Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރަންތާޖު ޤުރުއާން މުބާރާތް

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

1 މެއި 2023 | ހޯމަ 14:20

މި މުބާރާތަކީ ރާއްޖޭގައިވެސް މިހާތަނަށް ބޭއްވި އެންމެ އަގު ބޮޑު ޤުރުއާން މުބާރާތް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 1 މެއި 2023 | ހޯމަ 14:20
ރަންތާޖު ޤުރުއާން މުބާރާތް ކާމިޔާބުކުރި ސާއީ އޭނާގެ އާއިލާއާއެކު

ރަންތާޖު ޤުރުއާން މުބާރާތް ކާމިޔާބުކުރި ސާއީ އޭނާގެ އާއިލާއާއެކު

ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ޤުރުއާން މުބާރާތް ކަމަށްވާ، ''ރަންތާޖު ޤުރުއާން'' މުބާރާތުގެ ފައިނަލަށް ދަތުރުކުރި ހުރިހާ ބައިވެރިންނަކީވެސް ހުނަރުން ފުރިގެންވާ ބައިވެރިންތަކެކެވެ. އެ ބައިވެރިން އައީ ކޮންމެ ހަރުފަތެއްގައި ވާދަވެރިކަމުގެ ރޫހު ދައްކަމުންނެވެ. މުބާރާތުގެ ބައިވެރިންނާ ވާދަކޮށް، އެންމެ ފަޚުރުވެރި އެއްވަނަ ހޯދާފައިވަނީ ނ. ހޮޅުދޫއަށް ނިސްބަތްވާ މުހައްމަދު ސާއީ މުބާރިކެވެ. މުބާރާތުގެ އެއްވަނަ ލިބޭ ބައިވެރިޔާގެ ގޮތުގައި އޭނާގެ ނަން އިއުލާންކުރި ވަގުތު ވެގެންދިޔައީ އޭނާއާ އެއްވަރަށް އޭނާގެ މަންމައަށްވެސް ޖަޒުބާތީ ވަގުތުކޮޅަކަށެވެ.

އުމުރުން 20 އަހަރުގެ މުހައްމަދު ސާއީ މުބާރިކް މުބާރާތުގެ އެއްވަނަ ހާސިލްކޮށް، އޭނާއަށް ހައްގުވީ އިނާމްތައް ލިބިގަތުމަށް ސްޓޭޖަށް ދިޔަވަގުތު އެ މަންޒަރު ބަލަން އިން މަންމައަށް އުފަލުން ރޮވުނެވެ. އެ ވަގުތުކޮޅު ވެގެން ދިޔައީ ރަންތާޖު ޤުރުއާން މުބާރާތުގެ ފައިނަލްގެ ރަސްމިއްޔާތުގެ ބައިވެރިންނާއި ބެލުންތެރިންނަށްވެސް އެ މަންމަގެ މޫނުމަތިން ސާއީއަށްޓަކައި ފެނުނު ފަޚުރުވެރިކަމުގެ ޝުއޫރުތައް އިހުސާސްކުރެވޭނެއެވެ. ދަރިފުޅު ހޯދި ރަން ވަނައާމެދު އުފަލުން މަންމައަށް ރޮވުނު މަންޒަރު ފެނި، ސާއީވެސް ހުރީ އެ ވަގުތު ފެންކަޅިވެފައެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ ތާޖު އުފުލާލުމާ ހިސާބުން މި މުބާރާތުގެ ދަތުރު ނިންމާލިނަމަވެސް އޭނާގެ ޤުރުއާން ކިޔެވުމުގެ ފަހަތުގައި ވަނީ ދިގު ދާސްތާއެކެވެ. އެ ދަތުރު ފެށި ހިސާބުން އޭނާއަށް އެތައް މަލާމާތަކާއި ފުރައްސާރައެއް ކުރިމަތިވިއެވެ. އެހެންނަމަވެސް ސާއީ ހިތްވަރު ހޯދީ، އޭނާއެކޭ އެއްފަދައިން ރީތިކޮށް ޤުރުއާން ކިޔަވަމުން އައި އޭނާގެ ލޯބިވާ ދައްތަގެ ފަރާތުންނެވެ. އޭރުއްސުރެ މެދުނުކެނޑި ކުރި މަސައްކަތުގެ ނަތީޖާ ކިތަންމެހައިވެސް ފޮންޏެވެ.

ސާއީގެ ކާމިޔާބީތަކުގެ ލިސްޓަށް ބަލާއިރު 2019 ވަނަ އަހަރު ބޭއްވި އަލްކައުން މުބާރާތް، ފަލާހް މުބާރާތް، އުފަވި މުބާރާތް އަދި ގައުމީ ޤުރުއާން މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން އެއްވަނަ ހާސިލްކޮށްފައިވެއެވެ. އަދި 2021 އަދި 2022 ވަނަ އަހަރުގެ އުމުރުފުރާތަކުގެ ބައިންވެސް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. ދިގު ރާގަށް ޤުރުއާން ކިޔެވުމަށް ޝައުގުވެރިކަން ހުރި ސާއީގެ ހުވަފެންތައް ފޮންޏެވެ. އޭނާގެ އުންމީދަކީ ރަންތާޖު މުބާރާތަށްފަހު ޤުރުއާނުގެ ދާއިރާއިން ކިޔެވުމަށް ރާއްޖޭން ބޭރަށް ދިއުމެވެ. އޭނާ ހުރީ އެފަދަ ފުރުސަތަކަށް އެދިގެންނެވެ.

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ނ. ހޮޅުދޫއަށް ނިސްބަތްވާ މުހައްމަދު ސާއީ މުބާރިކް ހާސިލްކޮށްފައިވާއިރު، 2 ވަނަ ހާސިލްކޮށްފައިވަނީ މާލެ ސިޓީ، ފާތިމަތު ތުގާ ހަލީމެވެ. އަދި 3 ވަނަ ހާސިލްކޮށްފައިވަނީ މާލެ ސިޓީ, ޔައީޝް މުހައްމަދު ނިޔާޒެވެ. އަދި 4 ވަނަ ހއ. ހޯރަފުށި, އަހުމަދު ސުޖާއު ހާސިލްކޮށްފައިވާއިރު، 5 ވަނަ ހާސިލްކޮށްފައިވަނީ ބ.އޭދަފުށި, މުހައްމަދު މުސްތަފާއެވެ.

މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި މިފަދަ އެންމެ އަގު ބޮޑު މުބާރާތެވެ. މި މުބާރާތް އިންތިޒާމްކުރީ ރާއްޖެ ޓީވީ، މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަދި އިސްލާމިކް މިނިސްޓްރީ ގުޅިގެންނެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

26 މާރިޗު 2023

ރަންތާޖު ޤުރުއާން މުބާރާތް - ބައިވެރިންނަށް "ހިތްގައިމު މާހައުލެއްގައި އުނގެނުމުގެ ފުރުސަތު"

26 މާރިޗު 2023
ރަންތާޖު ޤުރުއާން މުބާރާތް - ބައިވެރިންނަށް "ހިތްގައިމު މާހައުލެއްގައި އުނގެނުމުގެ ފުރުސަތު"
25 މާރިޗު 2023

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

25 މާރިޗު 2023
ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
22 މާރިޗު 2023

ކުޑަކުޅިވަރަކުން އެއްވަނަ އެތްލީޓްގެ މަޤާމް ހޯދާ އަޒްނީން ބަދަލުކޮށްލީ އެހެން އެތްލީޓުންގެ ވިސްނުން

22 މާރިޗު 2023
ކުޑަކުޅިވަރަކުން އެއްވަނަ އެތްލީޓްގެ މަޤާމް ހޯދާ އަޒްނީން ބަދަލުކޮށްލީ އެހެން އެތްލީޓުންގެ ވިސްނުން
03 ޖުލައި 2021

ދެއްކުންތެރިކަމުގެ ލިސްޓުން ފުރިހަމަ އެއްވަނައެއް ޕޯޗުގަލްއަށް

03 ޖުލައި 2021
ދެއްކުންތެރިކަމުގެ ލިސްޓުން ފުރިހަމަ އެއްވަނައެއް ޕޯޗުގަލްއަށް
29 ޖޫން 2021

ޔޫރޯ މުބާރާތުގެ އިއްތިފާގުތަކުގެ ތެރެއިން ނަތީޖާ އެއްގޮތްވުން

29 ޖޫން 2021
ޔޫރޯ މުބާރާތުގެ އިއްތިފާގުތަކުގެ ތެރެއިން ނަތީޖާ އެއްގޮތްވުން
27 މެއި 2021

ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން

27 މެއި 2021
ކޮވިޑް-19 ބަލީގެ މީހުންނަށް އައިސީޔޫގައި ފަރުވާދެނީ ޤުރުއާން ޖަހައިގެން
04 އެޕްރީލު 2020

މިހާރު ލާދީނީ ވަނީ ޝަހީމް ވިދާޅުވީތީ ޤުރުއާން ނުކިޔެވުމުން؟

04 އެޕްރީލު 2020
މިހާރު ލާދީނީ ވަނީ ޝަހީމް ވިދާޅުވީތީ ޤުރުއާން ނުކިޔެވުމުން؟
06 އޮކްޓޯބަރު 2019

ޕިކަލްސް : ޒަމާނީ ރަހަތަކާއެކު ކެއުމަކަށް އިންސާފުކޮށްލަން ދާން އެއްވަނަ!

06 އޮކްޓޯބަރު 2019
ޕިކަލްސް : ޒަމާނީ ރަހަތަކާއެކު ކެއުމަކަށް އިންސާފުކޮށްލަން ދާން އެއްވަނަ!
17 އޯގަސްޓު 2019

ދަގަނޑޭ އަކީ އަދިވެސް ހަމަ އެއްވަނަ

17 އޯގަސްޓު 2019
ދަގަނޑޭ އަކީ އަދިވެސް ހަމަ އެއްވަނަ
18 ޖެނުއަރީ 2018

މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟

18 ޖެނުއަރީ 2018
މިދިޔަ އަހަރުގެ އެންމެ މަގްބޫލު މަންޒިލްތަކުގެ ލިސްޓުގެ އެއްވަނައިގައި ކޮން ގައުމެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް