ކ. މާލެ
|
16 އޭޕްރިލް 2023 | އާދީއްތަ 17:33
ސޫދާންގެ ސިފައިންނާ އެގައުމުގައި ހަރަކާތްތެރިވާ ޕެރަމިލިޓަރީ ގްރޫޕަށް ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 56ށް އަރައިފި
ސޫދާންގެ ސިފައިންނާ އެގައުމުގައި ހަރަކާތްތެރިވާ ޕެރަމިލިޓަރީ ގްރޫޕަށް ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 56ށް އަރައިފި
ރޮއިޓާރސް
ސޫދާންގެ ހަމަނުޖެހުން
ސޫދާންގެ ސިފައިންނާއި ޕެރަމިލިޓަރީ ގްރޫޕާދެމެދު ހިނގި ކުރިމަތިލުމުގައި މަރުވި މީހުންގެ އަދަދު 50ން މައްޗަށް
 
މިހަމަލާ ބަދަލުކުރުންތަކުގައި 56 މީހުން ވަނީ މަރުވެފައި
 
ކުރިމަތިލުމުގައި އަނިޔާވި މީހުންގެ އަދަދު ވަނީ 600ށް އަރައިފަ

ސޫދާންގެ ސިފައިންނާ އެގައުމުގައި ހަރަކާތްތެރިވާ ޕެރަމިލިޓަރީ ގްރޫޕަށް ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 50ން މައްޗަށް އަރައިފައެވެ.

ސޫދާންގެ ސިފައިން ވަނީ އެގައުމުގެ ވެރިރަށާއި ކައިރި ހިސާބުތަކުގައި ތިބި ޕެރަމިލިޓަރީ ގްރޫޕަށް، އާދިއްތަ ދުވަހު ވައިގެ ހަމަލާތަކެއް ދީފައެވެ. މިއީ އަސްކަރިއްޔާއަށް ގެއްލިފައިވާ ބާރުތައް އަނބުރާ ހޯދުމުގެ ނިޔަތުގައި ދޭންފެށި ހަމަލާތަކެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ސޫދާން ސިފައިންގެ ހަމަލާތައް އަމާޒުވި އެއްތަނަކީ އޮމްދުރްމާން ސިޓީގައި ހުރި އެގައުމުގެ ސަރުކާރުގެ ޕެރަމިލިޓަރީ ގްރޫޕް، ރެޕިޑް ސްޕޯރޓް ފޯރސެސް (އާރްއެސްއެފް)ގެ މައި އިދާރާއެވެ.

އާރްއެސްއެފް އާއި ސޫދާންގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތައް ވަނީ އެގައުމުގެ ވެރިރަށް ޚަރތޫމް ހިމެނޭހެން ގިނަ ސިޓީތަކެއްގައި ކުރިއަށްގެންގޮސްފައެވެ.

ސޫދާންގެ ޑޮކްޓަރުންގެ ޔޫނިއަންއާ ހަވާލާދީ މީޑިއާތަކުުން ރިޕޯޓުކޮށްފައިވާގޮތުން މިހަމަލާ ބަދަލުކުރުންތަކުގައި 56 މީހުން މަރުވެ، 600 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެގޮތުން، ޚަރތޫމްގެ އެއަރޕޯޓް އާއި އޮމްދުރްމާންގެ އިތުރުން ންޔާލާ، އަލް އުބެއިދް އަދި އަލް ފަޝެރްގައި ހިނގި ކުރިމަތިލުންތަކުގައި މީހުން މަރުވެފައިވާކަމަށް އެޔޫނިއަނުން ބުނެއެވެ.

އާރްއެސްއެފްއިން ބުނަމުންދަނީ އެގްރޫޕްގެ ބާރުގެ ދަށަށް ސޫދާންގެ ރައީސް ގަނޑުވަރާއި، އަސްކަރިއްޔާގެ ޗީފްގެ ގެކޮޅާއި، ސަރުކާރުގެ ޓީވީ ސްޓޭޝަންގެ އިތުރުން ޚަރތޫމްގެ އެއަރޕޯޓުތައް ގެނަސްފައިވާކަމަށެވެ. މީގެ އިތުރުން މެރޮވޭ ސިޓީ އާއި އަލް ފަޝެރް އަދި ވެސްޓް ދަރްފުރް ސްޓޭޓްވެސް އެގްރޫޕުން ހިފާފައިވާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ސޫދާން ސިފައިން ދަނީ މިވާހަކަތައް ދޮގުކުރަމުންނެވެ.

ސޫދާން ސިފައިންގެ އެއަރ ފޯސް އިން ވަނީ އާރްއެސްއެފްގެ ހަރަކާތްތައް ބެލުމަށް 'އޭރިއަލް ސަރވޭއެއް' ކުރިއަށްގެންދަން ދެން ބޭރަށް ނުނިކުތުމަށް އާންމުންނަށް އަންގާފައެވެ. އަދި އާދިއްތަ ދުވަހަކީ ޚަރތޫމް ސްޓޭޓަށް ބަންދު ދުވަހެއް ކަމަށް ކަނޑައަޅައި ސްކޫލްތަކާއި ބޭންކުތައް އަދި ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.

ސޫދާން ސިފައިންގެ ޗީފް، ޖެނެރަލް އަބްދުލް ފައްތާހް އަލް-ބުރްހާން ވަނީ ޚަރތޫމްގައި ހަރަކާތްތެރިވަމުންދާ އާރްއެސްއެފްގެ ސިފައިން އެސަރަހައްދުން ދިއުމަކީ އެންމެ ރަނގަޅުގޮތް ކަމަށާއި ނޫންނަމަ އެހެން ސަރަހައްދުތަކަށް ސޫދާންގެ ސިފައިން ފޮނުވާނެ ކަމަށް ވިދާޅުވެ އާރްއެސްއެފް އަށް އިންޒާރު ދެއްވާފައެވެ. އަދި އާރްއެސްއެފްގެ ސަފުތައް ރޫޅާލުމުން ނޫނީ އެގްރޫޕާއެކު މަޝްވަރާތައް ނުކުރާނެ ކަމަށްވެސް ސޫދާން ސިފައިން ވަނީ ބުނެފައެވެ.

އާރްއެސްއެފްގެ ލީޑަރު، ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ (ހެމެދްތީ) ވަނީ ސޫދާން ސިފައިންގެ ޗީފް ބުރްހާން އަކީ 'ދޮގުވެރިއެއް' އަދި 'ކުށްވެރިއެއް' ކަމަށް ބުނެފައެވެ.

މާހިރުން ލަފާކުރާގޮތުގައި އާރްއެސްއެފްގެ ސިފައިން އަދި ސޫދާން ސިފައިންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންގެ ޖުމުލަ އަދަދު 100،000ށް އަރައެވެ. 2021 ވަނަ އަހަރުގެ އަސްކަރީ ބަޣާވާތަކަށް ފަހު އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް، އާރްއެސްއެފް އާއި ސޫދާން ސިފައިން ދަނީ ވާދަކުރަމުންނެވެ.

މިކުރިމަތިލުންތައް ދިގުލައިގެން ދިއުމަކީ އިންތިހާބަކަށް ދިއުމަށް ސޫދާން ކުރަމުންދާ މަސައްކަތައް ހުރަސްއެޅޭނެ ކަމެކެވެ. އަދި އެގައުމުގެ އިގުތިސާދަށްވެސް މިކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް