Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީޕީއޭގެ މަސައްކަތްތައް

މިއަހަރުގެ ތެރޭގައި އީޕީއޭއަށް ރިސަރޗް ވެސެލްއެއް ދެނީ

26 އެޕްރީލު 2023 | ބުދަ 03:06

ރީސަރޗް ވެހިކަލް އަކާއި އެއަށް ބޭނުންވާ ކްރޫއިން ހަމަޖައްސާދިނުމަށް ހަމަޖެހިފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 26 އެޕްރީލު 2023 | ބުދަ 03:06
މިނިސްޓަރު އާމިނަތު ޝައުނާ

މިނިސްޓަރު އާމިނަތު ޝައުނާ

މި އަހަރުގެ ތެރޭގައި އީޕީއޭ އަށް ރީިސަރޗް ވެސެލް އެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ އެފަދައިން ވިދާޅުވީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. އޭނާ ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށް ފަހުގައި އީޕީއޭގެ މަސައްކަތްތައް ހަރުދަނާކޮށް ބާރުވެރިކުރުވުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަަމަށެވެ. އަދި މި ސަރުކާރުން އީޕީއޭގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައި ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހު ޝައުނާ މަޖިލީހަށް ހާޒިރުކުރެއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދުގެ ސުވާލަކާއި ގުޅިގެންނެވެ. އެގޮތުން އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ މިނިވަން މުސްތަޤިއްލު ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދަކަށްވާ އިރު، އަދި ފުރަތަމަ 100 ދުވަސްތެރޭގައި ކުރަން ކަނޑައެޅި ކަމަކަށްވާއިރު، މި ވައުދު ނުފުއްދައި މިހާ ދިގުލަނީ ކީއްވެތޯ އޭނާ ވަނީ ސުވާލުކުރައްވާފައެވެ.

ޝައުނާ ވިދާޅުވީ އީޕީއޭ ބާރުވެރިކުރުވުމަށްޓަކައި އެ އިދާރާ އަށް އެކަށީގެންވާ ބަޖެޓެއް ހޯދާދިން ސަރުކާރަކީ މި ސަރުކާރު ކަމަށެވެ. އެގޮތުން ބަލާނަަމަ މި ސަރުކާރު އައުމުގެ ކުރިން އީޕީއޭގެ ބަޖެޓަކީ 9.7 މިލިއަން ރުފިޔާ ނަމަވެސް، މި ސަރުކާރުން އީޕީއޭގެ ބަޖެޓް 15.3 މިލިއަން ރުފިޔާ އަށް ބޮޑުކޮށްދީފައިވާނެ ކަމަށް ޝައުނާ ވިދާޅުވިއެވެ.

ޝައުނާ އިތުރަށް ވިދާޅުވީ ސަރުކާރުން މަސައްކަތްކުރަނީ އީޕީއޭގެ މަސައްކަތްތަކަކީ ސައިންޓިފިކް ނުވަތަ ދިރާސާތަކުގެ މައްޗަށް ބިނާކުރާ މަސައްކަތްތަކަކަށް ހެދުމަށް ކަމަށެވެ. އެހެންކަމުން މި އަހަރުގެ ތެރޭގައި އެ އިދާރާ އަށް ރިސަރޗް ވެހިކަލްއަކާއި އެއަށް ބޭނުންވާ ކްރޫއިން ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މިނިސްޓަރު ވަނީ މިނިވަން މުސްތަގިއްލު ކޮމިޝަނަކުން ރާއްޖޭގެ ތިމާވެށީގެ ކަންކަން މެނޭޖްކުރުމަކީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމަކަށް އެންމެ އެކަށީގެންވާ ނިޒާމް ނޫން ކަމަށް ގަބޫލުކުރަން ޖެހޭކަމަށް ވެސް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
31 ޖެނުއަރީ 2017

ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު

31 ޖެނުއަރީ 2017
 ރައީސް ޔާމީން ވާހަކަ ދެއްކެވީ ހަގީގަތް އޮޅުވާލަން، ޕާޓީތެރޭގައި ބައިބައިވުން އެބަ އޮތް:މައުމޫނު
24 ޖެނުއަރީ 2017

މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ

24 ޖެނުއަރީ 2017
މާލޭގެ ގެއެއްގެ ތެރޭގައި ލަންކާ މީހަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެ
24 ޖެނުއަރީ 2017

މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ

24 ޖެނުއަރީ 2017
މާފަންނު ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
22 ޖެނުއަރީ 2017

ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް

22 ޖެނުއަރީ 2017
ސައިކަލް ޓެކްސީގެ ޚިދުމަތް މިހަފްތާ ތެރޭގައި ފެށޭނެ: ޓްރާންސްޕޯޓް
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް