Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގައި ލޮނު އުފެއްދުން

ފުށް ލޮނު އުފެއްދުމުގެ ނަމުގައި ސަރުކާރުން ދައްކަނީ ހުސް މަންޒަރެއް - ބޮންޑާ

26 މެއި 2024 | އާދީއްތަ 04:24

ދިވެހިރާއްޖޭގައި ލޮނު އުފައްދަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ހަވާލުކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 މެއި 2024 | އާދީއްތަ 04:24
މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ފުށް ލޮނު އުފެއްދުމުގެ ނަމުގައި ސަރުކާރުން ދައްކަނީ ހުސް މަންޒަރެއް ކަމަށް މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ބޮންޑާ ވިދާޅުވީ މި ސަރުކާރުން ކަންކަން ކުރުމުގައި އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ. އަދި ސަރުކާރުގެ އަމަލުތައް ހުރީ ވަރަށް ބޮޑަށް މާޔޫސްވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެރިކަމަށް އަންނަނީ ޝެޑޯ ކެބިނެޓަކާއި އެކު ވަރަށް ރަނގަޅަށް އިންތިޒާމުވެގެން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމަށް އައި އިރު ސަރުކާރު ހިންގާ ޕީއެންސީ އަކީ ކުޑަ ކުޑަ ޕާޓީ އެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ވަޒީރުންގެ ގޮތުގައި ވެސް ތިބީ ކުއްލިއަކަށް އެ މަޤާމަށް އައްޔަން ކުރެއްވި ބޭފުޅުން ކަަމަށް ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރު ދިފާއުކުރަން އަދި ސަރުކާރަށް ކަންކަން ކުރެވޭކަން ދެއްކުމަށް ކޮންމެވެސް ވާހަކަތަކެއް ދައްކަން އެ ވަޒީރުންނަށް މަޖުބޫރުވާ ކަމަށެވެ. ފުށް ލޮނު ހެދުމުގެ ވާހަކަ އަކީ އެފަދަ ވާހަކަ އެއް ކަމަށް ބޮންޑާ ވިދާޅުވިއެވެ. މި ސަރުކާރުން އަބަދުވެސް ދައްކަނީ ކޮންމެވެސް އެއް ދިރާސާ އެއް ކުރާ ވާހަކަ ކަމަށާއި އެއީ ތާކުންތާކު ޖެހޭ ވާހަކަތަކެއް ނޫން ކަމަށް ވެސް މެމްބަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އޭނާ އެފަދައިން ވިދާޅުވެފައި ވާއިރު ދިވެހިރާއްޖޭގައި ލޮނު އުފައްދަން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާއި ހަވާލުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ. ސައީދު ވިދާޅުވީ ރާއްޖޭގައި ތަފާތު އެކި ސިނާއަތްތައް ކުރިއެރުވުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ. އެގޮތުން ރާއްޖެއަކީ ވަށައިގެން ބޮޑު ކަނޑެއް އޮތް ޤައުމެއް ކަަމަށް ވުމާއި އެކު އެކަމުގެ ބޭނުން ފުރިހަމައަށް ހިފުން މުހިންމު ކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ. ދިވެހިރާއްޖޭގައި ލޮނު އުފެއްދުމުގެ މަސައްކަތް ފެށުމަށް ހަވާލުކޮށްފައި ވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީ އާ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެ މަރުހަލާ އަށް ކިހާ ދުވަހެއް ހޭދަވާނެކަން އޭނާ ހާމައެއް ނުކުރައްވައެވެ. ސައީދު ވަނީ އުންމީދަކީ މި 5 އަހަރު ދުވަހުގެ ތެރޭގައި އެކަން ކޮށް ނިންމުންކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް