Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމެންބަރު ތާރިޤު ހުށަހެޅުއްވި ގަރާރު

ފައިސަލް ވަގުތީގޮތުން ރައީސްގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތުމުން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

ފައިސަލް މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ، ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރައްވާތީ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 27 އެޕްރީލު 2023 | ބުރާސްފަތި 09:13
މަޖިލީހުގެ ޖަލްސާއެއްގައި މެންބަރު ތާރިޤު

މަޖިލީހުގެ ޖަލްސާއެއްގައި މެންބަރު ތާރިޤު

ނާއިބު ރައީސް ފައިސަލް ނަސީމް ވަގުތީގޮތުން ރައީސްގެ މަސްޢޫލިއްޔަތުތަކާއި ހަވާލުވެވަޑައިގަތުމުން ހުށަހެޅި ގަރާރު މަޖިލީހަށް ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

2018 ވަނަ އަހަރު އިންތިޚާބުކުރެވުނު ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ރައީސުލްޖުމްހޫރިއްޔާގެ ދުސްތޫރީ ހުވައިކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ހަވާލުވެވަޑައިގެންފައިވަނިކޮށް، 2018 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންފައިވާ ރައީސުލްޖުމްހޫރިއްޔާ އަލުން މަޤާމާ ހަވާލުވެވަޑައިގަތުމުން އުފެދިފައިވާ ދުސްތޫރީ އޮޅުންބޮޅުމަށް ސާފު ހައްލެއް ހޯދައިދިނުމަށް ގޮވާލާ މެންބަރު ތާރިޤު ހުށަހަޅާފައިވާ ގަރާރުގެ ބަހުސް ނިމިދިޔަ ހަފްތާގައި ކުރިއަށް ގެންދިޔައެވެ.

Advertisement - newsAdvertisement

އެ ގަރާރާއި ދެކޮޅަށް 40 މެންބަރުން ވޯޓު ދެއްވިއިރު ގަރާރު ބަލައިގަތުމަށް ވޯޓު ދެއްވީ 7 މެންބަރުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ 1 މެންބަރަކު އިންނެވި އެވެ.

އެ ގަރާރަކީ ރައީސްގެ މަޤާމާ މެދު ސުވާލު އުފައްދާ ހުށަހެޅި ގަރާރެއް ކަަމަށް ފުރަތަމަ ހީވިއެވެ. ނަމަވެސް މެންބަރު ތާރިޤު ވަނީ އޭނާ ހުށަހެޅުއްވީ ދުސްތޫރީ މައްސަލަ އެއް ކަަމަށް ވިދާޅުވެފައެވެ.

އެގޮތުން އެއްވެސް ހާލެއްގައި ރައީސް ޞާލިހު ޤާނޫނު އަސާސީ އާއި ޚިލާފު ކަމެއް ކުރެއްވިކަމަށް ވިދާޅުވެފައި ނުވާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ހުށަހެޅުއްވި މައްސަލަ އަކީ ދުސްތޫރީ މައްސަލައަކާއި ގުޅުން ހުރި ކަމެއް ކަަމަށާއި އެ ކަމަކީ ޤާނޫނު އަސާސީގައި އޮތް މައްސަލައަކަށް ބަހުސްކުރުމުގެ ބޭނުމުގައި ހުށަހެޅި މައްސަލަ އެއް ކަމަށް ވެސް މެންބަރު ތާރިޤު ވިދާޅުވިއެވެ.

އެ މައްސަލަ ހުށަހެޅީ ބަޣާވާތެއް ކުރުމުގެ ގޮތުން ނޫން ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ރައީސް އަލުން މަޤާމާއި ހަވާލުވެވަޑައިގަތުމުން ނައިބު ރައީސްގެ ހުވަޔަށް ވެގެންދާނީ ކިހިނެތްކަން ސާފުވާން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް ވަގުތީގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ތައިރޮއިޑް ފަރުވާއަކަށް އޮޕަރޭޝަނެއް ކުރައްވާތީ، އެ އޮޕަރޭޝަނަށްފަހު އަލުން އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ޙަވާލުވެވަޑައިގަންނަވަންދެނެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި

05 އެޕްރީލު 2017
ޕީޕީއެމްގެ ރައީސްގެ އޮފީސް ބެލެހެއްޓުން ފުލުހުން ހުއްޓާލައިފި
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
31 މާރިޗު 2017

ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!

31 މާރިޗު 2017
ފުލުހުންގެ ހިދުމަތާ ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ރައީސްގެ ވާހަކަފުޅު މުޅިން ތަފާތު!
26 މާރިޗު 2017

ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!

26 މާރިޗު 2017
ގާޒީ އާލާސްކަންފުޅާ އުޅުއްވާތީ އަމީން ފައިސަލްގެ އަޑުއެހުން ކެންސަލް!
22 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި

22 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު