Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަޔާން މިއުނިކް

ތަޅައިގަތުމަށްފަހު ސާނޭގެ ފުރަތަމަ ފެނިލުން، ތުންފަތް ހުރީ ފަޅައިންގޮސް ދުޅަވެފައި

17 އެޕްރީލު 2023 | ހޯމަ 02:57

އޭނާގެ ތުންފަތް ހުރީ ކޮންމެވެސް ވަރަށް ދުޅަ ވެސް ވެފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 އެޕްރީލު 2023 | ހޯމަ 02:57
ހޮފެންހައިމް މެޗުގެ ކުރިން ސާނޭ ދަނޑު މަތީގައި

ހޮފެންހައިމް މެޗުގެ ކުރިން ސާނޭ ދަނޑު މަތީގައި

ސަޑިއޯ މާނޭއާ ދެމެދު ހިނގައިދިޔަ ހަމަނެޖެހުމާއެކު، ފުރަތަމަ ފަހަރަށް ލެރޯއީ ސާނޭ ފެނިލިއިރު އޭނާގެ ތުންފަތަށް ބޮޑު އަނިޔާއެއް ލިބިފައިވާކަން ހާމަވެއްޖެ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓިއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ދެ ކުޅުންތެރިންގެ މެެދުގައި ވަނީ ޒުވާބެއް ހިނގައިފަ އެވެ. އެ މެޗުގައި މާނޭ ކުޅެން ނިކުމެފައި ވަނީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. މާނޭ ދަނޑު މައްޗަށް އެރުމާއެކު، ސާނޭ އާއި މާނޭއާ ދެމެދު ވަނީ ޒުވާބެއްކޮށް، ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ. ސިޓީއާ ދެކޮޅަށް ކުޅެ 3-0 އިން ބަޔާން ބަލިވި މެޗަށްފަހު ބަޔާންގެ ޗޭންޖިން ރޫމުގައި ދެ ކުޅުންތެރިން ތަޅައިގެނެފައިވާ ކަމަށް ރިޕޯޓުތައް ބުންޏެވެ. އަދި އެ ދެ ކުޅުންތެރިން ދުރުކޮށްފައި ވަނީ ބަޔާންގެ އެހެން ކުޅުންތެރިން ކަމަށް ވެސް ރިޕޯޓުތައް ބުންޏެވެ.

އެ މައްސަލައިގައި ބަޔާނުން ވަނީ މާނޭ އެއް މެޗަށް ސަސްޕެންޑުކޮށްފަ އެވެ. އެހެންކަމުން ޖަރުމަނު ލީގުގައި އެންމެ ފަހުން ހޮފެންހައިމާ ދެކޮޅަށް ބަޔާން ކުޅުނު މެޗުގައި މާނޭ ޓީމުގައި ހިމަނާފައެއް ނުވެ އެވެ. ނަމަވެސް އެ މެޗުގައި ސާނޭ ވަނީ ޓީމުގައި ހިމަނައިފަ އެވެ. މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ސާނޭ ކުޅެން ނިކުތްއިރު، އޭނާގެ ތުންފަތް މަތިން ހުރީ އަނިޔާގެ އަސަރު ފެންނާށެވެ. ސާނޭގެ ތުންފަތަށް ލިބިފައިވާ އަނިޔާ އަށް ބަލާއިރު، އެއީ ތަޅައިގަނެގެން ލިބިފައިވާ އަނިޔާއެއްކަން ހާމަވަން ހުއްޓެވެ. އޭރު އޭނާގެ ތުންފަތް ހުރީ ކޮންމެވެސް ވަރަށް ދުޅަ ވެސް ވެފަ އެވެ. ނަމަވެސް އެކަމުގައި ސާނޭ މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

އެ މައްސަލައިގައި ބަޔާންގެ ކޯޗު ތޯމަސް ޓުޗެލް ވަނީ މާނޭ ދިފާއުކޮށްފަ އެވެ. ޓުޗެލް ބުނެފައި ވަނީ މާނޭ އެނގޭތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި، މާނޭއަކީ ކިހާ ޕްރޮފެޝަނަލް ކުޅުންތެރިޔެއްކަންވެސް އެނގޭކަމަށެވެ. އޭނާ ބުނީ މާނޭ ކަންތައްކުރާނެ ގޮތްވެސް ވަރަށް ރަނގަޅަށް އެނގޭކަމަށާއި، މާނޭ ކުށްވެރިވާނެ ކަމެއް ނުކުރާނެކަމަށް ގަބޫލުކުރާ ކަމަށެވެ. ނަމަވެސް ހިނގައިދިޔަ ކަންތައްތަކަކީ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު ކަމެއް ކަމަށާއި، އެކަމުގައި މާނޭ މިހާރު މައާފަށްވެސް އެދިފައިވާކަމަށާއި، އެހެެންކަމުން މިހާރު އެ މައްސަލަ ނިމުނީ ކަމަށެވެ.

އެންމެ ހިނގާ

1

ސިނަމާލެ ބްރިޖަށް އުރުނު ދެ ބޯޓު އަޑިއަށް ދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ: ނާޒިމް

2

ބޭނުންކުރެވޭ ރިޒާވް ދަށަށް ދިއުމާއެކު ޑޮލަރު މާރުކުރުމުގެ ގަވާއިދަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނެސްފި

3

ކޮޗިންއިން ރާއްޖެއަށް އަންނަން އޮތް މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްވެ، ގިނަ އަދަދެއްގެ ދިވެހިން ހާލުގައި ޖެހިއްޖެ

4

ޕީއެންސީ ކޮންގްރެސްގެ ބެކްޑްރޮޕް އާއި ޤައުމީ ދިދައިގެ ހުރުމަތް

5

އީރާނުގެ ހަމަލާތަކުން އެމެރިކާ އަސްކަރިއްޔާ "ހުއްޓުމަކަށް" އައުމުގެ ނުރައްކަލުގައި

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި

25 ފެބުރުއަރީ 2017
މާލޭ ލީގު: ފުރަތަމަ ޑިވިޝަނަށް އަލަށް އައި ގްރީން ސްޓްރީޓުން ވިކްޓަރީ ސިއްސުވާލައިފި
24 ފެބުރުއަރީ 2017

މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް

24 ފެބުރުއަރީ 2017
މާލޭ ލީގު: އަސައްކޮގެ ލަނޑުން އީގަލްސް ބަލިކޮށް ފުރަތަމަ ތިން ޕޮއިންޓް މާޒިޔާ އަށް
23 ފެބުރުއަރީ 2017

ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި

23 ފެބުރުއަރީ 2017
ފުރަތަމަ މެޗު މާޒިޔާއާ އެކު ކުޅެން ޖެހުމަކީ ބޮޑު ޗެލެންޖެއް: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް