Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑެނީ އަލްވޭސް

"ޖިންސީ ގޯނާއެއް ނުކުރަން، ކުރިކަމެއް ކުރީ ދެ މީހުން ރުހިގެން"

އަލްވޭސް ބުނި ގޮތުގައި އެ ބުނާ ރޭގައި ނައިޓް ކުލަބުގެ ފާހަނާ ތެރޭގައި އެކަމެއް ހިނގާފައި ވަނީ ދެމީހުން ވެސް ޤަބޫލު ވެގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އެޕްރީލު 2023 | އަންގާރަ 06:06
ބްރެޒިލްގެ ޖާޒީގައި ޑެނީ އަލްވޭސް

ބްރެޒިލްގެ ޖާޒީގައި ޑެނީ އަލްވޭސް

ބްރެޒިލްގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސްގެ މައްޗަށް ކުރެވޭ އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ދޮގުކޮށް، އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދީފި އެވެ.

އަލްވޭސްގެ މައްޗަށް ކުރެވުނު ތުހުމަތާއެކު މިއަހަރުގެ ޖަނަވަރީ މަހު ވަނީ އޭނާާ ޖަލުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފަ އެވެ. އެއީ ޕަބްލިކް ޕްރޮސެކިއުޓުން އެދިގެންނެވެ. ފުލުހުން ވަނީ މި މައްސަލައިގައި އެކި ފަހަރު މަތިން އަލްވޭސްއާ ސުވާލު ވެސް ކޮށްފަ އެވެ. އެކަމާ ގުޅިގެން އަލްވޭސްގެ ޤާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ، އަލްވޭސް އެންމެ ފުރަތަމަ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތުގައި ވާހަކަ ނުދެއްކީ އޭނާގެ ކައިވެނި ސަލާމަތް ކުރުމަށް އިސްކަން ދޭތީ ކަމަށެވެ. އެ މައްސަލައިގައި ހޯމަ ދުވަހު ވަނީ ޝަރީއަތެއް ވެސް ބާއްވައިފަ އެވެ. އެ ޝަރީއަތުގައި އަލްވޭސް ދެއްކި ވާހަކަތައް އޭނާގެ ވަކީލުން ވަނީ ބަޔާނެއް މެދުވެރިކޮށް ހާމަކޮށްފަ އެވެ. އެ ބަޔާނުގައި އިތުރަށް ބުނީ، އަލްވޭސް ބުނި ގޮތުގައި އެ ބުނާ ރޭގައި ނައިޓް ކުލަބުގެ ފާހަނާ ތެރޭގައި އެކަމެއް ހިނގާފައި ވަނީ ދެމީހުން ވެސް ޤަބޫލު ވެގެން ކަމަށާއި، އެވަގުތު ވެސް އެ އަންހެން މީހާ އެކަން ހުއްޓާލުމަށް އޭނާ ގާތު ނުބުނާ ކަމަށެވެ.

އެންމެ ފުރަތަމަ ވެސް އަލްވޭސްގެ މައްޗަށް ކުރެވުނު ތުހުމަތާއެކު އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. އެ މައްސަލައިގައި އަލްވޭސް ހައްޔަރު ކުރިއިރު، ފެބްރުވަރީ މަހު އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލުމަށް އެދިފަ އެވެ. ނަމަވެސް ކޯޓުން ވަނީ އަލްވޭސް އަށް އެ ފުރުސަތު ނުދިނުމަށް ނިންމައިފަ އެވެ. އެކަމާ ގުޅިގެން ބޭރުގެ މީޑިއާ ތަކުން ވަނީ އަލްވޭސްގެ މައްސަލަ ބަލަމުން އަންނަ ކޯޓުގެ ކޮމެންޓެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެ ކޯޓުން ވަނީ ކޮމެންޓެއް ކުރަން ބޭނުންނުވާ ކަމަށް ބުނެފަ އެވެ. މީގެ އިތުރުން ތުހުމަތު ކުރެވޭ ޝިކާރައަކަށް ވެފައިވާ މީހާ ތަމްސީލް ކުރާ ވަކީލާއި ޕީޖީގެ ތަރުޖަމާނުގެ ބަހެއް ވެސް ލިބިފައް ނުވެ އެވެ.

އެ މައްސަލައާ ގުޅިގެން އަލްވޭސް ކުޅެމުން އައި މެކްސިކޯގެ ކުލަބުން ވަނީ އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފަ އެވެ. މީގެ އިތުރުން އޭނާގެ އަންހެނުން ވަނީ އަލްވޭސް ދޫކޮށް ގޮސްފައި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އިތުރަށް ކިޔާލަން

21 އެޕްރީލު 2017

އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ

21 އެޕްރީލު 2017
އިންގްލޭންޑް ގައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ އުގޯ އެހިއޯގޫ މަރުވެއްޖެ
06 އެޕްރީލު 2017

އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު

06 އެޕްރީލު 2017
އޭވީސީ މުބާރާތަށް ނުފޫޒު ފޯރުވަން މަސައްކަތެއް ނުކުރަން: އިއްޒަތު
19 މާރިޗު 2017

ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް

19 މާރިޗު 2017
ކޭމްޕުގައި މަސައްކަތްކުރީ ޓީމެއްގެ ގޮތުގައި، އެކަތި ގަނޑެއްގެ ގޮތުގައި: ޝަރަފް
20 ފެބުރުއަރީ 2017

ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި

20 ފެބުރުއަރީ 2017
ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޝާހް އަށް ހާޓަޓޭކެއް ޖެހި ފަރުވާދޭން ފަށައިފި
07 ފެބުރުއަރީ 2017

ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް

07 ފެބުރުއަރީ 2017
ކެވިން ލަވް ޓްރޭޑްކޮށް، ކާމެލޯ އެންތަނީ ކެވެލިއަރސްއަށް ގެންނަން މަސައްކަތެއް ނުކުރަން: ލެބްރޯން ޖޭމްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު