Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހެރިޓޭޖް މިނިސްޓްރީ

31 ސިޔާސީ މުވައްޒަފުން ތިބީ ހަމައެކަނި މިނިސްޓްރީ އަކު ނޫން - ހެރިޓޭޖް މިނިސްޓްރީ

ސިޔާސީ މަޤާމުތަކުގައި ތިބީ ޢަމަލީގޮތުން މަސައްކަތުގައި އިސްކޮށް އުޅޭ އެ ދާއިރާތަކުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތައް

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 16 އެޕްރީލު 2023 | އާދީއްތަ 10:56
ހެރިޓޭޖް މިނިސްޓަރ

ހެރިޓޭޖް މިނިސްޓަރ

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގައި 31 ސިޔާސީ މުވައްޒަފުން ތިބިކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވީ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

މިނިސްޓްރީން އެފަދައިން ބުނެފައި މި ވަނީ ރާއްޖޭގެ ނޫހެއްގައި އެ މިނިސްޓްރީގައި 31 ސިޔާސީ މުވައްޒަފުން ތިބިކަމަށް ރިޕޯޓްކޮށްފައި ވާތީ އެކަމާއި ގުޅިގެން އާއްމު ކުރި މައުލޫމާތުތަކެއްގައެވެ. އެ ނޫހުގައި ބުނެފައި ވަނީ އެ މިނިސްޓްރީގައި 5 މުޝީރުން ތިބި އިރު ކޮންމެ ބޭފުޅަކަށް 20،000 ރުފިޔާ ލިބޭ ކަމަށެވެ. އަދި ސްޓޭޓް މިނިސްޓަރުގެ މަޤާމް 1 ބޭފުޅަކަށް ދީފައިވާ އިރު އޭނާ އަށް 43،500 ރުފިޔާ، 4 ޑެޕިއުޓީ މިނިސްޓަރުންނަށް ކޮންމެ ބޭފުޅަކަށް 31،500 ރުފިޔާ ލިބޭ ކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ 17 ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުންނަށް ކޮންމެ ބޭފުޅަކަށް 25،500 ރުފިޔާ، ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ބޭފުޅާ އަށް 18،500 ރުފިޔާ، 2 ރިސާޗް އެނަލިސްޓުންނަށް 25،500 ރުފިޔާ ލިބޭ ކަމަށް އެ ނޫހުގައި ވަނީ ބުނެފައެވެ.

އެކަމާއި ގުޅިގެން ހެރިޓޭޖް މިނިސްޓްރީ އިން ބުނީ 31 ސިޔާސީ މުވައްޒަފުން ތިބީ ހަމައެކަނި މިނިސްޓްރީ އަކު ނޫން ކަމަށާއި އެ މުވައްޒަފުން ތިބީ ފަންނާއި ސަގާފަތާއި ތަރިކައިގެ ދާއިރާގައި ކަމަށެވެ. އެގޮތުން އެ ދާއިރާގައި މިނިސްޓްރީގެ އިތުރުން 6 އިދާރާއެއް ހިމެނޭ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ދިވެހިބަހުގެ އެކެޑަމީ، ޤައުމީ އަރުޝީފު، ނޭޝަނަލް ސެންޓަރ ފޯ ދި އާޓްސް، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒު، ޤައުމީ ކުތުބުޚާނާ، ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން ހިމެނެއެވެ. އަދި އެ ތަންތަނުގެ ދަށުން 6 ތަނެއް ހިންގާ ތަންތަނުގެ ތެރޭގައި ޤައުމީ ދާރުލްއާސާރު، - ހުވަދޫ ރީޖަނަލް މިއުޒިއަމް، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ޗިލްރަންސް މަލްޓިމީޑިއާ ލައިބްރަރީ، އޮލިމްޕަސް އަދި ނޭޝަނަލް އާޓް ގެލެރީ ހިމެނޭ ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފައެވެ.

31 ސިޔާސީ މުވައްޒަފުން މަސައްކަތް ކުރަނީ މި 13 ތަނުގައި، ރައްޖޭގެ އެކި ހިސާބުތަކުގައި ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ދާއިރާގެ އެކި މަސައްކަތްތަކުގައި ސިޔާސީ މަޤާމުތަކުގައި ތިބީ ޢަމަލީގޮތުން މަސައްކަތުގައި އިސްކޮށް އުޅޭ އެ ދާއިރާތަކުގެ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތައް ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

ކަނޑުއުޅަނދު އިންޝުއަރެންސް ކުރުން ހަމައެކަނި އެލައިޑުން

11 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 މާރިޗު
ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ސްވީޓް ޕޮޓޭޓޯ ކެސެރޯލް ވިތް މާޝްމެލޯސް

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.
20242 އަހަރު ކުރިން
ރިޕޯޓު

އަންހެނުންގެ ދުވަސް ނިމި މުއާލާތް ކެނޑުނުއިރުވެސް އެ ވާހަކަދައްކަވަން އެމަނިކުފާނަށް ކެރިވަޑައިނުގަތެވެ.

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!
20233 އަހަރު ކުރިން
ރިޕޯޓު

އިވުނީ މީހެއް ހަޅޭކުގެ އަޑު، ދެން ފެނުނީ ވެއްޓިފައި އޮއްވާ!

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''
20224 އަހަރު ކުރިން
ރިޕޯޓު

ރާފިލްގެ ފަހު މެސެޖް ''އައްސަލާމް އަލައިކުމް ސަރ، އަޅުގަނޑު ވަރަށް ގަދައަށް ހުން އައިސްގެން މިއުޅެނީ''

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ކަސްރަތުކޮށް ނިމިގެން ދާއިރު މާސްކް އަޅައިގެން ދިއުމަށް ފުލުހުން އިލްތިމާސްކޮށްފި

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދެއް ނުކުރާނަން: މިނިސްޓަރު އައިޝާ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނެރަލް ޝިޔާމް މާފަށް އެދި ތައުބާވުމަށް ރުކުމާ ގޮވާލައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު