Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ސްޕެއިނުން 6 ލެޕަރޑް ޓޭންކަރު ޔޫކްރެއިނަށް ފޮނުވަނީ

ނޭޓޯގެ މެންބަރު ގައުމުތަކުން ވަނީ ޔޫކްރެއިނަށް 48 ލެޕަރޑް 2 ޓޭންކަރު ފޮނުވަން އެއްބަސްވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 22 އެޕްރީލު 2023 | ހޮނިހިރު 12:26
ސްޕެއިނުން ޔޫކްރެއިނަށް ދޭން އެއްބަސްވެފައިވާ، ޖަރުމަނުގެ ލެޕަރޑް ޓޭންކަރުތަކުގެ ތެރެއިން 6 ޓޭންކަރު އެގައުމަށް ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފައި

ސްޕެއިނުން ޔޫކްރެއިނަށް ދޭން އެއްބަސްވެފައިވާ، ޖަރުމަނުގެ ލެޕަރޑް ޓޭންކަރުތަކުގެ ތެރެއިން 6 ޓޭންކަރު އެގައުމަށް ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފައި

ސްޕެއިނުން ޔޫކްރެއިނަށް ދޭން އެއްބަސްވެފައިވާ، ޖަރުމަނުގެ ލެޕަރޑް ޓޭންކަރުތަކުގެ ތެރެއިން 6 ޓޭންކަރު އެގައުމަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.

ސްޕެއިންގެ ޑިފެންސް މިނިސްޓަރު މަރގަރިޓާ ރޮބްލްސް ވަނީ، މިމަހު އެގައުމުން ޔޫކްރެއިނަށް 10 ލެޕަރޑް ޓޭންކަރު ފޮނުވާނެކަމަށް ވިދާޅުވެފައެވެ.

އެމިނިސްޓްރީން މައުލޫމާތުދޭގޮތުގައި ފުރަތަމަ 6 ޓޭންކަރު ޔޫކްރެއިނަށް ފޮނުވުމުގެ މަސައްކަތް ހުކުރު ދުވަހު ވަނީ ފަށައިފައެވެ. އެގޮތުން، ކަނޑު މަގުން މި ޓޭންކަރުތައް ފުރަތަމަ ގެންދެވޭނީ ޕޮލެންޑަށެވެ. އެއަށްފަހު، ޕޮލެންޑުން ޔޫކްރެއިނަށް ޓޭންކަރުތައް ގެންދެވޭނެއެވެ.

ޓޭންކަރުތައް ސީދާ ޔޫކްރެއިނަށް ގެންދެވޭނެ ދުވަހެއް ސްޕެއިނުން ހާމަކޮށްފައެއް ނުވެއެވެ.

ސްޕެއިނުން ޔޫކްރެއިނަށް ފޮނުވަން އެއްބަސްވި 10 ލެޕަރޑް ޓޭންކަރުގެ ތެރެއިން 4 ޓޭންކަރު މަރާމާތުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި، މަރާމާތުކޮށް ނިމުމުން އެޓޭންކަރުތައް ޔޫކްރެއިނަށް ފޮނުވޭނެކަަމަށް އެގައުމުން ބުނެއެވެ.

ނޭޓޯގެ މެންބަރު ގައުމުތަކުން ވަނީ ޔޫކްރެއިނަށް 48 ލެޕަރޑް 2 ޓޭންކަރު ފޮނުވަން އެއްބަސްވެފައެވެ. އަދި މިއަހަރުގެ ޖެނުއަރީ މަހު އެމެރިކާއިން ވަނީ އެގައުމުގެ އަބްރަމްސް ޓޭންކަރުގެ 31 ޓޭންކަރު ޔޫކްރެއިނަށް ފޮނުވާނެކަމަށް ބުނެފައެވެ.

ހަނގުރާމަ މިހާރު އޮތް ހާލަތުން، ރަޝިއާއާ ކުރިމަތިލުމަށް އެންމެ ފަހުގެ ޒަމާނީ ބަރުހަތިޔާރާއި ޓޭންކަރު އެގައުމަށް ބޭނުންވާކަމަށް ޔޫކްރެއިނުން ދަނީ ބުނަމުންނެވެ.

އިތުރަށް ކިޔާލަން

07 އެޕްރީލު 2018

އެމެރިކާ-މެކްސިކޯ ބޯޑަރު ކައިރިއަށް އެމެރިކާ ސިފައިން ފޮނުވަނީ

07 އެޕްރީލު 2018
އެމެރިކާ-މެކްސިކޯ ބޯޑަރު ކައިރިއަށް އެމެރިކާ ސިފައިން ފޮނުވަނީ
31 ޖެނުއަރީ 2018

ތުރުކީގެ ކަނޑާއި ވައިގެ ސިފައިންވެސް ގަތަރަށް ފޮނުވަނީ

31 ޖެނުއަރީ 2018
ތުރުކީގެ ކަނޑާއި ވައިގެ ސިފައިންވެސް ގަތަރަށް ފޮނުވަނީ
18 ޖެނުއަރީ 2018

ޗައިނާ ތެޔޮ ޓޭންކަރު އެކްސިޑެންޓް: 100 ކިލޯ މީޓަރަށް ވަނީ ތެޔޮފެތުރިފައި

18 ޖެނުއަރީ 2018
ޗައިނާ ތެޔޮ ޓޭންކަރު އެކްސިޑެންޓް: 100 ކިލޯ މީޓަރަށް ވަނީ ތެޔޮފެތުރިފައި
08 ޖެނުއަރީ 2018

ޗައިނާ ތެޔޮ ޓޭންކަރު އެކްސިޑެންޓް: ތެޔޮ ލީކުވެ ތިމާވެށީގެ މުސީބާތެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެ

08 ޖެނުއަރީ 2018
ޗައިނާ ތެޔޮ ޓޭންކަރު އެކްސިޑެންޓް: ތެޔޮ ލީކުވެ ތިމާވެށީގެ މުސީބާތެއް ކުރިމަތިވެދާނެކަމުގެ ބިރު ހީވެއްޖެ
30 ޑިސެމްބަރު 2017

އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި

30 ޑިސެމްބަރު 2017
އިސްރާއީލުން ޣައްޒާއަށް ވައިގެމަގުންނާއި ޓޭންކަރުން ހަަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު