Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލޭ ޕްލޭނިންގ ޤަވާއިދު

ހުޅުމާލޭ ގެތައް 6 ބުރިއަށް ހެދޭގޮތަށް ޕްލޭނިންގ ޤަވާއިދު ގެޒެޓުކޮށްފި

27 އެޕްރީލު 2023 | ބުރާސްފަތި 08:31

ކުރެހުން ފާސްކުރާތާ މަދުވެގެން 2 އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ދިރިއުޅެންވާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އެޕްރީލު 2023 | ބުރާސްފަތި 08:31
ހުޅުމާލޭގެ ސަރަހައްދުތައް

ހުޅުމާލޭގެ ސަރަހައްދުތައް

ހުޅުމާލޭ ގެތައް 6 ބުރިއަށް ހެދޭގޮތަށް ހުޅުމާލޭ ޕްލޭނިންގ ޤަވާއިދު ގެޒެޓުކޮށްފިއެވެ.

ހުޅުމާލެ ޕްލޭނިންގ އަދި އިމާރާތް ކުރުމުގެ ގަވާއިދު ގެޒެޓު ކޮށްފައިވާއިރު، އިމާރާތެއްގައި އެންމެ ގިނަވެގެން ހިމެނޭނީ 6 ފަންގިފިލާކަމަށް ވަނީ ބަޔާންކޮށްފައެވެ.

މި ޤަވާއިދު ކުރިން މަޖިލީހުން އެކުލަވާލީ ހުޅުމާލޭގައި ދިރުއުޅެން އާންމުންނަށް ދޫކޮށްފައިވާ ހުރިހާ ބިންތަކުގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށެވެ. ނަމަވެސް ހުޅުމާލޭގައި އާންމު ފަރުދުންގެ އެންމެންނަށް 10 ބުރިއަށް އިމާރާތް ކުރުމަށް ހުއްދަ ދޭން ޕްލޭނިންގ މިނިސްޓްރީގެ އިތުރުން އެޗްޑީސީންވެސް ވަނީ ދެކޮޅު ހަދާފައެވެ. އެގޮތުން އެއީ ހުޅުމާލޭގެ އިންފްރާސްޓްރަކްޗަރ އަށް އޭގެ ނުރަނގަޅު އަސަރު ކުރާނެ ކަމެއްކަމަށް އެ ފަރާތްތަކުން މަޖިލީހުގައިވެސް ބުނެފައިވެއެވެ.

މި ގަވާއިދު އިސްލާހުކޮށް ކޮމިޓީން ފާސްކޮށްފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމުގައެވެ. ނަމަވެސް މި ގަވާއިދު ގެޒެޓްކޮށްފައިނުވާތީ، އެކަން މަޖިލީހުގެ ގަވާއިދު ކޮމިޓީން އޭރު ވަނީ ދިރާސާކޮށްފައެވެ. 

މިހާރު ބަދަލުތަކާއެކު މި ޤަވާއިދަށް އަމަލު ކުރަން ފަށާފައިވަނީ ބުދަ ދުވަހުއެވެ.

ޤަވާއިދުގައި ބުނެފައިވާ ގޮތުގައި ހުޅުމާލޭގައި އެއްވެސް އިމާރާތެއް ހަދަން ފަށަންވާނީ، އެފަދަ އިމާރާތެއް ކުރުމުގެ ކުރިން، އިމާރާތެއް ކުރުމުގެ ހުއްދަ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ހޯދުމަށް ފަހުގައެވެ. އެގޮތުން އިމާރާތް ކުރުމުގެ ހުއްދައާއި އެ ހުއްދައާ ގުޅޭ އެހެނިހެން ހުއްދަތައް ދޫކުރެވޭނީ، އިމާރާތުގެ ކުރެހުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑަށް ހުށަހަޅައި، އެ ކޯޕަރޭޝަނުން އެ ކުރެހުން ފާސްކުރުމުންކަމަށްވެސް ޤަވާއިދުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، ކުރެހުން ފާސްކުރާތާ މަދުވެގެން 2 އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ދިރިއުޅެންވާނެކަމަށްވެސް ޤަވާއިދުގައި ބުނެއެވެ.

ނަމަވެސް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެ މުއްދަތު އިތުރުކުރުމަކަށް މި ގަވާއިދު ހުރަހެއް ނާޅައެވެ.

އިތުރަށް ކިޔާލަން

05 އެޕްރީލު 2017

ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި

05 އެޕްރީލު 2017
ހުޅުމާލޭ ސެންޓްރަލް ޕާކް ތަރައްޤީ ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި
07 މާރިޗު 2017

ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން

07 މާރިޗު 2017
ހުޅުމާލޭގައި އަންހެނަކު ރޭޕް ކުރި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރެއް ނުކުރަން: ފުލުހުން
01 މާރިޗު 2017

ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ

01 މާރިޗު 2017
ހުޅުމާލޭ ބަނދަރުގައި އަޅާފައި ހުންނަ ދޯނިތަކުން މާރޗް މަހުން ފެށިގެން ފީ ނަގަނީ
28 ފެބުރުއަރީ 2017

ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ

28 ފެބުރުއަރީ 2017
ހުޅުމާލޭގައި ރޯހައުސެއްގެ ބެލްކަނިން ކުޑަ ކުއްޖަކު ވެއްޓިއްޖެ
19 ފެބުރުއަރީ 2017

ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި

19 ފެބުރުއަރީ 2017
ހުއްދަ ނެތި ހުޅުމާލޭ ހުޅަނގު ފަރާތުގައި އަޅާފައިވާ އުޅަނދުތައް ނަގަން ނިންމައިފި
18 ފެބުރުއަރީ 2017

ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު

18 ފެބުރުއަރީ 2017
ހުޅުމާލޭަގައި ދިރިއުޅޭ ހުރިހާ ޒުވާނުންނަށް ވަޒީފާ ހޯދަދޭނަން: މިނިސްޓަރ ސައީދު
31 ޖެނުއަރީ 2017

މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ

31 ޖެނުއަރީ 2017
މާދަމާއިން ފެށިގެން މާލެ އާއި ވިލިމާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލަން ތައްޔާރުވެއްޖެ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް