފަހު، ބޯޓު ރަނގަޅަށް ބަލައި ފާސްކޮށް، އެއްވެސް ނުރައްކަލެއް ނެތްކަން ޔަޤީން ކުރުމަށް ފަހު ނޫނީ އަލުން ދަތުރު ކުރުމުގެ ހުއްދަ އެއް ނުދޭނެއެވެ.

އިތުރަށް ކިޔާލަން

09 މެއި 2017

މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ

09 މެއި 2017
މެޑިޓެރޭނިއަން ކަނޑަށް ދެ ބޯޓެއް އަޑިއަށް ގޮސް 200 މީހުން ގެއްލިއްޖެ
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
30 އެޕްރީލު 2017

ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ

30 އެޕްރީލު 2017
ކިއުބާގެ އަސްކަރީ މަތިންދާބޯޓެއް ވެއްޓި އެންމެން މަރުވެއްޖެ
26 އެޕްރީލު 2017

ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި

26 އެޕްރީލު 2017
ޗައިނާގައި އުފެއްދި ފުރަތަމަ މަތިންދާ ބޯޓު އުފުލާ މަނަވަރު ބާލައިިފި
14 އެޕްރީލު 2017

ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި

14 އެޕްރީލު 2017
ދަމާ ކޫއްތާފައި މަތިންދާ ބޯޓުން ބޭލުވި ޑޮކްޓަރު ދައުވާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު