Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަސްތުވާތަކެއްޗާއި އެކު ބިދޭސީންތަކެއް ހައްޔަރު ކު

ކަނޑުމަގުން 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު 10 ބިދޭސީން ހައްޔަރުކޮށްފި

ރާއްޖެއަށް ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 10 ބިދޭސީއަކު ފުލުހުން ހައްޔަރުކުރީ ކަނޑުމަތިން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 22 މާރިޗު 2025 | ހޮނިހިރު 16:04
ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް: ކޯޓު އަމުރުގެ ދަށުން 10 މީހަކު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފައި

ކްރިމިނަލް ކޯޓުގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް: ކޯޓު އަމުރުގެ ދަށުން 10 މީހަކު ވަނީ ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖަހައިފައި

ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 10 ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ކަނޑުމަގުން ބޯޓެއްގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ އިންޑިއާ އާއި އިންޑޮނީޝިއާއަށް ނިސްބަތްވާ މީހުންނެވެ.

Advertisement - newsAdvertisement

ކަނޑު ބޯޓެއްގައި ހަތް ކިލޯގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރިކަމުގެ ތުހުމަތުގައި 10 ބިދޭސީން ހައްޔަރުކޮށް، އެ މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ ހުކުރު ދުވަހުގައެވެ.

މިއީ އިންޑިއާ އަދި އިންޑޮނީޝިއާއަށް ނިސްބަތްވާ ބިދޭސީންތަކެއް ގުޅިގެން ރާއްޖެއަށް ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެކެވެ. އެއީ ކޮން ގައުމެއްގެ ބޯޓެއް ކަމެއް ކޯޓު އަމުރުން އެނގޭކަށް ނެތެވެ.

ފުލުހުން ހައްޔަރުކުރި 10 ބިދޭސީންގެ ތެރެއިން ފަސް ބިދޭސީއަކަށް ކްރިމިނަލް ކޯޓުން ވަނީ ފަސް ދުވަހަށް ބަނދުގެ މުއްދަތު ޖަހައިފައެވެ. ބާކީ ފަސް މީހުންނަށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އެންމެ ދުވަހަކަށެވެ.

ތުހުމަަތުގައި ހައްޔަރުކުރި މީހުން

  • ގަނެޝް ބޮންމާލީ، އިންޑިއާ، 22އ: 5 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ޕީޓާ ވިނި، އިންޑިއާ، 28އ: 5 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ޕްރަބަކަރަނަ ނާގަރާޖަން، އިންޑިއާ، 35އ: 5 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • އެޑްރިއަންސްޔާ، އިންޑޮނީޝިއާ، 25އ: 5 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • މުހައްމަދު އިކްބަލް މަކްމުރު، އިންޑޮނީޝިއާ، 30އ: 5 ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ޑަތްކިލޭ ދަރްޝަން ވިޖޭ، އިންޑިއާ، 22އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ސަރަން ޕަދްމަން، އިންޑިއާ، 26އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ނަސްވަން އަދިލް، އިންޑޮނީޝިއާ، 30އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ރޯމަންސް ސަންތިޔާ ފެނާންޑޯ، އިންޑިއާ، 58އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
  • ގޮވްސިކް ރާޖް ޖޭމްސް ނޮކްސް، އިންޑިއާ، 30އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި

ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުގައި އެ 10 މީހުންގެ މައްޗަށް ކުރަނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތެވެ.

އެ މައްސަލައިގައި އެމީހުންގެ މައްޗަށް ތުހުމަތުކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުށަހަޅާފައިވާ ކަމަށާއި، ސީންއަށް ދިޔަ ފުލުހުންގެ ބަޔާނުން އެނގޭ ގޮތުގައި އެ މީހުން ތިބި ބޯޓުން ހަތް ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައިވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

މަހަށް ނުކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

13 މާރިޗު 2017
20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

05 މާރިޗު 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

ހަނގުރާމަ ކުރަން ސީރިއާއަށް ދާން އުޅުނު ދިވެއްސަކު އަތުލައިގެންފި

08 ފެބުރުއަރީ 2017
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބޮލީވިއާ މީހާގެ މައްޗަށް ދައުވާ ކޮށްފި

07 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު