Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

މެސީ އަނެއްކާ ވެސް ބާސެލޯނާގައި!

މިއީ މިއަހަރުގެ ތެރޭގައި މެސީ ބާސެލޯނާ އަށް ދަތުރުކުރި ދެ ވަނަ ފަހަރު ކަމަށް ވެސް ރިޕޯޓުތައް ބުނޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 އެޕްރީލު 2023 | އަންގާރަ 20:36
ބާސެލޯނާގެ ހޮޓަލަކުން މެސީ ނުކުންނަނީ

ބާސެލޯނާގެ ހޮޓަލަކުން މެސީ ނުކުންނަނީ

ބާސެލޯނާގެ ކުރީގެ ކެޕްޓަން ލިއޮނަލް މެސީ އަނެއްކާ ވެސް ސްޕެއިންގެ ބާސެލޯނާ އަށް ގޮސް، އެ ޓީމަށް ކުޅުނު ބައެއް ރަޙުމަތްތެރިންނާ ބައްދަލުކޮށްފި އެވެ.

ބޭރުގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން މެސީ ބާސެލޯނާ އަށް ގޮސްފައި ވަނީ ހޮނިހިރު ދުވަހުގެ ވަގުތެއްގަ އެވެ. އެއަށްފަހު މެސީ ވަނީ ހޯމަ ދުވަހުގެ ރޭ އޭނާއާއެކު ކުރިން އެ ޓީމަށް ކުޅުނު ބައެއް ރަޙުމަތްތެރިންނާ ވެސް ބައްދަލުކޮށްފަ އެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މެސީ ވަނީ ސާޖިއޯ ބުސްކެޓްސް އާއި ޖޯޑީ އަލްބާއާއެކު ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވެފަ އެވެ. ޓުވިޓާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ރޭގަނޑުގެ ކެއުމަށްފަހު މެސީ އެ ހޮޓަލުން ނުކުންނަ މަންޒަރު ފެނެ އެވެ. އެއަށްފަހު މެސީ އޭނާގެ ކާރަށް އަރަން ދާއިރު، ނޫސްވެރިން އޭނާއާ ސުވާލު ކުރުމަށް މަސައްކަތް ކުރާ މަންޒަރު ވެސް ފެނެ އެވެ. ނަމަވެސް މެސީ އެއްވެސް ސުވާލަކަށް ޖަވާބުދީފައި ނުވާއިރު، އޭނާ ވަނީ އެ ސަރަހައްދުގައި ތިބި ބައެއް މީހުންނާއެކު ސެލްފީ ނަގައިފަ އެވެ. ސްޕެއިންގެ މީޑިއާތަކުގައި ބުނެފައިވާ ގޮތުން މެސީ ބާސެލޯނާ އަށް ދިޔައީ އޭނާގެ އާއިލާއާ ވެސް އެކުގަ އެވެ.

މިއީ މިއަހަރުގެ ތެރޭގައި މެސީ ބާސެލޯނާ އަށް ދަތުރުކުރި ދެ ވަނަ ފަހަރު ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. މީގެ ކުރިން މިއަހަރުގެ ފެބްރުވަރީ މަހު ވެސް މެސީ ވަނީ ބާސެލޯނާގައި، ބުސްކެޓްސް އާއި އަލްބާއާއެކު ކެއުމެއްގައި ބައިވެރިވެފަ އެވެ. އެފަހަރު އެ ފޮޓޯތައް ވެސް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. މެސީ އާއި އޭނާގެ އަންހެނުންގެ އިތުރުން އެ ކައުމުގައި ބުސްކެޓްސް އާއި އަލްބާގެ ލޯބިވެރިން ވެސް ވަނީ ބައިވެރިވެފަ އެވެ. ބާސެލޯނާ ދޫކޮށް މެސީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވި ނަމަވެސް، އޭނާ އަންނަނީ ކުރީގެ ކުޅުންތެރިންނާ ގާތް ގުޅުމެއް ބާއްވަމުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

މެސީ ބާސެލޯނާ އަށް ދަތުރުކޮށްފައިވާއިރު، ކުރީގެ ކުލަބުން އަލުން އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ބާސެލޯނާގެ ނައިބު ރައީސް ރަފައެލް ޔޫސްޓޭ ދާދި ފަހުން ވިދާޅުވީ، ފާއިތުވި ދުވަސްތަކުގައި މެސީއާ ވާހަކަދެކެވިފައި ވާނެކަމަށާއި، ބާސެލޯނާއިން މެސީގެ އަގު ވަޒަންކުރާ މިންވަރު އޭނާއަށްވެސް އެނގޭނެ ކަމަށެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ އަލުން މެސީ ގެނެވޭތޯ މަސައްކަތް ކުރާ ކަމަށާއި، ބާސެލޯނާގައި މެސީގެ ތާރީޚު ކުރިއަށް ގެންދިއުމަށް ވެސް އެދޭ ކަމަށެވެ. އަނެއްކޮޅުން ޕީއެސްޖީން އަންނަނީ މެސީގެ އެއްބަަސްވުން އައު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މެސީ ޕީއެސްޖީގެ އެއްބަސްވުން އައު ކޮށްފައި ނުވާތީ، އެ ކުލަބުގެ ސަޕޯޓަރުން ވެސް ވަނީ މެސީއާ ދިމާކޮށްލައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

ޖެރާޑް އަނެއްކާވެސް ލިވަޕޫލް ޖޯޒީގައި ކުޅެނީ

20 އެޕްރީލު 2017
ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި

ޗަޕެކޮއެންސުން އަނެއްކާވެސް ދުނިޔެ ސިއްސުވާލައިފި

18 އެޕްރީލު 2017
ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

ފާޑުކިއުންތަކަށް ސަމާލުކަމެށް ނުދެން: މެސީ

05 އެޕްރީލު 2017
ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

ސުނިލް ޗެތްރީއަކީ މެސީއެއް ނޫން، މޮޅުވެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން: ރޯކާ

03 އެޕްރީލު 2017
ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

ލައިންސްމަނާ ބޭއަދަބީ ބަހުން މުހާތަބު ކުރުމުން މެސީ ސަސްޕެންޑްކޮށްފި

29 މާރިޗު 2017

އަހަރުތަކުން މިއަދު

5 މެއި
މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް
20251 އަހަރު ކުރިން
ރާއްޖެ

މުނާ އިސްތިއުފާ ދެއްވައިފި - ވިދާޅުވީ ރައީސްގެ ބަހާއި އަމަލާ ދިމާނުވެ ރައްޔިތުންނަށް އޮޅުވާލާކަމަށް

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރާ އިސްލާހުގެ މަސައްކަތް އަވަސްކޮށްދޭން ރޮޒެއިނާ އެދިވަޑައިގެންފި

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ
20233 އަހަރު ކުރިން
ރާއްޖެ

30 މީހުންނާއެކު ދަތުރުކުރި ލޯންޗަކަށް ރާޅެއް އަރައިފި، މިހާރު ލޯންޗް ލޮކޭޓް ނުކުރެވޭ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޖަލު ބަލަހައްޓާ ގިނަ އަދަދެއްގެ އޮފިސަރުން ހޯދަން އިއުލާންކޮށްފި

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"
20215 އަހަރު ކުރިން
ރިޕޯޓު

"ބަނޑުގައި އޮތް ދަރިފުޅާއެކު އަނބިމީހާ ދުނިޔެ ދޫކުރީ ލޯ ކުރިމަތީގައި"

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!
20197 އަހަރު ކުރިން
ސިއްހަތު

ލޯ ކައިރި ކަޅުވަނީ ކީއްވެ؟ ހައްލެއް ބޭނުން!

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!
20188 އަހަރު ކުރިން
ރާއްޖެ

މެލޭޝިއާއިން ގެއެއް ގަތުމަށް ލުތުފީ މަސައްކަތްކުރެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު