Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބަނދަރުގެ މައްސަލަތައް

ކަނޑުމެދުގައި ހުންނަ ރަށްރަށުގެ ބަނދަރަށް ވަނުމުގައި ގޮންޖެހުންތައް ކުރިމަތިވޭ: މިނިސްޓަރު އަސްލަމް

ގދ.ފަރެސްމާތޮޑާގެ ބަނދަރު ބޭނުން ނުކުރެވޭ ދުވަހެއް ނާންނާނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 28 އެޕްރީލު 2023 | ހުކުރު 07:29
މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

ބައެއް ދުވަސްވަރު ކަނޑުމެދުގައި ހުންނަ ރަށްރަށުގެ ބަނދަރަށް ވަނުމުގައި ގޮންޖެހުންތައް ކުރިމަތިވާ ކަމަށާއި، އެ ގުދުރަތީ ނިޒާމު ބަދަލު ނުކުރެވޭނެ ކަަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިމަހުގެ 26 ވީ ބުދަ ދުވަހު ކުރިއަށް ދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ ތޮއްޑޫގެ ބަނދަރުގެ ނެރު މައްޗަށް ބޮޑެތި ރާޅު ނަގާ މައްސަލާގައި ސީދާ ޖަވާބެއް ދެއްވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ބަނދަރުތަކަކީ އެއްޒާތެއްގެ ބަނދަރުތަކެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

ފުވައްމުލައް ސިޓީގެ ބަނދަރަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެބަނދަރުގެ މަސައްކަތް ކުރިއިރު އިސްބޭފުޅެއްގެ ހައިސިއްޔަތުން އެ މަސައްކަތުގައި ޝާމިލްވެވަޑައިގެންނެވި ކަމަށެވެ. އެރަށުގެ ބަނދަރު ކޮންމެ އަހަރެއްގެ ވެސް 11 ދުވަހު ބޭނުން ނުކުރެވޭނެ ޑިޒައިން ރިޕޯޓުގައި އަންގާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިއާ ހިލާފަށް ގދ.ފަރެސްމާތޮޑާގެ ބަނދަރު ބޭނުން ނުކުރެވޭ ދުވަހެއް ނާންނާނެ ކަމަށެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ސީދާ ކަނޑުގައި ހުންނަ ރާޅު ނުހުއްޓުވޭނެ ކަމަށާއި، ބަނދަރުގެ އެތެރެއަށް ވަންނަ ރާޅު ހުއްޓުވިދާނެ ކަމަށެވެ.

ތޮއްޑޫ ބަނދަރުގެ މަސައްކަތް ކުރަމުންދާއިރު، އެމަސައްކަތް ކުރަމުންދާ ފަރާތުން ބަނދަރުގެ މަސައްކަތް ނިމުމާއެކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް

04 ފެބުރުއަރީ 2017
ފާޓިލިޓީ ސެންޓަރުން 49 މީހުންނަށް މިހާތަނަށް ވަނީ ޚިދުމަތްދީފަ- އައިޖީއެމްއެޗް
02 ފެބުރުއަރީ 2017

ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު

02 ފެބުރުއަރީ 2017
ވައްކަމަކީ އިންސާނާގެ ތޮބީއަތުގައިވާ ކަމެއް ނޫން، އެއީ ހުންނަ ނުލަފާކަމުން ކުރާކަމެއް: ރައީސް ނަޝީދު
02 ފެބުރުއަރީ 2017

ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި

02 ފެބުރުއަރީ 2017
ބޮޑުކުރި އެލަވަންސް ނުހިމަނައި، ފުލުހުންނަށް މުސާރަ ޖަމާކޮށްދީފި
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ސްޕެޝިއަލިސްޓް އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ

02 ފެބުރުއަރީ 2017
ސްޕެޝިއަލިސްޓް  އޮޕަރޭޝަން ޑިޕާޓްމެންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް ސިލްސިލާ ތަމްރީނު ހަރަކާތްތަކެއް ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު