Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ބައިޑަން ދެވަނަ ދައުރަކަށް

"މަށަށް ހީވަނީ ބައިޑަން މިހާރު މާ ބޮޑަށްވެސް މުސްކުޅިފުޅު ވެއްޖެހެން"

ވެރިކަމުގެ 2 ވަނަ ދައުރަކަށް ޑިމޮކްރަޓިކް ޕާޓީން މަސައްކަތް ކުރުމަކީ، ނުރައްކާ ކުޅުމަކަށް ނޫނީ ނުވާނެ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 26 އެޕްރީލު 2023 | ބުދަ 12:34
އެމެރިކާގެ ރައްޔިތުން ބުނަނީ ބައިޑަން ވެރިކަން ކުރައްވާ ވަރަށްވުރެ މުސްކުޅިފުޅު ވެއްޖެކަމަށް

އެމެރިކާގެ ރައްޔިތުން ބުނަނީ ބައިޑަން ވެރިކަން ކުރައްވާ ވަރަށްވުރެ މުސްކުޅިފުޅު ވެއްޖެކަމަށް

ކޮންމެ ގޮތަކުން ނަމަވެސް ދުނިޔޭގެ އެންމެ ވަރުގަދަ ގައުމުކަމަށް ވަކާލާތު ކުރަމުން އަންނަ އެމެރިކާގެ، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި މިވަގުތު ހުންނެވި ޖޯ ބައިޑަންއަކީ އެމެރިކާގެ ވެރިކަމުގެ ތާރީޚު ދުށް، އެންމެ އުމުރުން ދޮށީ ރައީސެވެ. އުމުރަކީ "ހަމައެކަނި އަދަދެއް" ކަމަށް ބައެއް މީހުން ބުނެއުޅޭއިރު، މިހާރު ޢުމުރުފުޅުން 80 އަހަރު ވެފައިވާ ބައިޑަން މި ވަނީ، 2024 ވަނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ ރޭހުގައި، ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވަން މަސައްކަތްޕުޅު ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. އެއީ އަނެއްކާވެސް އަނެއް 4 އަހަރު ދުވަހެވެ. ކަން މިހެން އޮތްއިރު، އެމެރިކާގެ ރައްޔިތުން މިކަމާ ދެކެނީ ކިހިނެއްބާއެވެ؟

ވަޒީފާ އަދާކުރުމަށްޓަކައި ޕެންސިލްވޭނިއާއިން ނިއުޔޯކް ސިޓީއަށް ދަތުރުކުރަމުން ދިޔަ ޗާލްސް ކޭގަލް ބުނިގޮތުގައި، ވެރިކަން ކުރެއްވުމުގެ އާރާއި ބާރު ބައިޑަންގެ ހަށިކޮޅުގައި ހުރިކަމަށް ވަންޏާ، ދެވަނަ ދައުރަކަށް މަސައްކަތްޕުޅު ނުކުރައްވާންވީ ސަބަބެއް ނެތެވެ. ނަމަވެސް، ޓެނެސީގެ ރަށްވެއްސެއް ކަމާށްވާ ޖޯއޭން ގާރސިއާގެ ޚިޔާލު ތަފާތެވެ.

2024ގައި ވެރިކަމުގެ 2 ވަނަ ދައުރެއް ހޯއްދަވަން ބައިޑަން ނުކުންނަވާނެކަން އިއުލާންކުރެއްވީ، އޭނާގެ ކެމްޕޭން ޓީމުން ތައްޔާރުކޮށްފައިވާ ވީޑިއޯއެއް މެދުވެރިކުރައްވާއެވެ. އެ ވީޑިއޯގައި ބައިޑަން ވަނީ، އެމެރިކާގެ ޑިމޮކްރަސީ ދިފާއުކުރެއްވުމަކީ އޭނާގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވެފައެވެ. ވީޑިއޯ ފެށިގެން ދަނީވެސް، ޖެނުއަރީ 6، 2021 ވަނަ ދުވަހު، އެމެރިކާގެ އޭރުގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން، އެ ގައުމުގެ މަޖިލިސްކުރާގެ، ނުވަތަ ކެޕިޓަލް ބިލްޑިންގ ސަރަހައްދުގައި ހިންގި ހަމަނުޖެހުންތަކުގެ މަންޒަރުތަކުންނެވެ. 

އެމެރިކާގެ އަދުގެ އިދިކޮޅު ސިޔާސީ ފިކުރު ކަމުގައިވާ ރިޕަބްލިކަންސްގެ ޕްލެޓްފޯމްތަކަކީ އެމެރިކާގެ މިނިވަންކަމަށް އޮތް ނުރައްކަލެއްގެގޮތުގައި ބައިޑަން ވަނީ ސިފަކުރައްވާފައެވެ. "މޭކް އެމެރިކާ ގްރޭޓް އަގެއިން" ނުވަތަ މާގާގެ ނަމުގައި ރިޕަބްލިކަންސް ފިކުރުން ޕްރޮމޯޓް ކުރަމުންދާ ކަންކަމުގެ ތެރެއިން؛ އަންހެނުންނަށް ލިބިދޭންޖެހޭ ސިއްހީ ފަރުވާގެ ކަންކަން އުނިކުރުމާއި، އިޖުތިމާއީ ސަލާމަތް ކަށަވަރުކޮށްދޭ ދާއިރާތައް ހަނިކުރުން ފަދަ ކަންކަމާ ދެކޮޅަށް މަސައްކަތް ކުރައްވާނެ ކަމަށް ބައިޑަން ވަނީ ވައުދުވެވަޑައިގެންފައެވެ. "މާގާ"އަކީ ޓްރަމްޕްގެ ކެމްޕޭން ޝިއާރެވެ.

ޓްރަމްޕާ ދެކޮޅަށް މިހާރުވެސް ބައިޑަން ކުރި ހޯއްދަވައި، އެކަން ސާބިތު ކޮށްދެއްވާފައި ވާކަމަށް ބައެއް ރައްޔިތުން ބުނާއިރު، މިހާތަނަށް ލިބިފައިވާ ކާމިޔާބީތަކާމެދު ހިތްހަމަޖެހޭ މީހުންވެސް އެބަތިއްބެވެ. ނަމަވެސް، އެކަމާ ދެކޮޅު މީހުންވެސް ވަކި މަދެއްނޫނެވެ.

ބައިޑަންގެ އުމުރުފުޅަށް ބަލާއިރު، ވެރިކަމުގެ 2 ވަނަ ދައުރަކަށް ޑިމޮކްރަޓިކް ޕާޓީން މަސައްކަތްކުރުމަކީ، ނުރައްކާ ކުޅުމަކަށް ނޫނީ ނުވާނެއެވެ. 2024 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި 2 ވަނަ ދައުރެއް ކަށަވަރުކުރެއްވުމަށް ބައިޑަންއާއެކު ދެން މަސައްކަތްކުރައްވާނީ، މިހާރުވެސް ނައިބު ރައީސް ކަމަލާ ހެރިސްއެވެ.

އޭޕްރިލް 19 ވަނަ ދުވަހު ރޮއިޓަރޒްއިން އާންމުކޮށްފައިވާ ޚިޔާލު ހޯދުމުގެ ސަރވޭއަކަށް ބަލާއިރު، ރައީސެއްގެ ހައިސިއްޔަތުން ބައިޑަންގެ މަގުބޫލުކަން އުޅެނީ 39 ޕަސެންޓްގައެވެ. ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރައްވައި، އެ ދައުރު ފުރިހަމަ ކުރައްވައިފިނަމަ، އޭރު ބައިޑަންގެ އުމުރުފުޅަކަށް ވާނީ 86 އަހަރެވެ. އެއީ އެމެރިކާގެ ފިރިހެނުންނަށް ބަލާއިރު، އާންމު ގޮތެއްގައި މީހަކު ދިރިހުންނާނެ ކަމަށް ބަލާ އެންމެ ދިގު އުމުރު ނުވަތަ ލައިފް އެކްސްޕެކްޓަންސީއަށްވުރެ 10 އަހަރު ދޮށީ އުމުރެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

ނާޒިމަށް އިންސާފާއި މިނިވަންކަން ނުދޭން ދައްކާނެ ބަހަނާއެއް މިހާރު ނެތް!

02 ސެޕްޓެމްބަރު 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

"ލޯބިވާ، މިހާރު ވަރަށް ކަންބޮޑުވެއްޖެ، ހެޔޮނުވާނެ ސަލާމަތުން ހުރިއްޔާ އަންގާލަ ދީބަލަ"

29 އެޕްރީލު 2017
"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

"ގަބޫލެއް ނުކުރޭ ޔާމީނު މަރުވިކަމަށް، ހީވަނީ ހަމަ ދެންމެވެސް ގެއަށް ވަދެދާނެއޭ"

26 އެޕްރީލު 2017
ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

13 އެޕްރީލު 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު