Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސޫދާންގެ ހަމަނުޖެހުންތައް

ސޫދާންގެ ސިފައިންނާއި ޕެރަމިލިޓަރީ ގްރޫޕާދެމެދު ހިނގި ކުރިމަތިލުންތަކުގައި 25 މީހުން މަރުވެއްޖެ

މިއީ އަސްކަރިއްޔާއަށް ގެއްލިފައިވާ ބާރުތައް އަނބުރާ ހޯދުމުގެ ނިޔަތުގައި ދޭންފެށި ހަމަލާތަކެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 16 އެޕްރީލު 2023 | އާދީއްތަ 04:11
ސޫދާންގެ ސިފައިންނާއި ޕެރަމިލިޓަރީ ގްރޫޕާދެމެދު ހިނގި ކުރިމަތިލުންތަކުގައި 25 މީހުން މަރުވެއްޖެ

ސޫދާންގެ ސިފައިންނާއި ޕެރަމިލިޓަރީ ގްރޫޕާދެމެދު ހިނގި ކުރިމަތިލުންތަކުގައި 25 މީހުން މަރުވެއްޖެ

ސޫދާންގެ ސިފައިންނާ އެގައުމުގައި ހަރަކާތްތެރިވާ ޕެރަމިލިޓަރީ ގްރޫޕަށް ދެމެދު ހިނގި ކުރިމަތިލުންތަކުގައި 25 މީހުން މަރުވެއްޖެއެވެ.

ސޫދާންގެ ސިފައިން ވަނީ އެގައުމުގެ ވެރިރަށާއި ކައިރި ހިސާބުތަކުގައި ތިބި ޕެރަމިލިޓަރީ ގްރޫޕަށް، އާދިއްތަ ދުވަހު ވައިގެ ހަމަލާތަކެއް ދީފައެވެ. މިއީ އަސްކަރިއްޔާއަށް ގެއްލިފައިވާ ބާރުތައް އަނބުރާ ހޯދުމުގެ ނިޔަތުގައި ދޭންފެށި ހަމަލާތަކެއް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

ސޫދާން ސިފައިންގެ ހަމަލާތައް އަމާޒުވި އެއްތަނަކީ އޮމްދުރްމާން ސިޓީގައި ހުރި އެގައުމުގެ ސަރުކާރުގެ ޕެރަމިލިޓަރީ ގްރޫޕް، ރެޕިޑް ސްޕޯރޓް ފޯރސެސް (އާރްއެސްއެފް)ގެ މައި އިދާރާއެވެ.

އާރްއެސްއެފް އާއި ސޫދާންގެ ސިފައިންނާ ދެމެދު ހިނގި ކުރިމަތިލުންތައް ވަނީ އެގައުމުގެ ވެރިރަށް ޚަރތޫމް ހިމެނޭހެން ގިނަ ސިޓީތަކެއްގައި ކުރިއަށްގެންގޮސްފައެވެ.

ސޫދާންގެ ޑޮކްޓަރުންގެ ޔޫނިއަންއާ ހަވާލާދީ މީޑިއާތަކުުން ރިޕޯޓުކޮށްފައިވާގޮތުން މިހަމަލާ ބަދަލުކުރުންތަކުގައި 25 މީހުން މަރުވެ، 183 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެގޮތުން، ޚަރތޫމްގެ އެއަރޕޯޓް އާއި އޮމްދުރްމާންގެ އިތުރުން ންޔާލާ، އަލް އުބެއިދް އަދި އަލް ފަޝެރްގައި ހިނގި ކުރިމަތިލިންތަކުގައި މީހުން މަރުވެފައިވާކަމަށް އެޔޫނިއަނުން ބުނެއެވެ.

އާރްއެސްއެފްއިން ބުނަމުންދަނީ އެގްރޫޕްގެ ބާރުގެ ދަށަށް ސޫދާންގެ ރައީސް ގަނޑުވަރާއި، އަސްކަރިއްޔާގެ ޗީފްގެ ގެކޮޅާއި، ސަރުކާރުގެ ޓީވީ ސްޓޭޝަންގެ އިތުރުން ޚަރތޫމްގެ އެއަރޕޯޓުތައް ގެނަސްފައިވާކަމަށެވެ. މީގެ އިތުރުން މެރޮވޭ ސިޓީ އާއި އަލް ފަޝެރް އަދި ވެސްޓް ދަރްފުރް ސްޓޭޓްވެސް އެގްރޫޕުން ހިފާފައިވާކަމަށް ވަނީ ބުނެފައެވެ. ނަމަވެސް ސޫދާން ސިފައިން ދަނީ މިވާހަކަތައް ދޮގުކުރަމުންނެވެ.

ސޫދާން ސިފައިންގެ އެއަރ ފޯސް އިން ވަނީ އާރްއެސްއެފްގެ ހަރަކާތްތައް ބެލުމަށް 'އޭރިއަލް ސަރވޭއެއް' ކުރިއަށްގެންދަން ދެން ބޭރަށް ނުނިކުތުމަށް އާންމުންނަށް އަންގާފައެވެ. އަދި އާދިއްތަ ދުވަހަކީ ޚަރތޫމް ސްޓޭޓަށް ބަންދު ދުވަހެއް ކަމަށް ކަނޑައަޅައި ސްކޫލްތަކާއި ބޭންކުތައް އަދި ސަރުކާރު އޮފީސްތައް ވަނީ ބަންދުކޮށްފައެވެ.

ސޫދާން ސިފައިންގެ ޗީފް، ޖެނެރަލް އަބްދުލް ފައްތާހް އަލް-ބުރްހާން ވަނީ ޚަރތޫމްގައި ހަރަކާތްތެރިވަމުންދާ އާރްއެސްއެފްގެ ސިފައިން އެސަރަހައްދުން ދިއުމަކީ އެންމެ ރަނގަޅުގޮތް ކަމަށާއި ނޫންނަމަ އެހެން ސަރަހައްދުތަކަށް ސޫދާންގެ ސިފައިން ފޮނުވާނެ ކަމަށް ވިދާޅުވެ އާރްއެސްއެފް އަށް އިންޒާރު ދެއްވާފައެވެ. އަދި އާރްއެސްއެފްގެ ސަފުތައް ރޫޅާލުމުން ނޫނީ އެގްރޫޕާއެކު މަޝްވަރާތައް ނުކުރާނެ ކަމަށްވެސް ސޫދާން ސިފައިން ވަނީ ބުނެފައެވެ.

އާރްއެސްއެފްގެ ލީޑަރު، ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ (ހެމެދްތީ) ވަނީ ސޫދާން ސިފައިންގެ ޗީފް ބުރްހާން އަކީ 'ދޮގުވެރިއެއް' އަދި 'ކުށްވެރިއެއް' ކަމަށް ބުނެފައެވެ.

މާހިރުން ލަފާކުރާގޮތުގައި އާރްއެސްއެފްގެ ސިފައިން އަދި ސޫދާން ސިފައިންގެ ގޮތުގައި ހަރަކާތްތެރިވާ މީހުންގެ ޖުމުލަ އަދަދު 100،000ށް އަރައެވެ. 2021 ވަނަ އަހަރުގެ އަސްކަރީ ބަޣާވާތަކަށް ފަހު އިންތިގާލީ ސަރުކާރެއް އެކުލަވާލުމަށް، އާރްއެސްއެފް އާއި ސޫދާން ސިފައިން ދަނީ ވާދަކުރަމުންނެވެ.

މިކުރިމަތިލުންތައް ދިގުލައިގެން ދިއުމަކީ އިންތިހާބަކަށް ދިއުމަށް ސޫދާން ކުރަމުންދާ މަސައްކަތައް ހުރަސްއެޅޭނެ ކަމެކެވެ. އަދި އެގައުމުގެ އިގުތިސާދަށްވެސް މިކަމުގެ ނޭދެވޭ އަސަރުކުރާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ

ލީބިޔާގެ ޓްރިޕޮލީގައި ހިނގި ހަމަނުޖެހުންތަކުގައި 28 މީހުން މަރުވެއްޖެ

27 މެއި 2017
ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

ދެކުނު އެފްރިކާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 19 ކުޑަކުދިން މަރުވެއްޖެ

23 އެޕްރީލު 2017
ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

ކަޝްމީރުގެ އިންޑިއާ ފަޅީގައި ހިނގި ހަމަނުޖެހުންތަކުގައި ހަ މަރު

10 އެޕްރީލު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު

ފިލިޕީންސްގައި ހިނގި ބަސް އެކްސިޑެންޓެއްގައި 15 މަރު

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު