Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަޖިލީސް ޗުއްޓީއަށް

ފުރަތަމަ ދައުރު ނިންމާ މަޖިލީސް ޗުއްޓީ އަށް

މީގެކުރިން މަޖިލިސްގެ މަސައްކަތްތައް ހުރި ނަމަ ދައުރު ދިގު ދަންމާލާ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2023 | ބުރާސްފަތި 09:21
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ނިންމާލައިފިއެވެ.

މީގެކުރިން މަޖިލިސްގެ މަސައްކަތްތައް ހުރި ނަމަ ދައުރު ދިގު ދަންމާލައެވެ. އެކަންކުރަނީ މަޖިލިހުގެ ރިޔާސަތުން ތަޅުމަށް ހުށަހަޅާ މެންބަރުންގެ ވޯޓަށް އަހައިގެންނެވެ.

Advertisement - newsAdvertisement

ދެން މަޖިލީސް ފަށާނީ ދެ ހަފްތާގެ ޗުއްޓީއަކަށް ފަހުގައެވެ. މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީސް ޗުއްޓީ އަށް ދިޔަޔަސް ކޮމިޓީ މަސައްކަތްތައް ކުރިއަށް ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލީހުގެ މި ދައުރުގައި ވަރަށް ގިނަ ބިލްތަކާއި ގަރާރުތަކަށް ބަހުސްކޮށްފައިވާ ކަަމަށް ވެސް ވިދާޅުވިއެވެެ.

މަޖިލީހުގައި ކޮންމެ އަހަރެއްގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ބާއްވަމުން އަންނަނީ ފެބްރުއަރީ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށެވެ. އަދި ދެވަނަ ދައުރުގެ ޖަލްސާތައް ފަށާނީ މެއި މަހުގެ 16 ވަނަ ދުވަހުއެވެ.

ބުރާސްފަތި ދުވަހު ވޯޓު ގަޑީގައި ވޯޓަށް އަހާފައި ވަނީ ކުޅިވަރާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލާއި ނައިބު ރައީސް ފައިސަލް ނަސީމް، ރައީސްކަމުގެ ހުވާކުރައްވާފައި ވަނިކޮށް، ރައީސް އިބްރާހީމް މުހައްމަދު ސާލިހު އަލުން ރައީސްގެ މަސްއޫލިއްޔަތުތަކާ ހަވާލުވެވަޑައިގަތުމުން ދުސްތޫރި އޮޅުންބޮޅުމެއް އޮތް ކަމަށް ބުނާ މައްސަލަ ހައްލުކުރުމަށް އިދިކޮޅުން ހުށަހެޅި ގަރާރަށެވެ. އެ ގަރާރު ވަނީ ބެރުކޮށްލާފައެވެ. އަދި ކުޅިވަރުގެ ޤާނޫނު ވަނީ މަޖިލީހަށް ބަލައިގަނެފައެވެ.

އިތުރަށް ކިޔާލަން

02 މާރިޗު 2017

ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!

02 މާރިޗު 2017
ސައޫދީ ރަސްގެފާނު ރާއްޖެ ވަޑައިގަންނަވާ ގޮތައް ފުރަތަމަ އޮތީ ހަމަ އެކަނި ޗުއްޓީއަކަށް!
26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
08 ފެބުރުއަރީ 2017

ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް

08 ފެބުރުއަރީ 2017
ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓްގެ މަރާމާތުގެ މަސައްކަތް ނިންމާލެވޭނެ ދުވަހެއް ނޭނގޭ: ކަރެކްޝަނަލް ސާވިސް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
05 ފެބުރުއަރީ 2017

އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ

05 ފެބުރުއަރީ 2017
އޭޕްރީލް 8 ވަނަ ދުވަހު ސްކޫލުތަކުގައި ވަރަށް މުހިއްމު ހަރަކާތެއް ބޭއްވުމަށް ވަނީ މާކުރިން ނިންމާފަ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު