Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހިތަދުއާއި ކުނަހަންދޫ ގުޅާލާ ކޯޒްވޭ

ހިތަދޫ އާއި ކުނަހަންދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތް އަވަސްކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް

މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 500 ދުވަސް ތެރޭގައި ނިންމާ ގޮތަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 އެޕްރީލު 2023 | ބުރާސްފަތި 09:39
މަޖިލީހުގެ ޖަލްސާއެއްގައި މެންބަރު ސައީދު

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރު ސައީދު

ލ.ހިތަދޫ އާއި ކުނަހަންދޫ ގުޅާލާ ކޯޒްވޭގެ މަސައްކަތް އަވަސްކުރުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާގައި ލ. ހިތަދުއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައި ވަނީ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދުއެވެ. ޖުމުލަ 8.2 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހު އެމްޓީސީސީއާ ހަވާލުކުރީ 500 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

Advertisement - newsAdvertisement

އެ ގަރާރުގެ އިބްތިދާއީ ބަހުސް މަރުހަލާ ބުރާސްފަތި ދުވަހު ވަނީ ފަށައިފިއެވެ.

އެ ގަރާރުގައި ބުނެފައި ވަނީ ހިތަދުއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅުވާ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދެއް ކަމަށާއި އެއީ މަސްވެރިކަމާއި ދަނޑުވެރިކަން ކުރަމުންދާ ދެ ރަށް ކަމަށެވެ. އެހެންކަމުން އެ ދެ ރަށުގެ ރައްޔިތުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން އެ ދެ ރަށް ކޯޒްވޭއަކުން ގުޅާލުމަކީ އިގްތިޞާދީ އަދީ އިޖުތިމާއީ ގޮތުންވެސް ރައްޔިތުންނަށް ލިބޭނެ ފައިދާ އެއް ކަމަށް ސައީދު ވިދާޅުވިއެވެ.

ކޯޒްވޭގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީ އާއި އެވެ. 2023 ވަނަ އަހަރު ހަވާލުކުރި އެ މަސައްކަތުގެ އަމަލީ މަސައްކަތް ލަސްވާ ކަަމަށް ބުނެ އޭނާ ވަނީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ މައްސަކަތް އަވަސްކޮށްދިނުމަށް ސަރުކާރަށް ސައީދު ވަނީ ގޮވާލައްވާފައެވެ.

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި

11 ފެބުރުއަރީ 2017
މާލެ އާއި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދުކޮށްފި
07 ފެބުރުއަރީ 2017

ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި

07 ފެބުރުއަރީ 2017
ޝާޑުއާއި އިރުތިޝާމްގެ ކައިވެނީގެ ރަން ކިޔައިފި
07 ފެބުރުއަރީ 2017

ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!

07 ފެބުރުއަރީ 2017
ރިލްވާނު ވަގަށް ނެގި މައްސަލައިގެ މައުލޫމާތު ނުދިނުމުން އާއިލާ އިން ކޯޓަށް!
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
30 ޖެނުއަރީ 2017

މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!

30 ޖެނުއަރީ 2017
މިނިސްޓަރު އިރުތިޝާމް އާއި މެންބަރު ޝާޑު ކައިވެނި ކުރައްވަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު