Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިޙުސާން ޢަބްދުލް ޣަނީ

ސާންތި ކޯޗުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވަނީ

26 މާރިޗު 2025 | ބުދަ 08:53

ތައުޒިޔާގެ ދަފުތަރު ހުޅުވުން އޮތީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައި، ގަލޮޅު ރަސްމީ ދަނޑުގަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 26 މާރިޗު 2025 | ބުދަ 08:53
މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތި ކޯޗު ބައިވެރިވެ ވާހަކަ ދައްކަނީ

މީގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތި ކޯޗު ބައިވެރިވެ ވާހަކަ ދައްކަނީ

ދާދި ފަހުން ނިޔާވި، ދިވެހި ފުޓުބޯޅަ އަށް ގިނަ ގުނަ ޚުމަތްތަކެއް ކޮށްދީފައިވާ، އަލްމަރުޙޫމް އިޙުސާން ޢަބްދުލް ޣަނީ (ސާންތި) ކޯޗުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރެއް ހުޅުވަން ނިންމައިފި އެވެ.

ކުޅިވަރާއި، ހަށިހެޔޮ ކަމާ ބެހޭ ވުޒާރާ އިން ހާމަކޮށްފައިވާ ގޮތުގައިި، ސާންތި ކޯޗުގެ ހަނދާނުގައި ތައުޒިޔާގެ ދަފުތަރު ހުޅުވުން އޮންނާނީ ބުރާސްފަތި ދުވަހު އެވެ. ތައުޒިޔާގެ ދަފުތަރު ހުޅުވުން އޮތީ ބުރާސްފަތި ދުވަހުގެ ހަވީރު 16:00 ގައި، ގަލޮޅު ރަސްމީ ދަނޑުގަ އެވެ.

މުރުން 51 އަހަރުގައި ސާންތި ކޯޗު ނިޔާވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަދި ނިޔާވީ، ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ގެންދަނިކޮށެވެ ސާންތި ކޯޗު ނިޔާވީއިރު އައީ ކެންސަރު ބައްޔަށް ވެސް ފަރުވާ ހޯދަމުންނެވެ.

ދިވެހި ފުޓުބޯޅަ އަށް ގިނަ ޚިދުމަތްތަކެއް ކޮށްދީފައިވާ ސާންތި ކޯޗު ވަނީ ރާއްޖޭގެ އެކި ކުލަބުތަކުގެ އިތުރުން، ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ސާންތި ކޯޗު ވަނީ ރާއްޖޭގެ ސީނިއާ ޤައުމީ ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓު ކޯޗުގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. 2008 ވަަނަ އަހަރު ރާއްޖެ އިން ސަރަހައްދީ ފުޓުބޯޅަ މުބާރާތް (ސާފް ޗެމްޕިއަންޝިޕް) ކާމިޔާބު ކުރިއިރު، އެ އަހަރު ސާންތީ ކޯޗު ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

އެންމެ ފަހުން ސާންތި ކޯޗު ހުރީ ކުލަބު އީގަލްސްގެ ކޯޗުކަމުގެ މަގާމުގަ އެވެ. އެ މަގާމުން 2023 ވަނަ އަހަރު ވަކިވީ ވެސް، ބަލި ޙާލަތު ހުރި ގޮތުގެ ސަބަބުންނެވެ. އީގަލްސްގެ އިތުރުން ސާންތި ކޯޗު ވަނީ ޔުނައިޓެޑް ވިކްޓްރީ އަދި ކުލަބު އޭދަފުއްޓަށް ވެސް އިރުޝާދު ދީފަ އެވެ.

ކޯޗިން ކެރިއަރުގެ އިތުރުން ސާންތި ކޯޗު ވަނީ، ފުޓުބޯޅަ ހިންގުމުގައި ވެސް ގިނަ ޚިދުމަތްތަކެއް ކޮށްފަ އެވެ. އެގޮތުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު ވެސް ވަނީ އަދާ ކޮށްފަ އެވެ.

އޭގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ޗެއާމަންކަމުގެ މަގާމު ވެސް ސާންތި ކޯޗު ވަނީ އަދާ ކޮށްފަ އެވެ.

ސާންތި ކޯޗުގެ ޖަނާޒާ މިދިޔަ އާދީއްތަ ދުވަހު ބާއްވާފައިވާއިރު، ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަނާޒާގައި ބައިވެރިވެފަ އެވެ. އަދި ސާންތި ކޯޗުގެ ވަކިވުމާ އެކު، ކުޅިވަރު އާއިލާ އިން އަންނަނީ އެކަމުގެ ހިތާމަ ފާޅުކޮށް، އާއިލާ އަށް ތައުޒިޔާ ވެސް ކިޔަމުންނެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި

11 އެޕްރީލު 2017
ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
25 ފެބުރުއަރީ 2017

ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި

25 ފެބުރުއަރީ 2017
ބޮބީއަކީ ގައުމީ ލެވެލްގައި ވިދާލާނެ ކުޅުންތެރިއެއް: ސާންތި
24 ފެބުރުއަރީ 2017

އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި

24 ފެބުރުއަރީ 2017
އީގަލްސްގެ ނަސީބު ދެރައީ، ރަނގަޅަށް ކުޅުނީވެސް އަހަރުމެން: ސާންތި
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
05 ފެބުރުއަރީ 2017

ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި

05 ފެބުރުއަރީ 2017
ޕްރެޒިޑެންޓް ކަޕަކީ ބަޔަކު ވެލިއުކުރާ މުބާރާތެއް ނޫން: ސާންތި
03 ފެބުރުއަރީ 2017

ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް

03 ފެބުރުއަރީ 2017
ގައުމީ ފިރިހެން ވޮލީ ޓީމުގެ ހެޑް ކޯޗުގެ މަގާމަށް ޝަރަފް
15 ޖެނުއަރީ 2017

ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017
ސާންތިގެ އިރުޝާދާއެކު އީގަލްސް ފަރިތަކުރުންތައް ފަށައިފި
12 ޖެނުއަރީ 2017

އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި

12 ޖެނުއަރީ 2017
އަމާޒަކީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރުން: ސާންތި
11 ޖެނުއަރީ 2017

ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް

11 ޖެނުއަރީ 2017
ދެ އަހަރުގެ އެއްބަސްވުމަކާއެކު ސާންތި އެނބުރި އީގަލްސް އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް