Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

އާސެނަލް އިން ދެ ލަނޑުގެ ލީޑު ގެއްލުވާލުމުން އޮޑެގާޑްގެ ރުޅިގަނޑު ފަޅައިގެން ގޮސްފި

އޭނާ ފާހަގަ ކުރި ގޮތުގައި މެޗުގެ ވަކި ހިސާބަކުން އާސެނަލް ވަނީ ވެސްޓް ހޭމަށް އެމީހުން ބޭނުންވާ ގޭމު ކުޅުމަށް ފުރުސަތު ދީފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 18 އެޕްރީލު 2023 | އަންގާރަ 02:49
ވެސްޓް ހޭމާ ދެކޮޅަށް އާސެނަލް އިން ކުޅުނު މެޗުގައި އޮޑެގާޑް

ވެސްޓް ހޭމާ ދެކޮޅަށް އާސެނަލް އިން ކުޅުނު މެޗުގައި އޮޑެގާޑް

އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުގެ އާސެނަލް އިން މުހިންމު ދެ ޕޮއިންޓު ގެއްލުވާލުމުން އެ ޓީމަށް ކުޅެމުން އަަންނަ ނޯވޭގެ މިޑްފީލްޑަރު މާޓިން އޮޑެގާޑް ވަރަށް ބޮޑަށް ރުޅިގަދަ ވެއްޖެ އެވެ.

ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލް އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް އެ ޓީމުން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭގެ ކުރިން ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު ވެސް އެއްވަރުވެފައި ވަނީ އާސެނަލް އިން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށެވެ. މުހިންމު ދެ ޕޮއިންޓު ގެއްލުވާލުމާއެކު އާސެނަލް އާއި ދެ ވަނައިގައި މެންޗެސްޓަރ ސިޓީއާ ދެމެދު އޮތް ފަރަގު ވަނީ ހަތަރު ޕޮއިންޓަށް ކުޑެވަފަ އެވެ.

އެ މެޗަށްފަހު ވާހަކަ ދައްކަމުން އޮޑެގާޑް ބުނީ، މިދިޔަ ހަފްތާއި ހެދުނު ގިނަ ގޯސްތައް ވެސްޓް ހޭމް މެޗުގައި ވެސް ހެދުނު ކަމަށެވެ. އޭނާ ބުނީ އާސެނަލް އިން މި މެޗު ވެސް ފެށީ ވަރަށް ރަނގަޅަށް ކަމަށާއި، ނަމަވެސް ވަކި ހިސާބަނުން ދުވެލި ހުއްޓި، ވެސްޓް ހޭމަށް އެމީހުންގެ ކޮލެޓީގައި ކުޅުމުގެ ފުރުސަތު ދިން ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި މެޗުގެ ވަކި ހިސާބަކުން އާސެނަލް ވަނީ ވެސްޓް ހޭމަށް އެމީހުން ބޭނުންވާ ގޭމު ކުޅުމަށް ފުރުސަތު ދީފަ އެވެ. އޭނާ ބުނީ އެއީ އާސެނަލްގެ ގޯސް ކަމަށާއި، ނަމަވެސް ފަހަތް ބެލުމެއް ނެތި ކުރިއަށް ދާން ޖެހޭނެ ކަމަށެވެ. އަދި އެއްވެސް ބަހަނާއެއް ދެއްކެން ނެތް ކަމަށާއި، ދެ ލަނޑުގެ ލީޑު ގެއްލުވާލުމަކީ އާސެނަލްގެ ފެންވަރެއް ވެސް ނޫން ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ވަކި ހިސާބަކުން އާސެނަލް އިން ބޯޅައާއެކު ވެސް ގިނަ ގޯސްތަކެއް ހަދައި، ވެސްޓް ހޭމަށް ދިގު ބޯޅަތަކެއް ޖެހުމަށް ފުރުސަތު ދިން ކަމަށެވެ. އާސެނަލް އަދި ވެސް އޮތީ ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓާއެކު ކަމަށާއި، އަދިވެސް އަމިއްލަ އަތް މަތީގައި ބާރު އޮތްކަން ފާހަގަކޮށް އޮޑެގާޑް ބުނީ، ކުރިއަށް އޮތް މަދު މެޗުތަކުގައި ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އަދި ސީޒަންގެ ކުރީ ކޮޅު އާސެނަލްގައި އޮތް ރޫހު އަލުން ގެނަސް، ކުރިއަށް އޮތް މެޗު ކާމިޔާބުކޮށް، ހަމަޖެހުމެއް ހޯދަން ޖެހޭ ކަމަށެވެ.

އާސެނަލް އަށް ދެން ލީގުގައި އޮންނާނީ އަމިއްލަ ދަނޑުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން އެ ޓީމު ކުޅޭނީ ސިޓީއާ ދެކޮޅަށެވެ. ސިޓީ މެޗުގެ ކުރިން ސައުތެމްޓަން މެޗުން އާސެނަލް އަށް ތިން ޕޮއިންޓު ހޯދުމަކީ މަޖުބޫރު ކަމެކެވެ.

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
25 ޖެނުއަރީ 2017

ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!

25 ޖެނުއަރީ 2017
ސަންޗޭޒްގެ އާއި އާސެނަލްއާ ދެމެދު އަދިވެސް އެއްބަސްވުމަކަށް ނާދެވޭ!
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
23 ޖެނުއަރީ 2017

އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ

23 ޖެނުއަރީ 2017
އާސެނަލް އަށް ޕަޔެޓް ބޭނުމެއް ނުވޭ: ވެންގާ
20 ޖެނުއަރީ 2017

އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ

20 ޖެނުއަރީ 2017
އާސެނަލް ދޫކޮށްލުމަށް ފަހު ސަންޗޭޒް ބަޔާންއާ ގުޅުން ކައިރި: އޮންރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު