Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަންތާޖު ޤުރުއާން މުބާރާތް

ރަންތާޖު ޤުރުއާން މުބާރާތަށް ތައްޔާރުވާން ސާއީގެ ހުރިހާ ވަގުތެއް ހުސްކުރި، ބައެއް ރޭރޭ 3 ޖަހަންދެން ގުރުއާން ކިޔަވާ

ރަންތާޖު ޤުރުއާން މުބާރާތަކީ ރާއްޖޭގައިވެސް މިހާތަނަށް ބޭއްވި އެންމެ އަގު ބޮޑު ޤުރުއާން މުބާރާތް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 2 މެއި 2023 | އަންގާރަ 13:22
ސާއީ މުބާރިކް

ސާއީ މުބާރިކް

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ކަމަށްވާ، ''ރަންތާޖު ޤުރުއާން'' މުބާރާތުން އެއްވަނަ ހާސިލްކުރި ނ. ހޮޅުދޫއަށް ނިސްބަތްވާ މުހައްމަދު ސާއީ މުބާރިކް އަކީ ޤުރުއާނުގެ ދާއިރާ އަށް ޚާއްސަ ޝައުގެއް ހުރި ތޫނުފިލި ދަރިވަރެކެވެ. ޤުރުއާނުގެ އިލްމު އުނގެނުމާއި އުނގަންނައިދިނުމަށް ޝައުގުވެރިވާ ސާއީ އަކީ ބުރަ މަސައްކަތުން މިހިސާބަށް އައި ޒުވާނެކެވެ. އުމުރުން 20 އަހަރުގެ މުހައްމަދު ސާއީ މުބާރިކް އަކީ މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ އެންމެންނަށް ހުރި ނަމޫނާއެކެވެ.

ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި، އޭނާ އަށް ޤުރުއާން ކިޔަވަން ފެށުނު ގޮތާއި މެދު ވާހަކަދައްކަމުން ސާއީ ބުނީ ތަފާތު ރާގުތަކަށް ކިޔެވުމުގެ ޝައުގު ކުޑަ އިރު އޭނާގެ ކިބައިގައި އުފެދުނު ކަމަށެވެ. ގުރުއާން ކިޔަވަން ފެށި އިރު ގުރުއާން ކިޔަވަން ކޮށިކަމަށާއި، އެކަމުގެ ސަބަބުން އެއްވަރު ބައެއް ކުދިންގެ މަލާމާތާއި ކުރިމަތިލާން ޖެހުނު ކަމަށް ސާއީ ވަނީ ބުނެފައެވެ. އެހެންނަމަވެސް އުނދަނގޫތައް ދިމާވި ނަމަވެސް ގުރުއާން ކިޔެވުން ދޫކޮށްނުލާ ކުރިއަށް ގެންދިޔައީ ޤާރީއަކަށް ވާން ހުރި ޝައުގުގެ ބޮޑުކަމުން ކަމަށް އޭނާ ބުނެފައިވެއެވެ.

ސާއީ ބުނާގޮތުން ރަންތާޖު ޤުރުއާން މުބާރާތުގެ އިތުރުން އޭނާގެ ހަޔާތުގެ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ހުރީ އޭނާގެ މަންމައެވެ. އޭނާގެ ހުރިހާ ކުރިއެރުމެއްގެ ޝުކުރާއި ތައުރީފް އޭނާ އަމާޒުކުރީ އޭނާގެ ލޯބިވާ މަންމައަށެވެ. ތައުލީމް ހާސިލްކުރުމާއި އެހެނިހެން މުބާރާތްތަކުގައި ވެސް އޭނާގެ މަންމަ އަކީ އޭނާ އަށް ލިބޭ އެންމެ ބޮޑު ހިތްވަރުކަމަށް އޭނާ ވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާގެ ބައްޕަ އާއި ދައްތަގެ އެހީތެރިކަން ވެސް އޭނާ އަށް ވަރަށް ފުރިހަމަ އަށް ލިބޭ ކަމަށް ސާއީ ވަނީ ބުނެފައެވެ.

ސާއީ ވަނީ ރަންތާޖު މުބާރާތުގެ ތަޖުރިބާ އާއި މުބާރާތަށް އޭނާ ވެފައިވާ ތައްޔާރީތަކާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ. ރަންތަޖު މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހިފްޒުގެ ބައިން އަންނާނެ ކަމަށް އަންދާޒާކުރެވުނު ބައި ހިތުން ދަސްކޮށް މުރާޖަޢާކޮށްފައިވާ ކަމަށް އެނާ ބުންޏެވެ. މި މުބާރާތަކީ އޭނާ ބައިވެރިވި އެހެން މުބާރާތްތަކާއި ވަރަށް ބޮޑަށް ތަފާތު މުބާރާތެއް ކަމަށް ސާއީ ބުންޏެވެ. މުބާރާތް ލޯންޗްކުރި ހިސާބުން ފެށިގެން ސުވާލުތަކާއި، ބަލައިގެން ކިޔުމާއި އެހެނިހެން ބައިތަކަށް ވެސް އޭނާ ވަރަށް ބޮޑަށް ތައްޔާރުވިކަން އޭނާގެ ވާހަކައިން ފާހަގަވިއެވެ.

ރަންތާޖު މުބާރާތުގެ ބައިވެރިންނާއި މެދު އޭނާ ބުނީ އެ ބައިވެރިންނަކީ ވަރަށް ޤާބިލް ބައިވެރިންތަކެއް ކަމަށެވެ. އެ މުބާރާތުން ކާމިޔަބުކުރުމަށް އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރި ކަަމަށް ސާއީ ވަނީ ބުނެފައެވެ. ފައިނަލް އާއި ހަމައަށް ދާން ހިތްވަރު އެލުވާނުލާ މަސައްކަތް ކުރި ކަމަށް އޭނާ ބުންޏެވެ.

ސާއީގެ ކާމިޔާބީތަކުގެ ލިސްޓަށް ބަލާއިރު 2019 ވަނަ އަހަރު ބޭއްވި އަލްކައުން މުބާރާތް، ފަލާހް މުބާރާތް، އުފަވި މުބާރާތް އަދި ގައުމީ ޤުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހާސިލްކޮށްފައިވެއެވެ. އަދި 2021 އަދި 2022 ވަނަ އަހަރުގެ އުމުރުފުރާތަކުގެ ބައިންވެސް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.

ސާއީ ވަނީ މަދަހަ ކިޔުމާއި، ލަވަ ކިޔުމުގައި ޝާމިލްވުމުގެ އިތުރުން އަދަބީ މުބާރާތްތަކާއި އެތްލެޓިކް އާއި ވޮލީ މުބާރާތުގައި ވެސް އޭނާ ވަނީ ބައިވެރިވެފައެވެ. މީގެ އިތުރުން އޭނާ އަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރަން ޝައުގުވެރިކަން ހުންނަ ފަރާތެކެވެ. އެހެންނަމަވެސް އޭނާގެ އުންމީދުތައް ބޮޑަށް ގުޅިފައި ވަނީ ކީރިތި ޤުރުއާން އުނގަންނައިދިނުމާއި އުނގެނުމުގެ ދާއިރާ އާއިއެވެ. އޭނާގެ އުންމީދަކީ ގުރުއާނުގެ ދާއިރާއިން ކިޔެވުމަށް ރާއްޖޭން ބޭރަށް ގޮސް ތައުލީމް ހާސިލްކުރުމެވެ. އޭނާގެ އެންމެ އިސް ދުޢާއަކީ ކައިރި މުސްތަޤްބަލެއްގައި އެފަދަ ފުރުސަތެއް މިންވަރުކުރެއްވުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ފްރާންސް އިން ތައްޔާރުވާން ޖެހެނީ އެމްބާޕޭ ނެތް ޙާލަތަކަށް!

ފްރާންސް އިން ތައްޔާރުވާން ޖެހެނީ އެމްބާޕޭ ނެތް ޙާލަތަކަށް!

20 ޖޫން 2024
އުއިގުރު މުސްލިމުންގެ ފޯނަށް ޤުރުއާން އަޅާފައިވާނަމަ އެއީ އެކްސްޓްރީމިސްޓުން ކަމަށް ޗައިނާ ސަރުކާރުން ބަލާ

އުއިގުރު މުސްލިމުންގެ ފޯނަށް ޤުރުއާން އަޅާފައިވާނަމަ އެއީ އެކްސްޓްރީމިސްޓުން ކަމަށް ޗައިނާ ސަރުކާރުން ބަލާ

10 މެއި 2023
ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

01 މެއި 2023
ރަންތާޖު ޤުރުއާން މުބާރާތް - ބައިވެރިންނަށް "ހިތްގައިމު މާހައުލެއްގައި އުނގެނުމުގެ ފުރުސަތު"

ރަންތާޖު ޤުރުއާން މުބާރާތް - ބައިވެރިންނަށް "ހިތްގައިމު މާހައުލެއްގައި އުނގެނުމުގެ ފުރުސަތު"

26 މާރިޗު 2023
ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

25 މާރިޗު 2023

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު