Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަޖިލީހުގެ ޖަލްސާ

ނަން އިއްވުމުން ޖާބިރު މަޖިލީހުން ނުކުމެވަޑައިގަންނަވައިފި

ނަން އިއްވުމުން ޖާބިރު މަޖިލީހުން ބޭރަށް ވަޑައިގަތީ އަމިއްލަފުޅަށް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 25 އެޕްރީލު 2023 | އަންގާރަ 05:48
ނަން އިއްވުމުން ޖާބިރު މަޖިލީހުން ނުކުމެވަޑައިގަންނަވައިފި

ނަން އިއްވުމުން ޖާބިރު މަޖިލީހުން ނުކުމެވަޑައިގަންނަވައިފި

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު މަޖިލީހުގެ ޤަވާއިދާއި ޚިލާފުވުމުން، ރިޔާސަތުން އޭނާގެ ނަން އިއްވުމުން މަޖިލީހުން ނުކުމެވަޑައިގަންނަވައިފިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި އެޖެންޑާކޮށްފައި އޮތީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ އާ ކުރައްވާ ސުވާލަށް ޖަވާބު ހޯއްދެވުމެވެ. އޭނާ ކުރައްވާފައިވާ ސުވާލަކީ އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އޭޖެންސީ މިނިވަން މުސްތަޤިއްލު ތަނަކަށް ހެދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދަކަށްވާ އިރު، އަދި ފުރަތަމަ 100 ދުވަސްތެރޭގައި ކުރަން ކަނޑައެޅި ކަމަކަށްވާއިރު، މި ވައުދު ނުފުއްދައި މިހާ ދިގުލަނީ ކީއްވެތޯއެވެ.

އެހެންނަމަވެސް އެ ސުވާލުގެ މަސައްކަތާއި ހަމައަށް ދިއުމުގެ ކުރިން މަޖިލީހުގެ ރިޔާސަތުގެ ވާހަކަތައް ކުރިއަށް ދަނިކޮށް ޖާބިރު ވަނީ މަޖިލީހުގައި އަޑުގަދަކުރައްވަން ފައްޓަވާފައެވެ. ޖާބިރު ވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މޭޒުކޮޅު ކައިރިއަށް ވަޑައިގެން އަޑުގަދަކުރައްވާފައެވެ. އެހެންނަމަވެސް އޭނާ ހިތްހަމަނުޖެހުން ފާޅުކުރެއްވީ ކޮން ސަބަބަކާއި ހުރެކަން ސާފެއް ނުވެއެވެ.

ޖާބިރު މިގޮތަށް އަޑުގަދަކުރެއްވުމުން ރިޔާސަތުން ވަނީ އޭނާގެ ނަން އިއްވާފައެވެ. އެންމެ ފުރަތަމަ މަޖިލީހުގެ ސެކިއުރިޓީން އޭނާ މަޖިލީހުން ބޭރަށް ގެންދަން އުޅުމުން އޭނާ ވަނީ ބިންމަތީ އިށީނދެ ވަޑައިގެން މަޖިލީހުގެ ތަޅުމުން ބޭރަށް ވަޑައިގަންނަވަން ދެކޮޅުހައްދަވާފައެވެ. އެހެންނަމަވެސް ފަހުން ޖާބިރު މަޖިލީހުން ބޭރަށް ވަޑައިގަތީ އަމިއްލަފުޅަށެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
18 ޖެނުއަރީ 2017

ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ

18 ޖެނުއަރީ 2017
ރައްޔިތުންގެ މަޖިލީހުން ކުރަނީ އިހްލާސްތެރި މަސައްކަތްތަކެއް ނޫން: ޝިފާ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"
15 ޖެނުއަރީ 2017

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ

11 ޖެނުއަރީ 2017
ރައީސް ޔާމީނަށް ނޫނެކޭ ބުނުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރާނަން: އެމްޔޫއޯ
08 ޖެނުއަރީ 2017

މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް

08 ޖެނުއަރީ 2017
މައުލޫމާތު ފެތުރުމުގެ ފުރިހަމަ ބާރާއި ކޮންޓްރޯލް އޮންނަން ޖެހޭނީ ދައުލަތުގައި: އިކުރާމް
07 ޖެނުއަރީ 2017

މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން

07 ޖެނުއަރީ 2017
މި ސަރުކާރަށް ތާއީދެއް ނުކުރަން، އެގޮތުގައި ސާބިތު ކަމާއި އެކު ދެމިހުންނާނަން: މައުމޫން
07 ޖެނުއަރީ 2017

ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު

07 ޖެނުއަރީ 2017
ބައްޕާފުޅުގެ އަރިހުގައި ސާބިތުކަމާއިއެކު ހުންނަވާނަން: ޔުމްނާ މައުމޫނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު