Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކުރީގެ ރައީސް ޔާމީން

މި އޮތްގޮތުން އަދި ކުރިމައްޗެއް ނުލެވޭނެ!

ސުވާލު ހުއްޓިފައި މިއޮތީ ވާދަވެރި ފަރާތްތަކުން ނެރޭނެ ފޯމިއުލާއަކަށްވުރެ ބޮޑަށް، ޝަރުއީ ޙުކުމަކާ ހިސާބުގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 އެޕްރީލު 2023 | އާދީއްތަ 07:15
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ އިދިކޮޅު ސިޔާސީ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ބަންދުވެފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާކަމަށް ވިދާޅުވެފައެވެ.

އެހިސާބުން އެކި ފަރާތްތަކުން ގެންދަނީ އެކަމުގެ ސުވާލު އުފައްދަމުންނެވެ. ޖިނާއީ ބޮޑު ކުށެއް ސާބިތުވެ، 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނިކޮށް ޔާމީނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށް އީސީން އެ ބުނަނީ ކޮން ގޮތަކުންތޯ ވެސް ބައެއް ފަރާތްތަކުން ގެންދަނީ ސުވާލު ކުރަމުންނެވެ.  

ކޮންމެއަކަސް ޕީޕީއެމް ޕީއެންސީން ބުނަމުންދަނީ ޔާމީން ޖަލުގައި ހުންނެވިޔަސް، ރިޔާސީ ޓިކެޓާ ގުޅޭ ވާހަކަ ދައްކަން ޖެހޭ އެއްވެސް ހާލަތެއް ނެތްކަމަށެވެ. ޕީޕީއެމްގެ ހުރިހާ މެންބަރުންގެ އިއްތިފާގުން ރިޔާސީ ކެންޑިޑޭޓުގެ ޓިކެޓު ވެސް ޔާމީނަށް ވަނީ ޙަވާލުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ 2023ގެ ރިޔާސީ އިންތިހާބުގައި ޔާމީނަށް ވާދަ ނުކުރެވޭނެ ފޯމިއުލާއެއް ވާދަވެރި ފަރާތްތަކަށް ނުނެރެވޭނެ ކަމަށެވެ. އަދި ޕާޓީން އެހެން ކެންޑިޑޭޓަކާ މެދު ވިސްނާނީ ވެސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުމުން ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

ނަމަވެސް މިއަދު އެ ސުވާލު ހުއްޓިފައި މިއޮތީ ވާދަވެރި ފަރާތްތަކުން ނެރޭނެ ފޯމިއުލާއަކަށްވުރެ ބޮޑަށް ޝަރުއީ ޙުކުމަކާ ހިސާބުގައެވެ.

ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ  ޙުކުމް ޔާމީނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން ވަނީ އިސްތިއުނާފު ބަލައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކުނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުންނެވެ.

މާނައަކީ ދަށު ކޯޓުގެ އެ ޙުކުމް ބާތިލު ނުކުރާހާ ހިނދަކު ޔާމީނަށް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ. ޙުކުމެއްކޮށް، އެ ޙުކުމަކަށް މަތީ މަރުޙަލާގެ ކޯޓެއްގައި ޗެލެންޖުކޮށް، އެ ޙުކުމެއް ބާތިލު ނުކުރާހާ ހިނދަކު ވާނީ ނިހާއީ ޙުކުމަކަށެވެ.

ޔާމީނުގެ ފަރާތުން އެ ޙުކުމް އިސްތިއުނާފުކޮށްފައި އޮތުމަކީ ޔާމީނަށް އަދި ވާދަކުރުމުގެ ދޮރު ހުޅުވާލެވޭނެ ވަރުގެ ތަޅުދަނޑިއެއް ނޫނެވެ. އިސްތިއުނާފު ކުރުމުގެ މާނައަކީ އެ ޙުކުމަކާއެކު އޭނާގެ މައްޗަށް އަންނަ ޒިންމާތަކާއި އަދަބުތައް ކެނޑިގެން ދިއުމެއް ނޫނެވެ. ފަހަރުގައި އީސީން އެ ބުނާ ވާހަކައަކީ އިސްތިއުނާފު ނިމިގެންދާއިރު، ދަށު ކޯޓުގެ ޙުކުމް ބާތިލުކުރުމުގެ ފުރުސަތު ވެސް އޮތް ވާހަކަ ކަމަށް ވެދާނެއެވެ. ވަގުތު އޮއްވައި އެހެންވެއްޖެނަމަ ޔާމީނަށް ވާދަކުރެވިދާނެއެވެ.

ދެން އޮތީ އިންތިޚާބުގައި ކުރިމަތިލުމުގެ މުއްދަތާ ހަމައަށް ވެސް ހައިކޯޓުން ގޮތެއް ނުނިމުމެވެ. އެހިސާބުން އެއްވެސް ޝައްކެއް ނެތި ސާފުވާ ކަމަކީ 11 އަހަރުގެ ޖަލު ޙުކުމާއެކު ޔާމީނަށް އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމެވެ.

އަދި، ޙުކުމް އެގޮތުގައި އޮއްވައި، ކެނޑިޑަސީ ހުށައެޅުއްވިކަމުގައިވީނަމަވެސް، އިލެކްޝަންސް ކޮމިޝަނަށް ޔާމީނުގެ ކެނޑިޑެސީ ބަލައި ނުގަނެވެނޭކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ. ސަބަބަކީ ކެނޑިޑޭޓުންގެ އަސާސީ ޝަރުތުތައް ފުރިހަމަނުވާތީއެވެ.

ކޮންމެއަކަސް، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެންޑިޑޭޓުންނަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނީ ޖުލައި 23 އިން ފެށިގެން އޮގަސްޓް 3 އާ ހަމައަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ. އެ ކޮމިޝަނުން ބުނެފައިވަނީ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އިންތިޚާބު އޮންނާނެ ކަމަށެވެ.

އެ މުއްދަތަށް ހައިކޯޓުގެ ޙުކުމް ބާތިލުކޮށްފިނަމަ ޔާމީނަށް ކުރިމަތިލެވޭނެއެވެ. ޙުކުމް ބާތިލު ނުކޮށްފިނަމަ ޔާމީނުގެ ކެނޑިޑަސީ އީސީއަކަށް ބަލައެއް ނުގަނެވޭނެއެވެ.

އަދި އެހިސާބަށް އިސްތިއުނާފު މަރުޙަލާ ނުނިމިއްޖެނަމަވެސް، ޔާމީނުގެ ކެނޑިޑަސީ އީސީއަކަށް ބަލައެއް ނުގަނެވޭނެއެވެ.

ދެން އޮތް ގޮތަކީ ޙުކުމެއް އިސްތިއުނާފުކޮށްފައި އޮއްވައި އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތު ލިބިދޭތޯ ކޯޓުގެ ދޮރުގައި ޓަކިޖެހުމެވެ. ނަމަވެސް ޤާނޫނުއަސާސީގައި އެހާ ސާފުކޮށް ޝަރުތުތައް ބަޔާންކޮށްފައި އޮއްވައި ކޯޓުން ޔާމީނަށް އެ ފުރުސަތު ލިބުން ނާދިރުކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނާޞިރު ހޮސްޕިޓަލުގެ މޯގްގައި ވަގުތުކޮޅެއް...ހަނދާނުން ފޮހެނުލެވޭނެ އެތައް މަންޒަރަކާއި އަޑުތަކެއް!

ނާޞިރު ހޮސްޕިޓަލުގެ މޯގްގައި ވަގުތުކޮޅެއް...ހަނދާނުން ފޮހެނުލެވޭނެ އެތައް މަންޒަރަކާއި އަޑުތަކެއް!

24 ޑިސެމްބަރު 2023
ސިއްހީ ރޮގުން، އެހެން ސަރުކާރަކަށް މިސަރުކާރު ކައިރީ ފަތިގަނޑުވެސް ފިރުކާ ނުލެވޭނެ ކަން ދަނީ ސާބިތު ވަމުން

ސިއްހީ ރޮގުން، އެހެން ސަރުކާރަކަށް މިސަރުކާރު ކައިރީ ފަތިގަނޑުވެސް ފިރުކާ ނުލެވޭނެ ކަން ދަނީ ސާބިތު ވަމުން

09 އޯގަސްޓު 2020
އިންތިޚާބު އޮޅުވައެއް ނުލެވޭނެ، މޮޅުވާނީ ތާޢީދު ބޮޑު މީހާ!

އިންތިޚާބު އޮޅުވައެއް ނުލެވޭނެ، މޮޅުވާނީ ތާޢީދު ބޮޑު މީހާ!

03 އޯގަސްޓު 2018
ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

ރައީސް ނަޝީދަށް ކުރިމައްޗެއް ނުލެވޭނެޔޯ؟ އެކަމަކު ނަޝީދުގެ އެންޓި ކެންޕޭން

09 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު