Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ސާލިހު ފޮނުއްވި ތަހުނިޔާގެ ޚިތާބު

ރޯދައިގެ އަޅުކަމުން ނަފްސުތަކަށް ލިބުނު ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ: ރައީސް ސާލިހު

ހިތްހެޔޮކޮށް މައާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސް ނަގަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު | 20 އެޕްރީލު 2023 | ބުރާސްފަތި 17:41
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރޯދައިގެ އަޅުކަމުން ނަފްސުތަކަށް ލިބުނު ތާޒާކަމާއި ސާފުކަން އެގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 1444 ވަނަ އަހަރުގެ ފިތުރު އީދު ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެމަނިކުފާނު ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

އީދު ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ފޮނުއްވަވަމުން އެމަނިކުފާނު ވިދާޅުވީ، އުފާވެރި ފިތުރު އީދާ މި ބައްދަލުކުރީ، ރަމަޟާން މަހުގެ ރޯދައިގެ އަޅުކަމާއެކު ވަރަށް ގިނަ ތަޖުރިބާތަކާއި ވަރަށް ތަފާތު އިހްސާސްތަކެއްގެ ތެރޭގައި މަސްދުވަސް ހޭދަކުރުމަށްފަހު ކަމަށެވެ. ހައިހޫނުކަމާއި ކަރުހިއްކުމުގެ ތަޖުރިބާއިން ލިބިދިން އިހުސާސަކީ، ފަގީރުންނާއި ނިކަމެތިން ދިރިއުޅުމުގައި ތަހައްމަލުކުރާނޭ ދަތިތަކާއި ހިތްދަތިކަމެއްކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ކެއުންބުއިމަށް ކިތަންމެ ބޭނުންވިޔަސް މާތް ﷲގެ އަމުރުފުޅަށް ކިޔަމަންގަތުމުގެ ގޮތުން ކެތްތެރިކަމުގައި ސާބިތުވެތިބުމުގެ ތަޖުރިބާއިން ލިބިދޭ ފިލާވަޅަކީ، ކޮންމެ ކަމަކާވެސް ކެތްތެރިކަމާއި ސާބިތުކަމާއެކު ކުރިމަތިލުމަކީ އެކަލާނގެ ރުއްސެވުމާއި ފުއްސެވުން ލިބޭނެ ކަމެއް ކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ މި ފާހަގަކުރާ އުފާވެރި އީދަކީ، ރޯދައިގެ އަޅުކަމުން ލިބިދިން ފިލާވަޅުތަކާއި އިހްސާސްތަކާއި ތަޖުރިބާތަކުގެ ބޭނުން ހިފުމަށް ވަރަށް އެކަށީގެންވާ ދުވަހެއް ކަމަށާއި، އެކަމުގައިވެސް އިސްކުރަންވީ މައިންބަފައިންނާއި ދަރިންނާއި ގާތްތިމާގެ މީހުން ކަމަށެވެ. އެއަށްފަހު އެކުވެރިންނާއި ރަޙްމަތްތެރިން ކަމަށެވެ. އީދުގެ ހަގީގީ އުފަލެއްކަމުގައި ކޮންމެ މީހަކުވެސް ހަދަންވީ، އެމީހެއްގެ މައިންބަފައިންނާއި އަނބިދަރިންނާއި ގާތްތިމާގެ މީހުންނާ އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހިތުގެ ޚާލިސްކަމާއި ހިތްހެޔޮކަން ފާޅުކުރުންކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ، އެކުވެރިންނާއި ރަޙްމަތްތެރިންނާ ބައްދަލުކޮށް އީދުގެ ތަހުނިޔާ ބަދަލުކުރަންޖެހޭ ކަމަށެވެ. އަދި ވަކިން ޚާއްސަ ސަމާލުކަމެއް ދޭންވީ، އެއްވެސް ސަބަބަކާހުރެ، މީހަކާމެދު ހިތުގައި ރުޅިވެރިކަމެއް ނުވަތަ ދެކޮޅުވެރިކަމެއް އަދި ހިތްހަމަނުޖެހުމެއް އޮތްނަމަ އެމީހަކަށް ހިތް ހެޔޮކޮށް މައާފްކުރުމާއެކު، އަލުން ގުޅުން އުފެއްދުމަށް އިސްނެގުމަށްކަަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ރަމަޟާން މަހާއި، އެ މައްސަރާ ވިދިގެން އަންނަ ފިތުރު އީދަކީ، މާތްﷲ ދެއްވި ގުނައި އަދަދު ނުކުރެވޭހާ ގިނަގުނަ ނިއުމަތްތަކަށް ޝުކުރުވެރިވުމުގެ މޫސުމެއް ކަމަށެވެ. ދިވެހި މުޖްތަމައަށް ބަލާއިރު، އެކަލާނގެ ދެއްވި އެންމެ މަތިވެރި އެއް ނިއުމަތަކީ، ދިވެހިންގެ މެދުގައި މި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި ސުލްހަ މަސަލަސްކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން މި އުފާވެރި ފިތުރު އީދުގެ އުފާ ފާހަގަކުރުމާ ކުރިމަތިލާއިރުވެސް އެންމެ ބޮޑު އިސްކަމެއް ދޭންވީ، އެ މަތިވެރި ނިއުމަތަށް ޝުކުރުވެރިވުމަށް ކަމަށާއި، އެކަމަށް ޝުކުރުވެރިވުމަކީ އެ މަތިވެރި ނިއުމަތް ދެއްވިކަމުގެ މައްޗަށް ހިތުގެ އަޑިން ރުހި، އެ ނިއުމަތް އެގޮތުގައި ދެމެހެއްޓުމަށް ކޮންމެ މީހަކުމެ ގަދައަޅައި މަސައްކަތް ކުރުން ކަމަށް އެމަނިފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ، ރޯދައިގެ އަޅުކަމުން ހާސިލުވި އެންމެ ބޮޑު އުފަލަކީ ހިތްތައް ތާހިރުވެ އަލުން ތާޒާވުން ކަމަށެވެ. އެހެންކަމުން ކުރިއަށް މިއޮތް ދުވަސްތަކުގައި ރޯދައިގެ އަޅުކަމުން ނަފްސުތަކަށް މި ލިބުނު ތާޒާކަމާއި ސާފުކަން އެ ގޮތުގައި ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ، އަޒުމަކަށް ހަދަންވީ، ހަސަދައާއި ނަފްރަތަށް ހިތްތަކުން ޖާގަ ނުދިނުން ކަމަށާއި، ކޮންމެ ހާލަތެއްގައިވެސް، ހަމަނުޖެހުމާއި ދެކޮޅުވެރިކަމަށް ފާޅުގައި ނޫނެކޭ ބުނުމަށް ކަމަށެވެ. އޭގެ ބަދަލުގައި ހިތްތައް ހުޅުވައިލަންވީ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ކަމަށާއި، ހިތްތަކަށް އާރޯކަމާއި ތާޒާކަން ހޯދައިދޭންވީ އަނެކުންނާމެދު ބަހައްޓާ ގާތްކަމާއި ލޯތްބާއި ކުލުނާއި އޯގާތެރިކަމުން ކަމަށް ރައީސް ސާލިހު ވިދާޅުވިއެވެ.

ފިތުރު އީދުގެ އުފާ ފާހަގަކުރާއިރު ހަނދާނަށް އެންމެ ފުރަތަމަ ގެންނަންޖެހޭ އެއް ބަޔަކީ މުޖްތަމައުގައި ތިބި ފަގީރުންނާއި ނިކަމެތިންކަން ފާހަގަކުރައްވައި ރައީސް ސާލިހު ވިދާޅުވީ، އީދުގެ އުފާ ފާހަގަކުރުން ކަނޑައެޅިފައި އޮތީ އެއްވެސް މީހަކު ބާކީނުކޮށް، އަދި އެއްވެސް ތަފާތުކުރުމެއް ނުބާއްވައި، އެންމެން ބައިވެރިވާ އިޖްތިމާއީ މުނާސަބަތެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަކު އަނެކަކަށް އެހީތެރިވެ، ހެޔޮ ފޯރުވައި، މުޅި މުޖްތަމައުގައި އުފާވެރިކަން ފެތުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

އިތުރަށް ކިޔާލަން

26 ފެބުރުއަރީ 2017

އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ

26 ފެބުރުއަރީ 2017
އެމްއެސްސީ އާއި ފެއާ ޓްރޭޑް ސެޓްފިކެޓް ލިބުނު ދުނިޔޭގެ ފުރަތަމަ ކުންފުންޏަށް މާންދޫ ވެއްޖެ
16 ފެބުރުއަރީ 2017

ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!

16 ފެބުރުއަރީ 2017
ސިނގިރޭޓްގެ ޑިއުޓީން މިދިއަ އަހަރުވެސް 622 މިލިއަން ރުފިޔާ ލިބުނު، ނަމަވެސް ހޭލުންތެރި ކުރުމަށް ކުރެވުނު ކަމެއް ނެތް!
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
10 ފެބުރުއަރީ 2017

ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު

10 ފެބުރުއަރީ 2017
ޗެއާޕާސަންގެ ވޯޓްގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް: ރައީސް ނަޝީދު
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
21 ޖެނުއަރީ 2017

މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ

21 ޖެނުއަރީ 2017
މީދޫ ފަރު ގޮއްވި ސަރަހައްދަށް ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ފަށައިފ
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު