Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިޔާ، މާއިސާ

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

2018 ވަނަ އަހަރުން ފެށިގެން އޭނާއަކީ ދިވެހިރާއްޖޭގެ އަޑުގެ ޕްރޮގްރާމްތައް ހުށަހަޅައިދޭ ކުއްޖެއް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 20 އެޕްރީލު 2023 | ބުރާސްފަތި 14:22
ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިޔާ، މާއިސާ

ރަންތާޖު ޤުރުއާން މުބާރާތުގެ ބައިވެރިޔާ، މާއިސާ

މީހުން ބުނެއެވެ. އެއްވެސް މީހަކަށް ހުރިހާ ކަމެއް ނުކުރެވޭނެއެވެ. އެހެންނަމަވެސް ރާއްޖެޓީވީން ގެނެސްދޭ ރަންތާޖު ޤުރުއާން މުބާރާތުން ވިދާލި، ރ. ކަނދޮޅުދޫއަށް އުފަން މަރިޔަމް މާއިސާ އިބްރާހީމަކީ އެއާ ދިމާ އިދިކޮޅެވެ. މާއިސާއަށް ކުރަން ނޭނގޭ ކަމެއް މަދެވެ. އޭނާއަކީ ފަށުވި އަޑެއްގެ ވެރިއެވެ. މާއިސާގެ ނަމަކީ ތަޖުވީދަށް ޤުރުއާން ކިޔެވުމުގައި ފާހަގަކޮށްލެވޭ ނަމެކެވެ. އޭނާއަކީ މަދަހަ ކިޔުމާއި، ބަހުސްކުރުމާއި ވާހަކަދެއްކުމުގައިވެސް ކުޅަދާނަ, ދޫހެލޭ ކުއްޖެކެވެ. އެއީ ރާއްޖޭގެ އެންމެ ހަގު ޕްރެޒެންޓަރުންގެ ތެރޭގައި ގުނާލެވޭ، ކުޅަދާނަ ހުށަހެޅުންތެރިއެވެ. އޭނާއަކީ ރާއްޖޭގެ އެންމެ ޒުވާން ނޫސްވެރިންގެ ސަފުގައި ހިމެނޭ، އުފެއްދުންތެރި ލިޔުންތެރިއެކެވެ. މާއިސާއަކީ ތައުލީމަށް ލޯބިކުރާ، ކިޔެވުމަށް މޮޅު ދަރިވަރެކެވެ. އޭނާއަކީ ކަވި ފެހުންތެރިއެކެވެ. އެއްޗެހި ވިޔުމުގެ މަސައްކަތަށް އެހާމެ ކުޅަދާނައެވެ. ކޭކު އެޅުމުގެ ވައްޓަފާޅިއަށް އޭނާ އެހާމެ ފަރިތައެވެ. މި ނޫނަސް އެތައް ކަމެއް މާއިސާގެ ހުނަރުވެރިކަމުގެ ލިސްޓުގައި އެބަހުއްޓެވެ. އަދި އައިޓީ ދާއިރާއާ ގުޅުންހުރި މަސައްކަތްތައްވެސް އޭނާއަށް އެނގެއެވެ. އޭނާއަކީ އެހާމެ ކުޅަދާނަ އެތުލީޓެކެވެ.

އެހެންކަމުން މާއިސާއަކީ، ހިތްވަރު ހުރިނަމަ ހުރިހާ ކަމެއްވެސް ކުރެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ. މާއިސާއާ އިންޓަރވިއުކޮށްލަން ލިބުނު ފުރުސަތުގައި އަޅުގަނޑުގެ ކުރިމަތީގައި އައިސް އޭނާ އިށީނުމާއެކު ފާހަގަވީ އޭނާގެ ފައްސި މިޒާޖެވެ. އޭނާއާ ވާހަކަ ދެކެވެނުވަރަކަށް އާ ކަންކަމަށް އޭނާގެ ކިބާގައި ހުންނަ ޝައުގުވެރިކަން ފާހަގަވިއެވެ. މާއިސާގެ ވާހަކަ ކުރިއަށް ދިޔަވަރަކަށް ހާމަވީ އޭނާގެ ނުގުޑާ އަޒުމެވެ. މާއިސާގެ ކާމިޔާބީތަކުގެ ސިއްރަކީ މިއީ ކަމަށް ވުން އެކަށީގެންވެއެވެ. އާ ކަންތައްތައް ތަޖުރިބާކޮށްލުމަކީ މާއިސާ ވަރަށް ފޯރި ހުންނަ ކަމެކެވެ. އާ ކަމެއްގެ އަޖުމަ ބަލައިލަން ލިބޭ އެއްވެސް ފުރުސަތެއް މާއިސާ ދޫކޮށެއްނުލައެވެ. އެކަމުގެ ހެތްކަކީ އޭނާގެ ގިނަ ހުނަރުތައް ދިރުވުމަށް އޭނާ އަމިއްލައަށް ކޮށްފައިވާ މަސައްކަތްތަކެވެ. ކޮންމެ މަސައްކަތެއް ދަސްކުރާއިރުވެސް އޭނާ ބަލަނީ، ވީހާވެސް ކުޑަ ވަގުތުކޮޅެއް ތެރޭގައި ވީ އެންމެ ރަނގަޅަކަށް އެ މަސައްކަތެއް ދަސްކުރެވޭތޯއެވެ.

މާއިސާގެ އުމުރު ކިތަންމެ ހަގު ނަމަވެސް އޭނާގެ ތަޖުރިބާގެ ތިލަފަތް ބަރެވެ. އެހެނަސް ތަޖުރިބާގެގޮތުން އޭނާއާ ފައި ހަމަކޮށްލަން އުނދަނގޫވާނެއެވެ. އުމުރުން 18 އަހަރުގެ މާއިސާއަކީ މިހާރުވެސް ސީއެޗްއެސްސީގައި ތައުލީމް ހާސިލްކުރަމުންދާ އުންމީދީ ދަރިވަރެކެވެ. އެހެންނަމަވެސް ސްކޫލަށް ދާތީ އެއްވެސް ކަމެއް ކުރަން ވަގުތު ނުލިބޭކަމަށް ބުނެ ބަހަނާއެއް ދައްކާކަށް މާއިސާ ބޭނުމެއްނުވެއެވެ. އޭގެ ބަދަލުގައި އޭނާ ބަލަނީ ޝައުގުވެރިކަން ހުރި ކޮންމެ ކަމެއްވެސް ދަސްކޮށް، އެކަމެއްގެ ތަޖުރިބާ ލިބިގަނެވޭތޯއެވެ. މާއިސާ މިގޮތަށް ދަސްކުރި އެންމެ ތަފާތު އެއް ކަމަކީ އާޓިފިޝަލް އަޑެއް އުފައްދަން މަސައްކަތްކުރުމެވެ.

ގައުމީ މަދަހަ މުބާރާތް، ގައުމީ ވާހަކަދެއްކުމުގެ މުބާރާތްގަދަ ގައުމީ ފެންވަރުގެ މުބާރާތްތަކުގައި ބައިވެރިވުމުގެ އިތުުރުން, އޭނާއަކީ ސްކޫލްގެ ކަންކަމުގައި އިސްނަގާ، ކެރޭ ފަހުލަވާނެކެވެ. އަދަބީ ހަރަކާތްތަކަށް ލޯބި ބަހައްޓާ މާއިސާއަކީ ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއަށް ޚާއްސަ ޝައުގެއް ހުންނަ ދަރިވަރެކެވެ. މީގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ބަލާނަމަ އޭނާ ފެނިގެންދަނީ ކްރިކެޓާއި، ނެޓްބޯޅައިގެ ދާއިރާއިންނެވެ. މާއިސާ މީޑިއާ ކްލަބްގައި ހޭދަކުރި ދުވަސްތަކުގައި މީޑިއާއަށް އުފެދުނު ޝައުގުވެރިކަން ފުޅާވެ، އޭނާގެ ހުނަރުވެރިކަން ސާބިތުކޮށްދީ، އޭނާ ވަނީ ރާއްޖޭގެ މީޑިއާއިން ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ރާއްޖޭގެ ނޫހެއްކަމަށްވާ ދުވަސް ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. މާއިސާ ބުނާގޮތުން ލިޔުންތެރިކަމަކީ އޭނާގެ "ހޮބީ"އެކެވެ. އަދި 2018 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ އަޑުގެ އެހުންތެރިންނަށް މާއިސާގެ އަޑަކީ އާ އަޑަކަށް ނުވާނެއެވެ. ފާއިތުވި އަހަރުތަކުގައި އޭނާ ވަނީ އެ ތަނުގައި ތަފާތު އެތައް ޕްރޮގްރާމެއް ހުށަހަޅައިދީފައެވެ. މާއިސާ ވަނީ އޭނާއަށް ހުށަހެޅުމުގެ ޝައުގުވެރިކަން އުފެދުނު ގޮތް ކިޔައިދީފައެވެ.

މާއިސާގެ ޝައުގު ހުންނަ ކަންކަން ކިތަންމެ ގިނަ ނަމަވެސް އޭނާގެ ޝައުގުވެރިކަން އެންމެ ބޮޑަށް ހުރީ ޤުރުއާން ކިޔެވުމާއި ޤުރުއާން ކިޔަވައިދިނުމަށެވެ. އެހެންކަމަށް ވާއިރު ރަންތާޖު ޤުރުއާން މުބާރާތަކީ އޭނާއަށް ޤުރުއާން އުނގެނުމަށް އެންމެ ރަނގަޅު، އެންމެ ބޭނުންތެރި ފުރުސަތުކަމަށް މާއިސާ ވަނީ ބުނެފައެވެ. ވަރަށް ތުއްތުއިރުން ފެށިގެން ޤުރުއާނަށް ޚާއްސަ ޝައުގެއް ބަހައްޓާ މާއިސާ، ހިފްޒުކޮށް އޭނާއަށް އަލް ހާފިޒާ މާއިސާގެ ނަމުން މުޚާތަބުކުރާނެ ދުވަހެއް، ކައިރި މުސްތަގްބަލެއްގައި ފެނުމަކީ އޭނާގެ އިތުރުން އޭނާގެ މުޅި އާއިލާގެ ހުވަފެނެކެވެ. ޤުރުއާނުގެ ގިރާއަތު ލެވެލް 1، 2، 3 ނިންމުމަށްފަހު ޓީޗިންގ އިސްލާމް އެންޑް ގުރުއާންގެ އެޑްވާސްންސް ސެޓްފިކެޓް ހާސިލްކުރުމަށްފަހު އޭނާ ވަނީ އެ ދާއިރާއިން ޑިޕްލޮމާ ހާސިލްކޮށްފައެވެ. މިހާރުވެސް ޤުރުއާން ކިޔަވަދިނުމުގެ މަސައްކަތުގައި ޝާމިލްވެ އުޅޭ މާއިސާއަކީ އޮންލައިން ހިފްޒު ކުލާހުގައި އުނގަންނައިދެމުންދާ މުދައްރިސެކެވެ. މާއިސާ ބުނާގޮތުން އެކަމުގެ އެންމެ ބޮޑު ބޭނުމަކީ އޭނާގެ ހިފްޒު މުރާޖައާކުރުމެވެ.

މާއިސާގެ އުންމީދުތަކާމެދު ވާހަކަދައްކަމުން އޭނާ ބުނީ، އެންމެ ބޮޑަށް އުންމީދު ކުރަނީ އޭލެވެލް އިމްތިހާނުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ. އަދި ޤުރުއާން މުބާރާތަކުން ގައުމީ ފެންވަރުގެ ރަނގަޅު ވަނައެއް ހޯދުމުގެ އިތުރުން، ޤުރުއާނުގެ ދާއިރާއިން ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަކީ މާއިސާ ކުރާ އުންމީދެކެވެ. އަދި ތައުލީމާއި ތަމްރީނަށް ލޯބިކުރާ މާއިސާ ބުނާގޮތުން، އޭނާގެ އެންމެ ބޮޑު އުންމީދަކީ 100 ސެޓްފިކެޓް ހާސިލްކުރުމެވެ. އެ ހުވަފެން އޭނާ ދެކެން ފެށީ ގްރޭޑް 7ގައި އުޅެނިކޮށެވެ. އޭނާގެ އުންމީދަކީ ވީހާވެސް ގިނަ ހުނަރުތައް އެނގޭ "މަލްޓި ޓެލެންޓެޑް" މީހެއްގެ ގޮތުގައި ވިދާލުމެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

ޒަވާޖީ ހަޔާތް އުފާވެރި ނަމަ ޝޯޝަލް މީޑިއާގައި ހިއްސާ ކުރާލެއް މަދު: ދިރާސާ

15 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

މާދަމާ ރޯދަމަހާއެކު ބާޒާރުގެ އަގުތައް އުފުލިފައި، ބައެއް ތަކެތި ވަރަށް މަދު!

26 މެއި 2017
އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

އިންސާފް ގާއިމްނުކޮށް ތަރައްގީއެއް ނުކުރެވޭނެ!

30 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު