Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރަންތާޖު ޤުރުއާން މުބާރާތް

ރަންތާޖު ޤުރުއާން މުބާރާތަކީ ބައިވެރިންނާއި ބެލުންތެރިންނަށްވެސް ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔަ މުބާރާތެއް - އަލްގާރީ މުހްމަދު ތައުފީގް އަލީ

މުބާރާތުގައި ގިނަ ފިލާވަޅުތަކެއް ދެވިއްޖެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 މެއި 2023 | ބުދަ 17:59
އަލްގާރީ މުހްމަދު ތައުފީގް އަލީ

އަލްގާރީ މުހްމަދު ތައުފީގް އަލީ

ރަންތާޖު ޤުރުއާން މުބާރާތަކީ ބައިވެރިންނާއި ބެލުންތެރިންނަށްވެސް ގިނަ ފިލާވަޅުތަކެއް ލިބިގެންދިޔަ މުބާރާތެއް ކަމަށް އަލްގާރީ މުހްމަދު ތައުފީގް އަލީ ވިދާޅުވެއްޖެއެވެ.

ރަންތާޖު ޤުރުއާން މުބާރާތުގައި ފަނޑިޔާރުކަން ވެސް ކުރެއްވި އަލްގާރީ މުހްމަދު ތައުފީގް އަލީ، ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ރަނަތާޖު ޤުރުއާން މުބާރާތަކީ ވަރަށް ތަފާތު މުބާރާތެއް ކަމަށެވެ. އަދި ޝޯއެއްގެ ގޮތަށް ބެލިނަމަވެސް، ވަރަށް ވަރުގަދަ އަދި ގިނަ ބައެއްގެ ޝާމިލުވުން އޮތް ބޮޑު މަސައްކަތެއް ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މި ޝޯ މެދުވެރިކޮށް ބައިވެރިންނަށާއި، ބެލުންތެރިންނަށް ގިނަ ފިލާވަޅުތަކެއް ލިބިގެން ގޮސްފައިވާ ކަމަށެވެ. އެންމެ ބޮޑަށް ފާހަގަކުރެވުނީ ހުނަރުވެރި ދަރިވަރުންތަކެއް ރާއްޖޭގައި ތިބިކަން އެނގިގެން ދިޔަކަމަށާއި، ރާއްޖެއިން ބޭރުގެ މުބާރާތްތަކުގައި ވެސް ބައިވެރިވެވޭނެ ވަރުގެ ދަރިވަރުން ރާއްޖޭގައި ތިބިކަން ހާމަވެގެން ދިޔަކަމަށެވެ.

ޕްރޮގްރާމުގައި ވާހަކަ ދައްކަމުން، އަލްގާރީ އިބްރާހިމް ޝިފާއު ވިދާޅުވީ މުބާރާތުގައި ގިނަ ފިލާވަޅުތަކެއް ދެވިއްޖެ ކަމަށާއި، ފިލާވަޅުތައް ބޮޑަށް އަމާޒުކުރީ ދަރިވަރުންނަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ގޮތަކަށް ބައްޓަން ކުރުމަށްޓަކައި ކަމަށެވެ. އަދި ރާއްޖޭގައި ބޭއްވޭ މުބާރާތްތަކާއި ހިލާފަށް މި މުބާރާތް ގެންދިޔައީ ދަރިވަރުންނަށް އެ ދަރިވަރުންގެ ހުނަރުތައް ދެއްކޭނެ ގޮތަކަށް ކަމަށެވެ.

މި މުބާރާތަކީ ރާއްޖޭގައި ވެސް މިހާތަނަށް ބޭއްވި އެންމެ އަގު ބޮޑު ޤުރުއާން މުބާރާތް ކަމަށް ވާއިރު، މި މުބާރާތުން އެއްވަނައަށް ދިޔަ ފަރާތަށް 3 ލައްކަ ރުފިޔާގެ އިނާމެއް ދީފައިވެއެވެ. އަދި ދެވަނައަށް 1 ލައްކަ ރުފިޔާ، އަދި ތިންވަނައަށް 75000 ރުފިޔާ ދީފައިވެއެވެ.

16 އަހަރާ 45 އަހަރާ ދެމެދުގެ އުމުރުފުރާގެ ފަރާތްތަކަށް ހުޅުވާލައގެން ކުރިއަށްގެންދިޔަ މި މުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ އެންމެ ބޮޑު މުބާރާތެވެ. މި މުބާރާތަކީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދަރިންނަށް ކީރިތި ޤުރުއާން ކިޔަވައިދީ ގޭގައި ޤުރުއާން ކިޔެވުމަށް ބާރު އެޅަން ޖެހޭ: ޚުތުބާ

ދަރިންނަށް ކީރިތި ޤުރުއާން ކިޔަވައިދީ ގޭގައި ޤުރުއާން ކިޔެވުމަށް ބާރު އެޅަން ޖެހޭ: ޚުތުބާ

19 އޮކްޓޯބަރު 2018
ނ. އަތޮޅު ޤުރުއާން މުބާރާތް 2018 ނިންމައި ވަނަ ހޮވައިފި

ނ. އަތޮޅު ޤުރުއާން މުބާރާތް 2018 ނިންމައި ވަނަ ހޮވައިފި

06 އޯގަސްޓު 2018
ޕީ.އެލް.ކިޑްސް ޕްރައިމެރީން ބޭއްވި ފުރަތަމަ ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ޕީ.އެލް.ކިޑްސް ޕްރައިމެރީން ބޭއްވި ފުރަތަމަ ޤުރުއާން އަދި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

22 ޖުލައި 2018
އަލް ނޫރު އަލް މުބިން ޤުރުއާން މުބާރާތުގައި ތިންވަނަ ހޯދި އަޝްރަގަށް ސްކޮލާރޝިޕެއް

އަލް ނޫރު އަލް މުބިން ޤުރުއާން މުބާރާތުގައި ތިންވަނަ ހޯދި އަޝްރަގަށް ސްކޮލާރޝިޕެއް

30 މެއި 2018
ސްކޫލުތަކުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ސްކޫލުތަކުގެ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

04 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު