Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސޯލާރ ޕީވީތަކުން ކަރަންޓު އުފެއްދުން

ހުޅުމާލޭގެ އިމާރާތްތަކުގައި ގާއިމްކުރި ސޯލާރ ޕީވީގެ ޕެނަލްތަކުން ކަރަންޓު އުފައްދަން ފަށައިފި

27 އެޕްރީލު 2023 | ބުރާސްފަތި 12:33

ހައުސިންގ ޔުނިޓްތަކުގެ ފުރާޅުގައި ގާއިމުކޮށްފައިވަނީ 400 ކިލޯވޮޓްގެ ސޯލާރ ޕީވީ

އަމްނާ އިމާދު
އަމްނާ އިމާދު | 27 އެޕްރީލު 2023 | ބުރާސްފަތި 12:33
ހުޅުމާލެ

ހުޅުމާލެ

ހުޅުމާލޭ ހައުސިންގ ޔުނިޓްތަކުގެ ފުރާޅުގައި ގާއިމުކުރި ސޯލާރ ޕީވީގެ އަމަލީ މަސައްކަތް ނިމި އެ އެޕެނަލްތަކުން ކަރަންޓު އުފައްދަން ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނީ، ވޯލްޑް ބޭންކްގެ އެހީގައި އެ މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނަރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން، ހުޅުމާލޭ ލިންކް ރޯޑްގައި އަދި ހުޅުމާލޭ ހައުސިންގް ޔުނިޓްތަކުގެ ފުރާޅުގައި ގާއިމުކުރާ ސޯލާރ ޕީވީ ނިޒާމުގެ ތެރެއިން ހައުސިންގ ޔުނިޓްތަކުގެ ފުރާޅުގައި ގާއިމުކުރި ސޯލާރ ޕީވީގެ އަމަލީ މަސައްކަތް ނިމި، އެ އެޕެނަލްތަކުން ކަރަންޓު އުފައްދަން ފަށާފައިވާކަމަށެވެ.

Advertisement - newsAdvertisement

މި ނިޒާމުގެ ޖުމްލަ ގާއިމުކުރާ 5.6 މެގަވޮޓްގެ ތެރެއިން ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ގާއިމުކޮށްފައިވަނީ 400 ކިލޯވޮޓްގެ ސޯލާރ ޕީވީއެވެ. އަދި 5 މެގަވޮޓްގެ ސޯލާރ ޕީވީގެ ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ހުޅުމާލޭ ލިންކްރޯޑާއި ހުޅުމާލެ ބޯށިމާ ހިނގުމުގައެވެ. 

މިނިސްޓްރީން ބުނީ އެސްޕަޔަރގެ ދެވަނަ ފިޔަފަހީގެ ދަށުން، ހުޅުލެއާއި ހުޅުމާލޭގައި، އިރުގެ އަލިން ހަކަތަ އުފައްދާ 5.6 މެގަވޮޓްގެ ނިޒާމެއް ގާއިމްކުރުމަށް ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އަދި އެންމެ ކުޑަ އަގެއް ހުށަހަޅައި މި މަސައްކަތުގެ ބީލަން ކާމިޔާބުކުރީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުން ކަމަށެވެ.

އެންސިސް ކޯ ލިމިޓެޑުން ވަނީ ސޯލާރ ޕީވީ ޖެހުމަށް ލިންކް ރޯޑްގެ މެދުގައި ހުސްކޮށް އޮންނަ "ޓްރެފިކް އައިލެންޑް" ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅީގައި ގަލްވަނައިޒްޑް ސްޓީލް ކެނޮޕީ ސްޓަރކްޗަރތަކެއް ގާއިމުކޮށްފައެވެ. މި ސްޓަރަކްޗަރގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި، ސޯލާރގެ ނިޒާމުގެ ނެޓްވާރކްގެ ހުރިހާ ބައެއް ގާއިމުކޮށް، ސްޓެކްލޯގެ ނެޓްވަރކާ ގުޅައިލެވި ޕެނަލްތަކުން ކަރަންޓް އުފައްދަން ފަށާނެކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގެ 2 ވަނަ ކުއާރޓަރ ނިމުމުގެ ކުރިން ކަމަށް މިނިސްޓްރީން ބުނެއެވެ.   

ރާއްޖޭގައި މިހާތަނަށް އެއް ކޮންޓްރެއްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާރ ޕީވީ ނިޒާމެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ސަބަބުން، ދައުލަތުން ތެލަށް ކުރާ ޚަރަދު ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވެއެވެ. އެގޮތުން މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން، ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން މަދުވެގެން 15 މިލިއަން ރުފިޔާއާ 20 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް، ތެލަށް ކުރާ ހޭދައިން ކުޑަކުރެވޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. 

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

11 އޮކްޓޯބަރު 2018

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް މިއަދަށް ދޫކުރަން ހަމަޖެހިފައިވާ ނަމްބަރުތައް ދޫކޮށް ނިމިއްޖެ

11 އޮކްޓޯބަރު 2018
ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ދޫކުރާ ގޯއްޗަށް އެދި ހުށަހަޅާ ފޯމް ބަލައިގަތުމަށް މިއަދަށް ދޫކުރަން ހަމަޖެހިފައިވާ ނަމްބަރުތައް ދޫކޮށް ނިމިއްޖެ
30 އޯގަސްޓު 2018

ބްރިޖާ ގުޅިގެން ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަ ބަދަލުތައް ހާމަކޮށްފި

30 އޯގަސްޓު 2018
ބްރިޖާ ގުޅިގެން ހުޅުމާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ގެންނަ ބަދަލުތައް ހާމަކޮށްފި
11 ޖޫން 2018

ހުޅުމާލޭގެ ދުވާ ޓްރެކް ބަންދު ކުރަނީ

11 ޖޫން 2018
ހުޅުމާލޭގެ ދުވާ ޓްރެކް ބަންދު ކުރަނީ
02 ޖޫން 2018

ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ވަގަށް ވަދެ އުޅުނު ސައިކަލެއް އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވެއްޖެ

02 ޖޫން 2018
ހުޅުމާލޭގެ ދެ ވަނަ ފިޔަވައްސަށް ވަގަށް ވަދެ އުޅުނު ސައިކަލެއް އެކްސިޑެންޓްވެ ދެ މީހަކަށް އަނިޔާވެއްޖެ
08 މެއި 2018

ހުޅުމާލޭގެ ސްކޫލަކުން ވައްކަން ކުރަން ވަދެ އުޅުނު ދެމީހަކު ހައްޔަރު ކޮށްފި

08 މެއި 2018
ހުޅުމާލޭގެ ސްކޫލަކުން ވައްކަން ކުރަން ވަދެ އުޅުނު ދެމީހަކު ހައްޔަރު ކޮށްފި
06 މެއި 2018

ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަނީ

06 މެއި 2018
ހުޅުމާލޭގެ އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަނީ
29 އެޕްރީލު 2018

ހުޅުމާލޭގެ ތިން ތަނެއް ފަޅާލައި ވައްކަން ކޮށްފި

29 އެޕްރީލު 2018
ހުޅުމާލޭގެ ތިން ތަނެއް ފަޅާލައި ވައްކަން ކޮށްފި
26 މާރިޗު 2018

ހުޅުމާލޭގެ ހާބަރާއި ބީޗު ސަރަހައްދު ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ

26 މާރިޗު 2018
ހުޅުމާލޭގެ ހާބަރާއި ބީޗު ސަރަހައްދު ތަރައްގީ ކުރުމަށް ބަޔަކު ހޯދަނީ
07 ޖެނުއަރީ 2018

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުން ބައެއްގައި ތާރުއަޅާ ނިންމާލައިފި

07 ޖެނުއަރީ 2018
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ މަގުތަކުން ބައެއްގައި ތާރުއަޅާ ނިންމާލައިފި
03 އެޕްރީލު 2017

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި

03 އެޕްރީލު 2017
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެމްއެންޑީއެފުން ނެރެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް