Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިހުސާން ޢަބްދުލްޣަނީ (ސާންތި)

ފުޓުބޯޅައިގެ ޚިދުމަތްތެރިޔާ ސާންތީ ކޯޗު ނިޔާވެއްޖެ

އުމުރުން 51 އަހަރުގައި ސާންތީ ކޯޗު ނިޔާވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 މާރިޗު 2025 | ހޮނިހިރު 23:41
ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރި، އަދި ކުލަބު އީގަލްސްގެ ކޯޗު ކަމުގައި ވެސް މަސައްކަތް ކުރި އިޙުސާން ޢަބްދުލް ޣަނީ (ސާންތީ)

ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތް ކުރި، އަދި ކުލަބު އީގަލްސްގެ ކޯޗު ކަމުގައި ވެސް މަސައްކަތް ކުރި އިޙުސާން ޢަބްދުލް ޣަނީ (ސާންތީ)

ދިވެހި ރާއްޖެ އަށް ފުޓުބޯޅަ އަށް އަގު ހުރި ޚިދުމަތްތަކެއް ކޮށްދީފައިވާ މަޝްހޫރު ކޯޗު، އިޙުސާން ޢަބްދުލް ޣަނީ (ސާންތީ ކޯޗު) ނިޔާވެއްޖެ އެވެ.

އުމުރުން 51 އަހަރުގައި ސާންތީ ކޯޗު ނިޔާވެފައި ވަނީ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި ނިޔާވީ، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ގެންދަނިކޮށް ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

ސާންތީ ކޯޗު ނިޔާވީއިރު އައީ ކެންސަރު ބައްޔަށް ވެސް ފަރުވާ ހޯދަމުންނެވެ.

ދިވެހި ފުޓުބޯޅަ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ސާންތީ ކޯޗު ވަނީ ރާއްޖޭގެ އެކި ކުލަބުތަކުގެ އިތުރުން، ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ސާންތީ ކޯޗު ވަނީ ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓު ކޯޗުގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. 2008 ވަަނަ އަހަރު ރާއްޖެ އިން ސަރަހައްދީ ފުޓުބޯޅަ މުބާރާތް (ސާފް ޗެމްޕިއަންޝިޕް) ކާމިޔާބު ކުރިއިރު، އެ އަހަރު ސާންތީ ކޯޗު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެންމެ ފަހުން ސާންތީ ކޯޗު ހުރީ ކުލަބު އީގަލްސްގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެ މަގާމުން 2023 ވަނަ އަހަރު ވަކިވީ ވެސް، ބަލި ޙާލަތު ހުރި ގޮތުގެ ސަބަބުންނެވެ. އީގަލްސްގެ އިތުރުން ސާންތީ ކޯޗު ވަނީ ޔުނައިޓެޑް ވިކްޓްރީ އަދި ކުލަބު އޭދަފުއްޓަށް ވެސް އިރުޝާދު ދީފަ އެވެ.

ކޯޗިން ކެރިއަރުގެ އިތުރުން ސާންތީ ކޯޗު ވަނީ، ފުޓުބޯޅަ ހިންގުމުގައި ވެސް ގިނަ ޚިދުމަތްތަކެއް ކޮށްފަ އެވެ. އެގޮތުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ވަނީ އަދާ ކޮށްފަ އެވެ.

އޭގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަމުގެ މަގާމު ވެސް ސާންތީ ކޯޗު ވަނީ އަދާ ކޮށްފަ އެވެ.

ސާންތީ ކޯޗު ނިޔާވުމާ ގުޅިގެން، ކުޅިވަރުގައި އިސްކޮށް އުޅުއްވައި ފަރާތްތަކާއި، އެކި އެކި ކުޅުންތެރިންނާއި، އަދި އާންމު ގިނަ ރައްޔިތުން އަންނަނީ ހިތާމަފާޅުކޮށް، އާއިލާ އަށް ތައުޒިޔާ ކިޔަމުންނެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް

15 ފެބުރުއަރީ 2017
ކޯޗުކަމުން ޝާޒް ވަކިކޮށް ސުޒެއިން ގެނައީ ހާސިލްކުރަން ބޭނުންވާ ކަންތައް ނުވެދާނެތީ: ނަޒީމް
15 ފެބުރުއަރީ 2017

ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ

15 ފެބުރުއަރީ 2017
ސުޒޭން އެނބުރި ވިކްޓްރީގެ ކޯޗުކަމާ ހަވާލުވެއްޖެ
07 ފެބުރުއަރީ 2017

ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު

07 ފެބުރުއަރީ 2017
ރަނގަޅަށް ނުކުޅެވުނީ މޫސުމުގެ މައްސަލަ ދިމާވުމުން: ތިމްޕޫގެ ކޯޗު
06 ފެބުރުއަރީ 2017

ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު

06 ފެބުރުއަރީ 2017
ރާއްޖޭގައި ކުރިން ކުޅުނު ކުޅުންތެރިން އެބަތިބި، މޮޅުވެވޭނެ: ތިމްޕޫގެ ކޯޗު
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު