Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އިޙުސާން ޢަބްދުލް ޣަނީ (ސާންތި)

ޤައުމީ ޓީމަށް އެންމެ މުހިންމުވީ ވަގުތު، ސާންތީ ދިއްކޮށްލީ ގޯލްޑް ކާޑު!

ހޮޓަލުން އެދުނީ ވަގުތުން ފައިސާ ދައްކަން ވިޔަސް، ފައިސަ ނެތުމުން ފައިސާ ދައްކާނެ ގޮތަކާ މެދު ކަންބޮޑުވުން އުފެދުނު. އެކަމާ ގުޅިގެން، އެތައް އިރުތަކެއް ވަންދެން ވާހަކަ ދެއްކުމުން، ހޮޓަލުން އެދުނީ ގެރެންޓީއެއް ދިނުމަށް. އެ ވަގުތު، ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ސާންތީ ދިއްކޮށްލީ، ސާންތީގެ ގޯލްޑް ކާޑު. ޤައުމީ ޓީމުން އެދުނު ގޮތަށް، ކޮންމެ ދެ ކުޅުންތެރިޔަކަށް ކޮޓަރިއެއް އަދި ކޮންމެ އޮފިޝަލަކަށް ކޮޓަރިއެއް ހަމަޖެހުނީ އެ ހިސާބުން.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 މާރިޗު 2025 | ހޯމަ 04:56
ޤައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު، އިޙުސާން ޢަބްދުލް ޣަނީ (ސާންތީ)

ޤައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗު، އިޙުސާން ޢަބްދުލް ޣަނީ (ސާންތީ)

އިޙުސާން ޢަބްދުލް ޣަނީ (ސާންތީ) ނުދަންނަ މީހަކު ދިވެހި ރާއްޖޭގައި ނޫޅޭނެއޭ ދެންނެވުމަކީ ކުށަކަށް ނުވާނެ އެވެ. ޚާއްސަކޮށް، ދިވެހި ފުޓުބޯޅައިގައި ސާންތީ ނުދަންނަ މީހަކު ނުހުންނާނެ އެވެ. ސާންތީ އަކީ އެތައް ގޮތަކުން ދިވެހި ފުޓުބޯޅަ އަށް ޚިދުމަތް ކޮށްދީފައިވާ، ދިވެހި ރާއްޖެ ފަޚުރުވެރިވާ ފަދަ، ފަޚުރުވެރިއެކެވެ.

ފުޓުބޯޅައިގައި ސާންތީ ކޮށްފައިވާ ޚިދުމަތަކީ، ކުރު ލިސްޓަކުން ކިޔާލެވޭނެ ޚިދުމަތްތަކެއް ނޫނެވެ. ރާއްޖޭގެ ކުލަބު ފެންވަރުން ފެށިގެން، ޤައުމީ ޓީމަށް ވެސް ސާންތީގެ އަގު ހުރި ޚިދުމަތް ވަނީ ލިބިފަ އެވެ. ހަމައެކަނި ކޯޗެއްގެ ޙައިޞިއްޔަތަކުން ނޫނެވެ. ހިންގުންތެރި މީހެއްގެ ވެސް ޙައިޞިއްޔަތުންނެެވެ. އަދި ވަކިން ޚާއްސަކޮށް، ފުޓުބޯޅަ ދެކެ ލޯބިވާ އަދި ޤައުމު ދެކެ ލޯބިވާ ވަފާތެރިއެއްގެ ޙައިޞިއްޔަތުންނެވެ.

އުމުރުން 51 އަހަރުގައި، ހޮނިހިރު ދުވަހުގެ ރޭ ސާންތީ ނިޔާވުމަކީ، އެތައް ބަޔަކަށް ކުއްލި ހައިރާންކަން ލިބުނު ޚަބަރެކެވެ. ހިތްދަތިކަމާއި، ހިތާމަ އާއި މާޔޫސްކަން ގެނުވި ޚަބަރެކެވެ. ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަތާ ގާތް ގަނޑަަކަށް ދެ އަހަރު ފަހުން ސާންތީ ނިޔާވިއިރު، އެ ޚަބަރާ އެކު އެތައް ބަޔަކު ދިޔައީ ޝުއޫރުތައް ފާޅު ކުރަމުންނެވެ.

ސާންތީ އިރުޝާދު ދިން ކުލަބުތަކާއި، ކުލަބުތަކުގެ އިސްވެރިންނާއި، ކުޅުންތެރިންނާއި، އެކުގައި މަސައްކަތް ކުރި ފަރާތްތަކާއި، އެހެނިހެން ކުލަބުތަކުގެ ފަރާތްތަކާއި، ކުޅިވަރު އާއިލާގެ އެކި ފަރާތްތަކާއި، އާންމު ރައްޔިތުން ދިޔައީ ސާންތީގެ ހަނދާން އައުކޮށް، ހެޔޮ ބަސްތައް ދޫކުރަމުންނެވެ. ސާންތީގެ ޖަނާޒާ އިން ވެސް ފެނުނީ އެމަންޒަރެވެ. އެތައް ބަޔަކު ބައިވެރިވެ ސާންތީގެ ޖަނާޒާ ބޭއްވިއިރު، އެންމެންގެ ފަރާތުން ފެނުނީ ސާންތީ އަށް އޮތް ލޯތްބާއި، އިޙުތިރާމް އެވެ.

ސާންތީގެ ޚިދުމަތަށް ބަލާއިރު، 2008 ވަނަ އަހަރު ރާއްޖެ އިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރިއިރު، އެންމެ ބޮޑު އެއް ޤުރުބާނީއެއްވީ އެކަކީ ސާންތީ އެވެ. އެންމެ ބޮޑު ޚިދުމަތެއް ޤައުމީ ޓީމަށް، ނުވަތަ ޤައުމަށް ކޮށްދިން އެކަކީ ސާންތީ އެވެ. ސާންތީ އަކީ، އެ އަހަރު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓު ކޯޗެވެ.

އެ އަހަރުގެ މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ރާއްޖެ އިން ކުޅުނު ތިން މެޗަށް ފަހު، ސެމީ ފައިނަލް މެޗުގައި ނިކުންނަން ޖެހުނީ ސްރީ ލަންކާއާ ދެކޮޅަށެވެ. ރާއްޖެ އާއި ލަންކާ އެކުވެގެން ކޯ ހޯސްޓު ކުރި އެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަ ކުރުމަށް ރާއްޖެ ދާން ޖެހުނީ ލަންކާ އަށެވެ.

2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ޚާއްސަކޮށްގެން ކުރީގެ ކުޅިވަރު ނޫސްވެރިޔާ ޢަބްދުﷲ އަޒްމީން ލިޔެފައިވާ "އަހަރަމެންގެ ފަޚުރު"، މި ފޮތުގައި ހުރި ވާހަތަކަށް ބަލާއިރު، ސާންތީގެ ވާހަަކަ ފާހަގަ ކޮށްލެވެ އެވެ. ފައިނަލްގެ ކުރިން އޮތް މުހިންމު ސެމީ ފައިނަލް މެޗަށް ލަންކާ އަށް ދިޔަ ޤައުމީ ޓީމަށް، އެންމެ އުނދަގޫވި ވަގުތު އެހީތެރިވީ ސާންތީ އެވެ.

ލަންކާ އަށް ޤައުމީ ޓީމު ދިޔުމަށްފަހު، ޓީމު ތިބެން ނިންމީ ލަންކާގެ މަޝްހޫރު ގަލަދާރީ ހޮޓަލުގަ އެވެ. އެ ހޮޓަލަށް ޤައުމީ ޓީމު ދިޔުމާއެކު، އެ ހޮޓަލުން ބުނީ ޓީމަށް ބޭނުންވާ ވަރަށް ކޮޓަރި ލިބެން ނެތް ކަމަށެވެ. ހޮޓަލުން ނިންމީ ކޮންމެ ތިން ކުޅުންތެރިޔަކަށް ކޮޓަރިއެއް، އަދި ދެ އޮފިޝަލަކަށް ކޮޓަރިއެއް ދިނުމަށެވެ. އެއީ ޓީމުން ބޭނުންވި ގޮތެއް ނޫނެވެ. އަދި އެހާތަނަށް ކަން ކޮށްފައި އޮތް ގޮތެއް ވެސް ނޫނެވެ. ޓީމުން ބޭނުންވީ، ކޮންމެ ދެ ކުޅުންތެރިޔަަކަށް ކޮޓަރިއެއް އަދި ކޮންމެ އޮފިޝަލަކަށް ކޮޓަރިއެކެވެ.

އެކަމަކު، ހޮޓަލުން އެކަމާ ދެކޮޅު ހެދި އެވެ. ކޮންމެ ދެ ކުޅުންތެރިޔަކަށް ކޮޓަރިއެއް ދޭން ބޭނުންވި ނަމަވެސް، ޓީމު އަތުގައި ފައިސާއެއް ނެތެވެ. ހޮޓަލުން އެދުނީ ވަގުތުން ފައިސާ ދައްކަން ވިޔަސް، ފައިސަ ނެތުމުން ފައިސާ ދައްކާނެ ގޮތަކާ މެދު ކަންބޮޑުވުން އުފެދުނެވެ. އެކަމާ ގުޅިގެން، އެތައް އިރުތަކެއް ވަންދެން ވާހަކަ ދެއްކުމުން، ހޮޓަލުން އެދުނީ ގެރެންޓީއެއް ދިނުމަށެވެ.

އެ ވަގުތު، ޤައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ސާންތީ ދިއްކޮށްލީ، ސާންތީގެ ގޯލްޑް ކާޑެވެ. ޤައުމީ ޓީމުން އެދުނު ގޮތަށް، ކޮންމެ ދެ ކުޅުންތެރިޔަކަށް ކޮޓަރިއެއް އަދި ކޮންމެ އޮފިޝަލަކަށް ކޮޓަރިއެއް ހަމަޖެހުނީ އެ ހިސާބުންނެވެ.

"އެކަމަކު އެ މީހުން އެއް ބަހެއް ނުވި ދޭން. އަހަރުމެން ބުނިން ތިއީ އަހަރުމެން އެއްވެސް އިރަކު ކަންތައް ކުރާ ގޮތެއް ނޫނޭ. އެހެންވީމާ ދެ ކުޅުންތެރިޔަކަށް ދޭށޭ ކޮޓަރިއެއް. އެކަމަކު އެއިރު އަހަރުމެން އަތަކު ލާރިއެއް ވެސް ނެތް. މިހެންވެ އެމީހުން ބުނި ގޮތަށް ވަގުތުން ފައިސާ ދެއްކޭނެ ގޮތެއް ނުވި. މިހެންވެ ވަރަށް ވާހަކަ ދައްކައިގެން އެންމެ ފަހުން ގެރެންޓީއެއް ދޭށޭ ބުނީމާ، ސާންތީ ރުޅި އައިސްގެން އެމީހުންނަށް ދިނީ އޭނާގެ ގޯލްޑް ކާޑު. އެ ހިސާބުން އެމީހުން ކޮޓަރިތައް ހަމަޖައްސައި ދިނީ" – އަހަރަމެންގެ ފަޚުރު ފޮތުގައިވެ އެވެ.

މިއީ ސާންތީގެ ޚިދުމަތުގެ ކުޑަ މިންވަރެކެވެ. ޤައުމީ ޓީމާއި، ޤައުމަށް ކޮށްދީފައިވާ ޚިދުމަތުގެ ކުޑަ މިންވަރެކެވެ. ސާންތީގެ ޚިދުމަތުގެ ވާހަކަ ދައްކާ ނަމަ، މުޅިން ވެސް ދެއްކޭނީ މި ކަހަލަ އަގު ހުރި ޚިދުމަތުގެ ވާހަކަ އެވެ. އެންމެ ފަހު ވަގުތާ ހަމައަށް ވެސް ސާންތީ ހުރީ ފުޓުބޯޅަ ދެކެ ލޯބިވާ، ފުޓުބޯޅަ އަށް ތެދުވެރި، ވަފާތެރިއެއްގެ ގޮތުގައި އެވެ.

އެތައް އަހަރެއް ފަހަތަށް ދިޔަސް، ދިވެހި ފުޓުބޯޅައިގައި ސާންތީގެ ޚިދުމަތުގެ ހަނދާން އަބަަދަށް ހުންނާނެ އެވެ. ސާންތީ ކޯޗު އަޅުގަނޑުމެންނާ އެކު ނެތް ކަމުގެ ފަޅުކަން، ދިވެހި ފުޓުބޯޅަ އަށް އަބަދުމެ ކުރާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

މިފަހަރު އިތުރު ވަގުތު ކުޅުނަސް ރައީސް ޔާމީނަށް ކާމިޔާބުވާނެ ކަމަށް ނުފެނޭ!

17 އޯގަސްޓު 2018
އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

24 ޖުލައި 2018
އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

21 މެއި 2018
ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

14 މެއި 2018
މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!

މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!

13 މާރިޗު 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު