Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑެނީ އަލްވޭސް

ޑެނީ އަލްވޭސް، ހަތަރު އަހަރާއި ބަޔަށް ޖަލަށް ލުމަށް ހުކުމް ކޮށްފި

އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާ އަށް ބަދަލުގެ ގޮތުގައި 150،000 ޔޫރޯ ދިނުމަށް ވެސް ޙުކުމް ކުރި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2024 | ހޮނިހިރު 03:21
ޝަރީއަތުގައި މަޖިލީހުގައި ޑެނީ އަލްވޭސް

ޝަރީއަތުގައި މަޖިލީހުގައި ޑެނީ އަލްވޭސް

ބާސެލޯނާ އާއި ބްރެޒިލްގެ ކުރީގެ ޑިފެންޑަރު ޑެނީ އަލްވޭސްގެ މައްޗަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އުފުލި ދައުވާތަށް ސާބިތުވެ، ހަތަރު އަހަރާއި ބައިގެ މުއްދަތަކަށް އޭނާ ޖަލަށް ލުމަށް ކޯޓުން ޙުކުމް ކޮށްފި އެވެ.

އަލްވޭސްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ، 2022 އަހަރުގެ ޑިސެމްބަރު މަހު ބާސެލޯނާގެ ނައިޓު ކުލަބެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައާ ގުޅިގެން، މިދިޔަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު އަލްވޭސް ހައްޔަރުކޮށްފައިވާއިރު، ކޯޓުން ވަނީ ޝަރީއަތް ނިމެންދެން ވެސް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް އަމުރު ކޮށްފަ އެވެ.

ސްޕެއިންގެ ކެޓަލޯނިއާގެ އެންމެ މަތީ ކޯޓުގައި އަލްވޭސް ބުނެފައި ވަނީ، އޭނާ އަންހެން މީހާ އަށް ޖިންސީ ގޯނާ ކޮށްފައި ނުވާނެ ކަމަށާއި، ހިނގި ކަމެއް ހިނގީ ދެ މީހުންގެ ވެސް ރުހުމުގައި ކަމަށެވެ. އަލްވޭސް ޖަލަށް ލުމުގެ އިތުރުން، ކޯޓުން ވަނީ އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާ އަށް ބަދަލުގެ ގޮތުގައި 150،000 (އެއް ލައްކަ ފަންސާސް ހާސް) ޔޫރޯ ނުވަތަ 163،000 (އެއް ލައްކަ ފަސް ދޮޅަށް ތިން ހާސް) ޑޮލަރު ދެއްކުމަށް ވެސް އަލްވޭސްގެ މައްޗަށް އަމުރުކޮށްފަ އެވެ.

އަލްވޭސްގެ މައްޗަށް ކުރި ޙުކުމުގައި ބުނެފައި ވަނީ އަނިޔާ ލިބުނު މީހާ ރުހުން ނުދިންކަން ސާބިތުވެފައިވާ ކަމަށާއި، ރޭޕް ސާބިތުވި ކަމަށް ބެލޭނެ ހެކި ވެސް ދައުވާ ލިބޭ ފަރާތުގެ ހެކިބަހުގެ އިތުރުން، އެހެނިހެން ހެކިތައް ވެސް އެބަހުރި ކަމަށެވެ. އެ މައްސަލައިގައި ދައުލަތުގެ ވަކީލުން އެދީފައި ވަނީ އަލްވޭސްގެ މައްޗަށް ނުވަ އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވައި ދިނުމަށެވެ.

އަލްވޭސް އަކީ ބްރެޒިލްގެ ޤައުމީ ޓީމާއި، ސްޕެއިންގެ ބާސެލޯނާގެ އިތުރުން ސެވިއްޔާ، ޔުވެންޓަސް އަދި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ފަދަ ކުލަބުތަކާއެކު ކެރިއަރުގައި 43 ތަށި ހޯދާފައިވާ ކުޅުންތެރިޔެކެވެ. އޭނާ އަކީ ފުޓުބޯޅައިގެ ތާރީޚުގައި ވެސް އުފެދުނު އެންމެ ކާމިޔާބު އެއް ކުޅުންތެރިޔާ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި

ޕްރިމިއާ ލީގު: ސިޓީ ހަތަރުވަނައަށް ވައްޓާލުމަށްފަހު ޗެލްސީ ލީޑު ފުޅާކޮށްފި

06 އެޕްރީލު 2017
ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް

ނެޓްބޯލް ސީ ބެޖް ހަތަރު އަމްޕަޔަރުން ސިންގަޕޫރަށް

01 އެޕްރީލު 2017
ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

ގައުމީ ޓީމު ކުޅޭ މެޗަށް މާލޭގެ ހަތަރު ސަރަހައްދެއްގައި ޓިކެޓް ވިއްކަނީ

21 މާރިޗު 2017
ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

ބާސާ އަށް ދެން ބަދަލުނުވާނަން، ކުޅެން ބޭނުމީ އިދިކޮޅަށް: ޑެނީ އަލްވޭޒް

15 މާރިޗު 2017
ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

ސާޅިސް ހަތަރު ޓީމާއެކު ސްކޫލް ކޮލެޖު ވޮލީ މުބާރާތް ފަށަނީ

04 މާރިޗު 2017

އަހަރުތަކުން މިއަދު

22 އެޕްރީލު
އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!
20251 އަހަރު ކުރިން
ރާއްޖެ

އިހުސާން ކޮރަޕްޝަންގެ އަމަލުތަކެއް ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނައި!

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.
20242 އަހަރު ކުރިން
އިސްލާމް

އިންސާނަކަށް ކަމޭހިތުމުން ލިބޭނެ ދެރައެއް ނޯންނާނެއެވެ.

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް
20233 އަހަރު ކުރިން
ރާއްޖެ

ފުލުހަކަށް ހަމަލާދީގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ނަދީމްގެ މަރުގެ މައްސަލައިގެ ދައުވާ އުފުލި މަފާޒް

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟
20224 އަހަރު ކުރިން
ރިޕޯޓު

މިއީ ނަމެއްނެތް، އެންމެ ހިޓް ގްރޫޕް؟

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!
20215 އަހަރު ކުރިން
ރިޕޯޓު

ފޭރިގަތީ ފައިސާކޮޅު، ޒަރޫރީ ބޭނުން ކުރާނެވަރުވެސް ނެތް!

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
20197 އަހަރު ކުރިން
ރިޕޯޓު

އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ގެއްލުނު ކެޕްޓަން މަރުވެފައި އޮއްވާ ކަނޑުގެ އަޑިން ފެނިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު