Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕްރެޒިޑެންޓް ކަޕް

ތަކުރާރުކޮށްލަން އީގަލްސްއަށް ރަނގަޅު ފުރުޞަތެއް، ސާންތިގެ ކަންބޮޑުވުމަކީ ހަވީރު ކުޅެން ޖެހުން

ބުރާއި އީގަލްސް ވާދަކުރާ ސެމީފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހު ހަވީރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 26 އެޕްރީލު 2023 | ބުދަ 11:24
ކުލަބް އީގަލްސްގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ)

ކުލަބް އީގަލްސްގެ ކޯޗު އިޙުސާން ޢަބްދުލް ޣަނީ (ސާންތީ)

އަލުން ޕްރެޒިޑެންޓް ކަޕްގެ ތަށި ހޯދަން މިއީ ރަނގަޅު ފުރުޞަތެއް ކަމަށާއި, އެކަމަކު ސެމީފައިނަލް މެޗު ހަވީރު ކުޅެން ޖެހުމަކީ ޗެލެންޖެއްކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބުދުލްޣަނީ (ސާންތި) ބުނެފިއެވެ.

ގްރޫޕް ސްޓޭޖްގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ ސެމީފައިނަލަށް ދަތުރުކުރި ޓީމްގެ ކޯޗު ބުނީ މިއީ އީގަލްސްއާއި އޭނާއަށްވެސް ޚާއްޞަ މުބާރާތެއްކަމަށެވެ. އަދި އަލުން ތަށި ހޯދަން ރަނގަޅު ފުރުޞަތެއް ކަމަށެވެ. އެކަމަކު ފުރަތަމަ ދެ މެޗު އަދި އޭގެކުރިން ޗެރިޓީ ޝީލްޑް މެޗުވެސް ރޭގަނޑު ކުޅުމަށްފަހު ގަދަ ހޫނުގައި ހަވީރު ސެމީފައިނަލް މެޗު ކުޅެން ޖެހުމަކީ ޗެލެންޖެއްކަމަށް ބުންޏެވެ. އެއާއެކު ހަ ދުވަސް ތެރޭ ތިން މެޗު ކުޅެން ޖެހުމަކީވެސް ވިސްނަންޖެހޭ ކަމެއްކަމަށް ސާންތި ބުންޏެވެ. ސެމިފައިނަލްގައި އިދިކޮޅަށް ނިކުންނަ ބުރު ތިން މެޗު ކުޅުނީ 13 ދުވަސް ތެރޭގައެވެ. އަދި ސެމީފައިނަލަށް ނިކުންނަނީ ހަ ދުވަހުގެ ރިކަވަރީ އަށްފަހުކަން ސާންތި ފާހަގަކުރިއެވެ.

ސާންތި ބުނީ އޭނާއަށް ޓީމްގައި އަދިވެސް މުޅިން ހިތްހަމަޖެހޭވަރަށް ސެޓްކޮށް ނުލެވެނީ ޑިފެންސްކަމަށެވެ. އެކަމަކު އިސްމާއީލް އީސާ ފަދަ ތަޖުރިބާ ބޮޑު ކުޅުންތެރިން ޓީމްގައި ތިބުމާއި, އެކުޅުންތެރިން ރަނގަޅު ފޯމެއްގައި ތިބުން އެއީ ހިތްހަމެޖެހުމެއް އަދި އެޑްވާންޓޭޖެއްކަމަށް ސާންތި ބުންޏެވެ. އިދިކޮޅަށް ނިކުންނަ ބުރާ ގުޅޭގޮތުން ސާންތި ބުނީ ލީގު ޗެމްޕިއަން މާޒިޔާ ބަލިކޮށްގެން ސެމީއަށް އަންނައިރު ބުރު އޮންނާނީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށެވެ. އެހެންކަމުން ބުރަކީ ދެރަ ޓީމެއްގެ ގޮތުގައި ބެލެވެން ނެތްކަމަށެވެ.

ބުރުގެ ކޯޗު ނިޒާމްބެއަށް އިޝާރާތްކޮށް ބުނީ ބުރުން ޖެހިލުންވާ ޓީމެއް ނެތްކަން ތަކުރާރުކޮށް ބުނަމުން ނިޒާމްބެ އެކަން ސާބިތުކޮށްދީފިކަމަށެވެ. އަދި ބުރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާއިރު ޒުވާން ކުޅުންތެރިން ގެންގުޅެން އިނގޭ, ޒުވާން ކުޅުންތެރިން އުފައްދާ ކޯޗެއް ހުރުމަކީ ބުރަށް އޮތް އެޑްވާންޓޭޖެއް ކަމަށްވެސް ސާންތި ބުންޏެވެ.

ބުރާއި އީގަލްސް ވާދަކުރާ ސެމީފައިނަލް މެޗު ކުޅޭނީ ބުރާސްފަތި ދުވަހު ހަވީރެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

މިދިޔަ ސީޒަނުގައި ހަމައެކަނި ބަލިނުކުރެވުނީ ނިއު، ރަނގަޅު ފައިޓެއް މިފަހަރު ދޭނަން: އާތީ

08 މާރިޗު 2017
ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

ޓީސީ އަށް ތާރީހު ބަދަލުކޮށްލަން ރަނގަޅު ފުރުސަތެއް!

27 ފެބުރުއަރީ 2017
އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

އެއްވެސް ޓީމަކުން ހަތަރު ތަށީގެ ވާހަކަ ނުދެއްކުން ރަނގަޅު: ސޮބާ

11 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 މެއި
"ޕްރިންސް އޮފް މަޑަގަސްކަރަ"!
20251 އަހަރު ކުރިން
ރިޕޯޓު

"ޕްރިންސް އޮފް މަޑަގަސްކަރަ"!

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!
20242 އަހަރު ކުރިން
ރިޕޯޓު

އިމްރާންގެ ވީޑިއޯއާއެކު ރައީސް ޖެއްސެވީ މެޑަލް!

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް
20233 އަހަރު ކުރިން
މީހުން

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"
20224 އަހަރު ކުރިން
ރާއްޖެ

އެލިމިނޭޓް ވުމުން އައްޒަ: "އެންމެ ހީނުކުރާ މީހާ ދެކޮޅަށް ވޯޓުދިނުމުން ސަޕްރައިޒްވި"

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދުގެ ހާލުކޮޅު ސީރިއަސް

ބިލެތުގެ ސިއްހީ ބައެއް ފައިދާ!
20197 އަހަރު ކުރިން
ސިއްހަތު

ބިލެތުގެ ސިއްހީ ބައެއް ފައިދާ!

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ބަހުގެ ހަމަލާތަކާއެކު އުއްތަމަ ފަނޑިޔާރުގެ ޝަރީއަތުގައި ރެކޯޑިން ވެސް އިއްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު